Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިބާބާ ކުންފުނި ޖޫރިމަނާ ކުރުން

އަލިބާބާ ކުންފުނި 2.75 ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި

އަލީބާބާގައި މުދާ ވިއްކާ ވިޔަފާރިތަކުން ވާދަވެރި ވެބްސައިޓުތަކުގައި މުދާ ވިއްކަން އެ ކުންފުނިން ހުރަސް އަޅާ

އަތޫފް އާތިފް
އަތޫފް އާތިފް | 12 އެޕްރީލު 2021 | ހޯމަ 01:58
އަލިބާބާ ކުންފުނީގެ އޮފީހެއް، އެސްއޭއެމްއާރްއިން ވަނީ އެކުންފުނި 2.75 ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި

އަލިބާބާ ކުންފުނީގެ އޮފީހެއް، އެސްއޭއެމްއާރްއިން ވަނީ އެކުންފުނި 2.75 ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި

ޗައިނާއިން އެގައުމުގެ އަލިބާބާ ކުންފުނި 18 ބިލިއަން ޔުއާން (2.75 ބިލިއަން ޑޮލަރު)ން ޖޫރިމަނާ ކޮށްފިއެވެ.

ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯރ މާކެޓް ރެގިއުލޭޝަން (އެސްއޭއެމްއާރް)ން ބުނީ އަލީބާބާ ކުންފުނި ޖޫރިމަނާ ކުރީ އެ ކުންފުނިން އެންޓި – މޮނޮފޮލީ ގާނޫނާ ހިލާފުވެފައިވާތީ ކަމަށެވެ. އެސްއޭއެމްއާރް އިން އިތުރަށް ބުނީ އަލީބާބާގައި މުދާ ވިއްކާ ވިޔަފާރިތަކުން ވާދަވެރި ވެބްސައިޓުތަކުގައި މުދާ ވިއްކަން އެ ކުންފުނިން ހުރަސް އަޅާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި ޖޫރިމަނާއާއެކު އަލިބާބާ ވެގެން ގޮސްފައިވަނީ ޗައިނާގެ އެންޓި – މޮނޮފޮލީ ގާނޫނުގެ ދަށުން ކުރި އެންމެ ބޮޑު ޖޫރިމަނާއެއް ކުރި ކުންފުންޏަށެވެ. މިއީ އެކުންފުނީގެ 2019 ވަނަ އަހަރުގެ ރެވެނިއުގެ ހަތަރެއް އިންސައްތައިގެ އަދަދެކެވެ.

މި ޖޫރިމަނާއާ ގުޅިގެން އަލިބާބާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެސްއޭއެމްއާރުގެ ނިންމުން ބަލައިގަންނަ ކަމަށެވެ. އަދި އެ ކުންފުނިން ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޗައިނާގެ އެސްއޭއެމްއާރުން އަލިބާބާ ޖޫރިމަނާ ކުރިއިރު، އެކުންފުނީގެ ބާނީ ޖެކް މާ ވަނީ ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސްއަޅާ ކަމަށް ބުނެ އެ ސިސްޓަމަށް ފާޑު ކިޔައިފައެވެ. އަދި އެއާއިއެކު މާގެ އެހެން ކުންފުނިތަކަށްވެސް ޗައިނާގެ ރެގިއުލޭޓަރުން ދޭ ސަމާލުކަން ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިބާބާ

އިތުރަށް ކިޔާލަން

05 މެއި 2022

"މާ" ކިޔާ މީހަކު ހައްޔަރުކުރުމުން އެޅި އޮޅުންބޮޅުންތަކެއްގެ އަސަރު ޖެކް މާގެ ވިޔަފާރިއަށް

05 މެއި 2022
"މާ" ކިޔާ މީހަކު ހައްޔަރުކުރުމުން އެޅި އޮޅުންބޮޅުންތަކެއްގެ އަސަރު ޖެކް މާގެ ވިޔަފާރިއަށް
09 އޯގަސްޓު 2021

ރޭޕްގެ ތުހުމަތުތަކާއެކު އަލީބާބާގެ މެނޭޖަރަކު ވަޒީފާއިން ވަކިކުރަނީ

09 އޯގަސްޓު 2021
ރޭޕްގެ ތުހުމަތުތަކާއެކު އަލީބާބާގެ މެނޭޖަރަކު ވަޒީފާއިން ވަކިކުރަނީ
04 އޮކްޓޯބަރު 2017

އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި
22 ސެޕްޓެމްބަރު 2017

ލޯރެއަލް ކުންފުނި ނިސްބަތްވާ ލިލިއަން ބެޓެންކޯޓް ނިޔާވެއްޖެ

22 ސެޕްޓެމްބަރު 2017
ލޯރެއަލް ކުންފުނި ނިސްބަތްވާ ލިލިއަން ބެޓެންކޯޓް ނިޔާވެއްޖެ
20 ސެޕްޓެމްބަރު 2017

ސައުދީއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ

20 ސެޕްޓެމްބަރު 2017
ސައުދީއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު