Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރ ޝާހިދުގެ ބައްދަލުވުންތައް

ދެ ދުވަސްތެރޭގައި 33 ޤައުމެއްގެ މަންދޫބުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

މި 33 ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރައްވާފައިވަނީ އޭޕްރީލް 15 އަދި 16 ވަނަ ދުވަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 13:52
ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، 33 ޤައުމެއްގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

މި 33 ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރައްވާފައިވަނީ އޭޕްރީލް 15 އަދި 16 ވަނަ ދުވަހު ބޭއްވި އެކި ބައްދަލުވުންތަކުގައެވެ. އެގޮތުން މިނިސްޓަރ ޝާހިދު އޭޕްރީލް 15 ވަނަ ދުވަހު ވަނީ، އޮސްޓްރިއާ، ބެލްޖިއަމް، ސައިޕްރަސް، އަޔަލޭންޑް، މާލްޓާ، ސްވިޑަންގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޑެންމާކް، އައިސްލޭންޑް އަދި ޕޯޗްގަލްގެ ސަފީރުންނާވެސް މިނިސްޓަރ ޝާހިދު ބުރާސްފަތި ދުވަހު ބައްދަލުކުރެއްވިއެވެ. މިނިސްޓަރ ޝާހިދު އޭޕްރީލް 16 ވަނަ ދުވަހު ވަނީ، ބަހްރެއިން، ތުރުކީ، އާޖެންޓީނާ، އަޒަރްބައިޖާން، މެކްސިކޯ، ޕެރޫ، އަދި އޮމާންގެ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާއެކު ބޭއްވެވި މި ބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19ން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި، ވެކްސިނޭޝަންގެ އިތުރުން ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަންދޫބުންނާއެކު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ދިއްލީގައި ހުންނަވައިގެން ފަރަންސޭސިވިލާތާއި ސްރީލަންކާގެ ޚާރިޖީ ވަޒިރުންނާ ފޯނުން ގުޅުއްވައި، މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިއްލީގެ ހައިދަރްއާބާދު ހައުސްގައި މިއަދު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާއައި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ވިއޯންއަށް ޚާއްސަ ބަސްދީގަތުމެއްވެސް ދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ދެ ދުވަހުގެ ތެރޭގައި 33 ޤައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައިމިވަނީ، އަންނަ ޖޫން މަހު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވާދަކުރައްވަން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބު ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. މި އިންތިޚާބުގައި މިނިސްޓަރު އަބްދުﷲ ޝާހިދާ ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ.

ޑރ. ރަސޫލަކީ 2010 އިން 2013 އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަފްޣާނިސްތާނާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން ވަރުގަދަކުރުމަށް ޑރ. ރަސޫލް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ކުރިން ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމުގެ އިތުރުން ސިވިލް އޭވިއޭޝަން މިނިސްޓަރުކަންވެސް ޑރ. ރަސޫލް ވަނީ އަދާކުރައްވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސުންގެ އިންތިޚާބު ރޮޓޭޝަން އުސޫލުން އޮންނައިރު ކޮންމެ އަހަރަކުވެސް އިންތިޚާބުކުރަނީ އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

އެހެންނަމަވެސް މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ. މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ. އިންތިޚާބުގެ ކުރިން ކެންޑިޑޭޓުން އެބޭފުޅުންގެ "ވިޝަން ސްޓޭޓްމަންޓް" އދ. ގެ އާންމު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

އދ. އާންމު މަޖިލީހުގައި މެންބަރު 193 ގައުމު ބައިވެރިވެއެވެ. މި މަޖިލީހަކީ އދ. ގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ކަނޑައަޅާ މަޖިލީހެވެ. އަދި މި މަޖިލީހުގައި މެންބަރު ހުރިހާ ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށްވެސް މަސައްކަތްތައް ކުރެއެވެ.

ޚާރިޖީ ވުޒާރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު