Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑާ ދެކޮޅަށް ފްރާންސްގައި އަޅާފައިވާ ފިޔަވަޅު

ބްރެޒިލުން އަންނަ މީހުން ދިހަ ދުވަހަށް ކަރަންޓީނު ވާންޖެހޭނެ- ފްރާންސް

ފްރާންސާއި ބްރެޒިލްގެ ދެމެދުގައި ދަތުުރު ކުރަމުންދިއަ ފްލައިޓުތައް މަޑުޖައްސާލާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 އެޕްރީލު 2021 | އާދީއްތަ 06:19
ވެކްސިން ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މީގެ ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައި

ވެކްސިން ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މީގެ ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައި

ބްރެޒިލުން އަންނަ މީހުން ދިހަ ދުވަހަށް ކަރަންޓީނު ވާންޖެހޭނެ އުސޫލެއް ފްރާންސްގައި ކަނޑައަޅައިފިއެވެ.

ހޮނިހިރު ދުވަހު އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނީ ފްރާންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން 24 އޭޕްރީލުން ފެށިގެން ބްރެޒިލުން އަންނަ ހުރިހާ އެންމެން ވެސް 10 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ. ފްރާންސާއި ބްރެޒިލްގެ ދެމެދުގައި ދަތުުރު ކުރަމުންދިޔަ ފްލައިޓުތައް ވެސް މަޑުޖައްސާލާފައިވާއިރު އޭޕްރީލް 23ށް މި ފިޔަވަޅު ދިގު ދަންމާލުމަށް ނިންމާފައިވެއެވެ.

24 އޭޕްރިލްގެ ފަހުން ބްރެޒިލުން ފްރާންސަށް ދެވޭނީ 36 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ އޮތް މީހުންނަށް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގައި އިތުރަށް ބުނީ މީހުން ކަރަންޓީން ވަމުންދާ ގޮތާއި އަދި އެ މުއްދަތުގެ ތެރޭގައި އަމަލު ކުރަމުންދާ ގޮތް ބެލުމަށްޓަކައި ފުލުހުން އެކަން ގާތުން ބަލަމުން ދާނެ ކަމަށެވެ. އަދި ބްރެޒިލްގެ އިތުރުން އާޖެންޓީނާ، ޗިލީ އަދި ކޮވިޑްގެ ވޭރިއަންޓު ފެނިފައިވާ ބައެއް އިތުރު ގައުމުތަކުން އަންނަ މީހުންނަށް ވެސް މި ގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށް ފާހަގަ ކޮށްފައިވެއެވެ.

ފްރާންސްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމުން އެޕްރީލް މަހުގެ ކުރީކޮޅު އެގައުމު ވަނީ ތިން ވަނަ ފަހަރަށް ލޮކްޑައުންކޮށްފައެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު މަދު ނަމަވެސް ދުވާލެއްގެ މައްޗަށް ބަލި ޖެހިގެން ރިޕޯޓްކުރަމުން އަންނަ އަދަދަށް އަދި ބަދަލެއް ނާދެއެވެ. އެގޮތުން މިހާރުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 300 މީހުންނަށް އަންނަނީ ބަލިޖެހިގެން ރިޕޯޓްކުރަމުންނެވެ.

ފްރާންސްގައި ކޮވިޑްގެ ހާލަތު މިހާރު ހުރިގޮތާ ގުޅޭގޮތުން ސަރުކާރުގެ ސްޕޯކްސްމެން ގެބްރިއަލް ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެންމެ ފުރަތަމަ އެޅި ހިސާބުތަކުގައި މަޑުމަޑުން ކޭސްތައް ފެންނަ މިންވަރު ދަށަށްދާން ފަށާފައިވާކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ކުރިޔަށް ގެންދަންޖެހޭކަމަށް ގެބްރިއަލް ވިދާޅުވިއެވެ. މީގެ އިތުރުން ވެކްސިން ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މީގެ ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ.

އެގޮތުން ހޯމް ކެއަރ ގައި ތިބޭ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން އެގައުމުގެ ސަރުކާރުން ވަނީ ހަލުވިކަމާއެކު ކުރިޔަށް ގެންގޮސްފައެވެ. ހެލްތު މިނިސްޓަރ އޮލިވިއަރ ވެރަން ވިދާޅުވީ ހޯމް ކެއަރ ގައި ތިބި ހުރިހާ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. އަދި ތިންބައިކުޅަ ދެބައި މީހުންނަށް ދެވަނަ ޑޯޒް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފްރާންސްބްރެޒިލްކޮވިޑް-19

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް
19 ޑިސެމްބަރު 2025

30 މީހަކަށް ވިހަ ދީ، 12 މީހުން މަރާލި ޑޮކްޓަރަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

19 ޑިސެމްބަރު 2025
30 މީހަކަށް ވިހަ ދީ، 12 މީހުން މަރާލި ޑޮކްޓަރަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު