Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭމަންޑޫަގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުން

ބޭރަށް ނުކުމެ އުޅުން މަނާކޮށް ވޭމަންޑޫގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި

ރޭގަނޑު 10:00ގެ ފަހުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅުމަކީ މަނާކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އެޕްރީލު 2021 | ހޯމަ 05:29
ތ. ވޭމަންޑޫ - ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ތ. ވޭމަންޑޫ - ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ކޮވިޑްގެ ނުރައްކާތެރިކަމާއި ގުޅިގެން ތ. ވޭމަންޑޫގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

ވޭމަންޑޫ ކައުންސިލްގެ މިއަހަރުގެ 1 ވަނަ ކުއްލި ޖަލްސާއިން ނިންމާފައިވަނީ ކައުންސިލުން ވަކިގޮތަކަށް އަންގަންދެން ވަކި ފިޔަވަޅުތަކެއް ތަންފީޒުކުރުމަށެވެ. އެގޮތުން ވޭމަންޑޫގެ ހުޅަނގު ފަރާތު ފާލަމުން އަރާފޭބުން މަނާކޮށް، ވޭމަންޑޫ ރަސްމީ ބޯޅަ ދަނޑުގައި އެއްވެސް ކަހަލަ ކުޅިވަރުގެ ޙަރަކާތެއް ނުހިންގުމަށާއި،  ބޯޅަ ދަނޑަށް މީހުން އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން އިޖުތިމާއީ އެކިއެކި ހަރަކާތް ހިންގާ ތަންތަނާއި، އަދި ކުޅިވަރު ކުޅެން ހެދިފައިވާ އެކި ބިންތަކުގައި ކުޅިވަރުގެ ހަރަކާތެއް ހިންގުމާއި، އިޖުތިމާއީ ސަރަހައްދު ތަކުގައި ހަދާފައި ހުރި އަށިގަނޑުތަކާއި، ޖޯލިފަދަ ތަންތަނުގައި އިށީދެ އޮށޯވެ ތިބުމަކީ މަނާކަމެއް ކަމަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އަމިއްލަ ގޯތީގެ ބޭރު މަގުމަތީގައި ބަހައްޓާފައި ހުރި  ޖޯލި، ގޮނޑި އަދި މިނޫން ވެސް މިފަދަ ތަކެތި ބަހެއްޓުމަކީ މަނާކަމެއް ކަމަށާއި، ރޭގަނޑު 10:00ގެ ފަހުން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ޚިދުމަތަށް ތައާރަފްކޮށް، ތަނުގެ އެތެރޭގައި ޚިދުމަތް ދިނުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ފިހާރަތަކުން ޚިދުމަތް ދިނުމުގައި ގައިދުރުކަން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި ޑެލިވަރީގެ ޚިދުމަތްތަކަށް ބަދަލުކުރުމަށް ވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން ފިހާރަތަކުން ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަޑައަޅައި އާންމުކުރުމަށް ވަނީ ނިންމާފައެވެ.

ކައުންސިލްގެ ނިންމުމުގައި ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ނިކުމެ ނުއުޅުމަށާއި، ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އަނގަޔާއި ނޭފަތް ނިވާ ވާފަދަ މާސްކެއް އެޅުމަށް ސަމާލުވުމަށް އަންގާފައެވެ. މާސްކުނާޅައި ބޭރަށް ނިކުންނަ މީހުން ވަގުތުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، މަސްވެރިން ލަފާފުރުމުގެ ކަންތައް ކުރިއަށް ގެންދަންވާނީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި، ދޯނިން ދަތުރުކުރާ މަސްވެރިން ވޭމަންޑޫ ފިޔަވައިއެހެން އެއްވެސް ރަށަކަށް އަރާނުފޭބުމާއި ދަތުރުގައި ބައިވެރިވާ މީހުންނަކީ ޕޮޒިޓިވް ނުވަތަ ޕޮޒިޓިވް ކޭސްއަކާއި ދިމާވެފައިވާ ބަޔަކަށް ނުވާނެގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އާމްދަނީ ހޯދުންފިޔަވައި މަސްވެރިކަމުގައި ރަށުން ބޭރު ނުވެވޭނެކަމަށާއި، ގިނަ ބަޔަކު ޝާމިލުވާގޮތަށް މަސައްކަތްތައް ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުމާއި، ކައުންސިލްގެ ހުއްދަނެތި އެއްވެސް ބަޔަކު ރަށަށް އަރާފޭބުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ވޭމަންޑޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން، 15 މާރޗް 2021 ގެ ފަހުން އެރަށުގައި އުޅުމަށްފަހު އެހެން ރަށަކަށް  ގޮސްފައިވާ މީހެއްނަމަ، އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އެ ދުވަހުގެ ފަހުން ވޭމަންޑޫން އައި މީހުން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.

ހަމައެއާއެކު ވޭމަންޑޫން އައިފަހުން 10 ދުވަސް ފާއިތުވެފައިވީ ނަމަވެސް ކޮވިޑަށް ޓެސްޓުކުރުމަށް އެޗްޕީއޭއިން އެދެއެވެ. ސާމްޕަލް ނެގުމުގެ ކަންކަން އެރަށެއްގައި ހުންނަ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން ހަމަޖެހޭނެ ކަމަށް ވެސްނ ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ވޭމަންޑޫން މާލެއަށް އައިސްފައިވާ މީހުންގެ ސާމްޕަލް  މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ނެގޭނެ ކަމަށެވެ. ލިބޭ ނަތީޖާ ނެގެޓިވް ވީކަމުގައި ވިޔަސް، ވޭމަންޑޫން އެހެން ރަށްރަށަށް ނުވަތަ މާލެ އައި މީހުން، އެނބުރި އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ތ. ވޭމަންޑޫވޭމަންޑޫ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން
03 އޯގަސްޓު 2025

މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައިފި

03 އޯގަސްޓު 2025
މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައިފި
15 ސެޕްޓެމްބަރު 2023

ދެ ސްކޫލެއްގެ އައު އިމާރާތުގެ ނުނިމި ހުރި މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި

15 ސެޕްޓެމްބަރު 2023
ދެ ސްކޫލެއްގެ އައު އިމާރާތުގެ ނުނިމި ހުރި މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި
23 މެއި 2023

ތ.ވޭމަންޑޫ ނަރުދަމާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި، ދެން އޮތީ ހަވާލުކުރުން - އަސްލަމް

23 މެއި 2023
ތ.ވޭމަންޑޫ ނަރުދަމާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި، ދެން އޮތީ ހަވާލުކުރުން - އަސްލަމް
30 އޯގަސްޓު 2022

ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނުނިންމާތީ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދީފި

30 އޯގަސްޓު 2022
ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނުނިންމާތީ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު