Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކަރަންޓީން ނުވެ ވޯޓުލާން ދެވޭނެ އުސޫލު ހަދައިފި

8 އެޕްރީލު 2021 | ބުރާސްފަތި 20:14

ހުއްދަ އޮންނާނީ މި މަހު 11އާ ހަމައަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 8 އެޕްރީލު 2021 | ބުރާސްފަތި 20:14

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކަރަންޓީނާ ނުލާ ވޯޓުލާން ރަށްރަށަށް ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލު ހަދައިފިއެވެ.

އެޗްޕީއޭއިން ނެރުނު އުސޫލުގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް މާލެ ސަރަހައްދުންނާއި، ރިސޯޓުތަކުން އަދި ސަފާރީތަކުގެ އިތުރަށް ގެސްޓު ހައުސް ހިންގާ ރަށްރަށުން ވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން އެމީހަކު އެމީހެއްގެ ރަޖިސްޓްރީ އޮތް ތަނަކަށް ކަރަންޓީން ނުވެ ދެވޭނެ ކަމަށެވެ. އެ ހުއްދަ އޮންނާނީ މި މަހު 11އާ ހަމައަށް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ވޯޓުލާން ރަށްރަށަށް ދަތުރުކުރާ މީހުން ވޯޓުލުމަށް ފަހު، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހަކު އައި ރަށަކަށް އެނބުރި ދާންޖެހެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން، ދަތުރުކުރާ ތާރީހާއި އެ ރަށެއްގައި މަޑުކުރާނެ ތަނަކާއި މުއްދަތު ރަށުގެ ކަމާބެހޭ ފަރާތަށް އަންގަން ވެސް ޖެހެއެވެ. މީގެ އިތުރަށް އެމީހުން ވޯޓުލާން ޖެހެނީ ވެސް ރަށުގައި ކަރަންޓީނު ވެފައި ނުވަތަ އެކަހެރި ވެފައިވާ މީހުން، ވޯޓުލާން ކަނޑައަޅާފައިވާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައެވެ.

ވޯޓުލާން ރަށްރަށަށް ދާ މީހުން ވެސް، ހާއްސަ ހުއްދައިގަ ޒަރޫރީ ބޭނުންތަކަށް ދާ މީހުންނެކޭވއެއްފަދައިން އާންމު ތަންތަނަށް އެއްވެ އުޅުން މަނަލެވެ. އެގޮތުން އެމީހުންނަށް ވޯޓު ލާ ސަރަހައްދު ނޫން އާންމުން އުޅޭ އެހެން ސަރަހައްދުތަކުގައި އުޅުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރަށް އެމީހުން ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށާއި މީހުންނާ ބައްދަލުކޮށް ގޭގެއަށް ޒިޔާރާތްކުރުން މަނާވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް