Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޖެނޯއާ އަތުން މިލާނަށް ހަނި މޮޅެއް

18 އެޕްރީލު 2021 | އާދީއްތަ 14:35

ތާވަލުގެ ދެވަނައިގައި މިލާން އޮތީ 66 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އެޕްރީލު 2021 | އާދީއްތަ 14:35
މިލާނާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-1 ން

މިލާނާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-1 ން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ޖެނޯއާ އަތުން ހަނި ގޮތަކަށް އޭސީ މިލާން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މިލާނުންނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗެވެ. އަދި އޭގެ ފަހުން ލީޑު ފުޅާކުރަން މިލާނުގެ ރަފައެލް ލެއާއޯ ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ޖެނޯއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެނޯއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓިއާ ޑެސްޓްރޯއެވެ.

އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި އަލުން ލީޑު ނަގަން މިލާނުގެ ރެބިޗަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި މިލާނުން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ލަނޑަކީ ޖެނޯއާގެ ޖިއަންލޫކާ ސްކަމައްކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 31 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނަށް 30 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއަށް 30 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. މީގެ އިތުރުން މިލާން އަތުން ބަލިވި ޖެނޯއާ އޮތީ ތާވަލުގެ 13 ވަނައިގައި 31 މެޗުން 32 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް