Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާއިން ރާއްޖެއަށް ވެދޭ އެހީ

ޕެންޑަމިކްގެ ޙާލަތުގައިވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނަން - އިންޑިއާ

16 އެޕްރީލު 2021 | ހުކުރު 12:14

މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެފަހުން މިނިސްޓަރ ޝާހިދު ނިއުދިއްލީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 އެޕްރީލު 2021 | ހުކުރު 12:14
ޝާހިދު ޖައިޝަންކަރއާއި ބައްދަލުކުރުން

ޝާހިދު ޖައިޝަންކަރއާއި ބައްދަލުކުރުން

ޕެންޑަމިކްގެ ޙާލަތުގައިވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ދީފިއެވެ.

މިކަން އިންޑިއާއިން ހާމަކޮށްފައި މިވަނީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއި ދެމެދު ބޭއްވި ބައްދަލުކުރެއްވުމުގައެެވެ. 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން މިނިސްޓަރ ޝާހިދު ނިއުދިއްލީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޑރ ޖައިޝަންކަރާއި މިއަދު ބައްދަލުކުރެއްވީ ހައިދަރްއާބާދު ހައުސްގައެވެ. މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ކިޔާފައިވާ ހޫނު މަރުޙަބާއަށާއި ބަހައްޓަވާ މެހުމާންދާރީއަށް ޑރ ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ކޮވިޑް-19ން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޕްރޮގްރާމްތަކާ ބެހޭގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރު ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި މި ބައްދަލުވުމަށްފަހު ޑރ ޖައިޝަންކަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެއާއެކު ބައިނަލްއަޤްވާމީ މަސްރަހުގައި އިންޑިއާއިން މަސައްކަތްކުރާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެންނެވިއިރު، އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް19ގެ ޙަލަތާ ގުޅިގެން ބޭހާއި ވެކްސިން ފޯރުކޮށްދިނުމާއި، އަދި ރާއްޖޭގައި ހިންގަމުންދާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައިވަނީ ސޮއިކޮށްފައެވެ.

މި އަހަރުގެ ފެބްރުއަރީމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ 7 ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމާއި، މާލޭ ސަރަޙައްދުގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ލޯނު އެހީގެ އެއްބަސްވުން ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންވެސް ވަނީ ހަދިޔާކޮށްފައެވެ.

ޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
04 ޖުލައި 2024

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

04 ޖުލައި 2024
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
11 މެއި 2024

އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު

11 މެއި 2024
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
10 މެއި 2024

މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

10 މެއި 2024
މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް