Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ކުނީގެ މައްސަލަ ޙައްލުކުރުން

ވެމްކޯ އެމްޑީގެ ޔަޤީންކަން: 2024 އަންނައިރު ތަފާތު ތިލަފުއްޓެއް ފެންނާނެ

14 އެޕްރީލު 2021 | ބުދަ 18:55

އެކަށީގެންވާ ނިޒާމެއް ޤާއިމު ކުރެވޭނީވެސް ރަށްރަށުން ކުނިތައް ނަގައި ސާފުކޮށްގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2021 | ބުދަ 18:55
ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު- އާދަމް ވަނީ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތްތައްވެސް ފާހަގަ ކުރައްވާފައި

ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު- އާދަމް ވަނީ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތްތައްވެސް ފާހަގަ ކުރައްވާފައި

2024 ވަނަ އަހަރު އަންނައިރު ތިލަފުށި ތަފާތު ބޮޑު ބަދަލަކާއެކު ރައްޔިތުންނަށް ފެންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދަމް މުޙައްމަދު ވިދާޅުވީ، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކުނި އެއްކޮށްފައި ހުރިއިރު، ތަފާތު އެކި ބާވަތުގެ ކުނި ވަކި ކުރެވިފައި ނެތް ކަމަށެވެ. އެގޮތުން ގިނައިން ކުނި ޖަމާކޮށްފައިވާ ރަށްރަށުން ކުނި ނައްތާލުމުގެ މަޝްރޫއާ ވެމްކޯއިން ޙަވާލުވެފައިވާއިރު، މިހާރުވެސް 20 ރަށަކަށް އިސްކަންދީގެން އެ މަސައްކަތް ވެމްކޯއިން ކުރަމުންދާކަމަށް ވިދާޅުވިއެވެ. އާދަމް ވިދާޅުވީ، ކުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމު ކުރެވޭނީވެސް ގިނައިން ކުނި ޖަމާވެފައި ހުރި ރަށްރަށުން ކުނިތައް ނަގައި ސާފުކޮށްގެން ކަމަށެވެ. ތިލަފުށީގައިވެސް ދިމާވެފައިވަނީ އެފަދަ މައްސަލަތަކެއްކަން އާދަމް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އާދަމް ވިދާޅުވީ، 2024 ވަނަ އަހަރު އަންނަންވާއިރު، ތިލަފުށި ތަފާތު ބޮޑު ބަދަލަކާއެކު ރައްޔިތުންނަށް ފެންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

1997 ވަނަ އަހަރުން ފެށިގެން ކުނި ގެންގޮސް ޖަމާކޮށް ހާމަޔަށް ކުނި އަންދަމުންދާ އެންމެ ބޮޑު އެއް ކުނިގޮނޑު އޮންނަނީ ތިލަފުށީގައެވެ. އެ ތަނަކީ ބަޔޯޑިގްރޭޑަބަލް ކުނި ޖަމާކުރަމުން ދާ ތަނަކަށްވާއިރު، މިފަދަ ތަކެތި ކުނިވެ ފަނާވެ އުފެދޭ ފުޅައިގެ ސަބަބުން މެހި އާލާވުމާއި، އަށަގަންނަ ބެކްޓީރިއާގެ ސަބަބުން ގޮނޑުގެ އެކި ދިމަދިމާލުގައި މީތޭން ގޭސް އުފެދުން ފަދަ ކަންކަން ދިމާވެއެވެ. އެގޮތުން ތިލަފުށީގެ ގޮނޑުގައި މެހި އާލާވުން ހުއްޓުވުމާއި ދުން އެރުން ހުއްޓުވުމަށް 2020 ވަނަ އަހަރު އެންވަޔަރމަންޓް މިނިސްޓްރީންވެސް ޕްލޭންކޮށްފައި ވީނަމަވެސް އެކަން ނުކުރެވުނީ ކޮވިޑް-19ގެ ގްލޯބަލް ޕެންޑެމިކްގެ ސަބަބުންކަން އެ މިނިސްޓްރީންވެސް ފާހަގަކުރެއެވެ.

އޭގެ އިތުރުން، ތިލަފުށީގެ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކާ ކުރިންސުރެ އޮތް ކުނިގޮނޑު ހިމެނޭ ސަރަހައްދާއެކު ޖުމްލަ 25 ހެކްޓަރު ބިމުގައި ޒޯން 2 ގެ ކުނި މެނޭޖްކުރާ ސަރަހައްދީ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަތޮޅުތެރޭގައި ކުނި އެންމެ ގިނައިން ޖަމާވެފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިމަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި މާރޗް 1 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވެމްކޯގެ ޓުވިޓަރ މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ދަނީ ހާމަކުރަމުންނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއްނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫއު މިހާރު ވެމްކޯއާއި ހަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަން ދެއްވުމަށްވަނީ ނިންމަވާފައެވެ.

ވެމްކޯފަލަ ސުރުޚީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް