Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެކް މާގެ އަލީބާބާ ފައުންޑޭޝަން

"މާ" ކިޔާ މީހަކު ހައްޔަރުކުރުމުން އެޅި އޮޅުންބޮޅުންތަކެއްގެ އަސަރު ޖެކް މާގެ ވިޔަފާރިއަށް

އަލީބާބާ ފައުންޑޭޝަންގެ ހިއްސާގެ އަގު 9.4 އިންސައްތައަށް ދަށަށް ދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މެއި 2022 | ބުރާސްފަތި 08:28
ބިލިއަނަރު ޖެކް މާ- "މާ" ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކުރުމާއެކު، އަލީބާބާ ފައުންޑޭޝަންގެ ހިއްސާގެ އަގު 9.4 އިންސައްތައަށް ދަށަށް ދިޔަ

ބިލިއަނަރު ޖެކް މާ- "މާ" ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކުރުމާއެކު، އަލީބާބާ ފައުންޑޭޝަންގެ ހިއްސާގެ އަގު 9.4 އިންސައްތައަށް ދަށަށް ދިޔަ

"މާ" ކިޔާ މީހަކު ހައްޔަރުކުރުމުން އެޅި އޮޅުންބޮޅުންތަކެއްގެ އަސަރު ޗައިނާގެ ބިލިއަނަރު ޖެކް މާގެ ވިޔަފާރިއަށް ކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ސީ.ސީ.ޓީ.ވީ އިން ވަނީ "މާ" އާއި މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.

ޖެކް މާގެ އަލީބާބާ ފައުންޑޭޝަންގެ ހެޑްކުއާޓަރސް ޤާއިމުކޮށްފައި ހުންނަ ހެންޒޯ ސިޓީން "މާ" ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާއަށް ކޮށްފައިވަނީ އިންޓަރނެޓް މެދުވެރިކޮށް ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގަން އުޅޭ ކަމުގެ ތުހުމަތެވެ.

"މާ" ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކުރުމާއެކު، އަލީބާބާ ފައުންޑޭޝަންގެ ހިއްސާގެ އަގު ވަނީ 9.4 އިންސައްތައަށް ދަށަށް ގޮސްފައެވެ. ސަބަބަކީ އިންވެސްޓަރުން އެމީހުންގެ ހިއްސާތައް ދޫކޮށްލަން ފެށުމުންނެވެ. އެކަމުގެ ސަބަބުން ހިއްސާގެ އަގު ދަށްވެ، އަލީބާބާ ކުންފުންޏަށް 27 ބިލިއަން ޑޮލަރުގެ ގެއްލުމެއްވިއެވެ.

ނަމަވެސް އެއީ ޖެކް މާ ނޫންކަން ކަށަވަރުވެފައިވާއިރު، އަނެއްކާވެސް ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. އެ އޮޅުންބޮޅުންތަކުގެ ސަބަބުން ޗައިނާގެ ދައުލަތުގެ މީޑިއާއިންވެސް ވަނީ އެ މައްސަލައިގައި ހައްޔަރުކުރީ ޖެކް މާ ނޫންކަމަށް ބަޔާންކޮށް އަލުން އެ ޚަބަރު ރިޕޯޓުކޮށްފައެވެ.

ޗައިނާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، އަދި އަލީބާބާ ގްރޫޕްގެ ފައުންޑަރު ޖެކް މާގެ އަލީބާބާ ކުންފުންޏަކީ އީ-ކޮމާސް އަދި އިންޓަރނެޓާއި ޓެކްނޮލޮޖީއާ ގުޅުންހުރި މަސައްކަތްތަކަށް ޚާއްސަ ކުންފުންޏެކެވެ.

އަލިބާބާޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު