Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސިޓީ ލީގު ހޯދުމާ ގާތަށް، ޓޮޓެންހަމުގެ ޒުވާން ކޯޗަށް ރިކޯޑެއް

21 އެޕްރީލު 2021 | ބުދަ 22:38

މޭސަނަކީ ޕްރިމިއާ ލީގުގައި މޮޅެއް ހޯދި އެންމެ ޒުވާން ކޯޗު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އެޕްރީލު 2021 | ބުދަ 22:38
ވިލާ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

ވިލާ އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އެސްޓަން ވިލާ ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 20 ސިކުންތު ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސްއެވެ. އެކަމަކު އޭގެ ފަހުން ސިޓީން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޯޑެންނެވެ. އަދި މެޗުގެ 39 ވަނަ މިނެޓުގައި ރޮޑްރީ ވަނީ ލަނޑެއް ޖަހައި، ސިޓީ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވިލާގެ ޖޭކަބް މާފީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސިޓީގެ ޖޯން ސްޓޯންސްއަށް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ސީދާ ރަތް ކާޑެއް ދައްކާފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ވިލާގެ މެޓީ ކޭޝްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެހެންކަމުން ދެ ޓީމުންވެސް މި މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މޮޅާއެކު ލީގު ހޯދުމާ ގާތަށް ސިޓީ ޖެހިލިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 77 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 32 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ޗެމްޕިއަންކަން ހޯދަން ސިޓީއަށް ބާކީ އޮތް ފަސް މެޗުން ބޭނުންވަނީ އަށް ޕޮއިންޓެވެ.

މީގެ އިތުރުން ދާދި ފަހުން ޓޮޓެންހަމުގެ ކޯޗަކަށް ހަމަޖެއްސި އުމުރުން 29 އަހަރުގެ ރަޔާން މޭސަން ރިކޯޑެއް ހެދީ ބުދަ ދުވަހުގެރޭ ސަައުތެމްޓަން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމުގެ ކޯޗަކަށް މޭސަން ހަމަޖެއްސީ، މިދިޔަ ހޯމަ ދުވަހު އެ ޓީމުގެ ކޯޗުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހުއެވެ. އެއާއެކު މޭސަންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް މޮޅުވިއިރު، މޭސަން ވެފައިވަނީ ޕްރިމިއާ ލީގުގައި މޮޅެއް ހޯދި އެންމެ ޒުވާން ކޯޗަށެވެ.

ޓޮޓެންހަމުގައި ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސަައުތެމްޓަނުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ. އެކަމަކު މެޗުގެ 60 ވަނަ މިނެޓުގައި ގެރެތު ބޭލް ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ،

އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ސޮން ހުއެން-މިން ޓޮޓެންހަމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން ބޭލް އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ސޮން ވަނީ ޓޮޓެމްހަމަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ޓޮޓެންހަމުގެ ސާޖިއޯ ރެގީލޯނަށް ސައުތެމްޓަނުގެ މޫސާ ޖެނެޕޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ތާވަލުގެ ހަވަނައަށް ޓޮޓެންހަމް ޖެހިލިއިރު، އެ ޓީމަށް ކުޅުނު 33 މެޗުން ވަނީ 53 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ހަތްވަނައަށް ވެއްޓުނު ލިވަޕޫލަށްވެސް 53 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުޅެފައިވަނީ 32 މެޗެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް