Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ. މަނަދޫގައި ހިންގާ މަޝްރޫއުތައް

ނ. މަނަދޫ އައު ނެރުނު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

7 އެޕްރީލު 2021 | ބުދަ 07:34

މި މަޝްރޫއު އަކީ 29.11 މިލިއަން ރުފިޔާގެ މަޝްރޫއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އެޕްރީލު 2021 | ބުދަ 07:34
ނ. މަނަދޫ އައު ނެރުނު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނ. މަނަދޫ އައު ނެރުނު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނ. މަނަދޫ އައު ނެރުނު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

ބުދަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމަށް އެމްޓީސީސީން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ނިންމަން ބުނާ ތާރީހެއް ކަމަށާއި އެމްޓީސީސީ އަކީ މޫސުމީ ކުންފުންޏެއް ނޫން ކަމަށެވެ. ސަރުކާރުން އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި ކޮންމެ ދުވަހަކީ ވެސް ރައްޔިތުން ތަރައްގީ ބޭނުންވާ ދުވަހެއް ކަަމަށާއި އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަނަދޫއަށް ބޭނުންވާ މަސައްކަތް ނިންމާނެ ތާރިހަކީ އަންނަ އަހަރުގެ އޭޕްރިލް މަހު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ބަނދަރެއްގެ މަސައްކަތް ފަށައިގެން އެ މަސައްކަތް ދިގުދަންމަން މި ސަރުކާރުން ބޭނުން ނުވާ ކަމަށާއި އެމްޓީސީސީ އަކީ ރައްޔިތުންގެ ފައިސާ އިން ހިންގާ ކުންފުންޏެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ތަރަައްގީ ގެނެސްދިނުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްޓީސީސީން މިހާރު 56 ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިފައި ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ މަނަދޫގެ ބަނދަރަކީ ޒަމާންވީ މައްސަލަތައް ދިމާވެފައިވާ ބަނދަރެއް ކަމަށާއި އެކަން ހައްލުކޮށްދިނުމަށް އެދި ވަރަށް ގިނަ ސަރުކާރުތަކުގައި އެދުނު ކަމަށެވެ. އެހެންނަމަވެސް މިއަދު މި ބަނދަރުގެ އަމަލީ މަސައްކަތް ފެށިގެން މިދިޔައީ މި ސަރުކާރުން ކަަމަށާއި އުންމީދަކީ މި ބަނދަރުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 29،038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 290 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 2 މީޓަރު 244 މީޓަރުގެ ބްރިޖެއް އެޅުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު އަކީ 29.11 މިލިއަން ރުފިޔާގެ މަޝްރޫއަކަަށްވާއިރު މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

އިތުރަށް ކިޔާލަން

07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
20 މާރިޗު 2017

ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

20 މާރިޗު 2017
 ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް