Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެޗްޓޫއޯ ރީބްރޭންޑްކޮށް ހުޅުވުން

މިޝެލިއަން ސްޓަރ ޝެފަކާއެކު "އެޗްޓޫއޯ" ރީބްރޭންޑްކޮށް ހުޅުވައިފި

އެޗްޓޫއޯ ރީބްރޭންޑްކޮށް ހުޅުވާފައިވަނީ އޭޕްރީލް އެއްވަނަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 އެޕްރީލު 2021 | ހުކުރު 15:03
ޔޫ އެންޑް މީގެ އެޗްޓޫއޯ ރެސްޓޯރެންޓް ރީބްރޭންޑް ކުރުމަށްފަހު

ޔޫ އެންޑް މީގެ އެޗްޓޫއޯ ރެސްޓޯރެންޓް ރީބްރޭންޑް ކުރުމަށްފަހު

ޔޫ އެންޑް މީ ބައި ކޮކޫންގައި ހިންގާ ކަނޑު އަޑީގެ ރެސްޓޯރެންޓް "އެޗްޓޫއޯ" ރީބްރޭންޑް ކުރުމަށްފަހު ހުޅުވައިފިއެވެ.

‎މިދިޔަ އަހަރުގެ އޭޕްރީލް މަހު މި ރެސްޓޯރެންޓް ރީބްރޭންޑްކުރުމަށްފަހު ހުޅުވަން އެންމެ ފުރަތަމަ މަސައްކަތްކުރި ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އެޗްޓޫއޯ އަލުން ހުޅުވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ރެސްޓޯރެންޓް ހުުޅުވާފައިވަނީ ދުނިޔޭގެ މަޝްހޫރު މިޝެލިއަން ސްޓަރ ޝެފެއް ކަމަށްވާ، އެންޑްރިއާ ބަރޓަންނާއެކުއެވެ. ޔޫ އެންޑް މީން ވަނީ މި ރެސްޓޯރެންޓް ހިންގުމުގެ ހުރިހާ ކަމެއް ޝފް ބަރޓަންނާ ހަވާލުކޮށްފައެވެ.

Advertisement - businessAdvertisement

މިފަދަ ރެސްޓޯރެންޓެއް ރާއްޖޭގައި ހިންގުމުގެ ފުރުސަތު ލިބުމާ ގުޅިގެން "ރާއްޖެ.އެމްވީ" އާ ވާހަކަދައްކަމުން ޝެފް ބަރޓަން ވަނީ އެކަމާ ވަރަށް އުފާވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ވިޔަސް އަދި ވަޒީފާއަދާކުރަން ވިޔަސް އެންމެ ރަނގަޅު މާހައުލުކަމަށް ޝެފް ބަރޓަން ވަނީ ވިދާޅުވެފައެވެ.

ޔޫ އެންޑް މީގެ ކޯޕަރޭޓް ޝެފް ޖިއޮވާނީ ޑި އެމްބްރޮސިސް ވިދާޅުވީ މިޝެލައިން ސްޓަރ ޝެފެއްގެ ބެލުމުގެ ދަށުން ހިންގާ ރެސްޓޯރެންޓަކުން ލިބެން ހުންނަ މެނޫއަކީ ކަސްޓަމަރުން އެއާ މެދު ޝަކުވާކުރުމުގެ ޖާގައެއް އޮންނާނެ މެނޫއެއް ނޫން ކަމަށާއި، އެޗްޓޫއޯއަށް އަންނަ ކޮންމެ ކަސްޓަމަރެއްވެސް ދާނީ ހިތްހަމަޖެހިގެން ކަމަށެވެ.

އެޗްޓޫއޯ ރީބްރޭންޑް ކުރުމާ ގުޅިގެން "ރާއްޖެ.އެމްވީ" އާ ވާހަކަދައްކަމުން ޔޫ އެންޑް މީގެ މެނޭޖިންގ ޑިރެކްޓަރ އެލެކްސް އަޒޯލާ ވަނީ މިއީ މިފަދަ ރެސްޓޯރެންޓެއްގެ ހިންގުމުގެ ހުރިހާ ކަމެއް މިޝެލިއަން ޝެފަކާއި ރާއްޖޭގައި ހަވާލުކުރެވުުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން އެޗްޓޫއޯއިން ކަސްޓަމަރުންނަށް ލިބެން ހުންނަ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެލެކްސް ވިދާޅުވިއެވެ. އަދި އެލެކްސް ވަނީ ރެސްޓޯރެންޓުން ލިބެން ހުންނަ ޚިދުމަތްތަކާ މެދު ކަސްޓަމަރުން ހިތްހަމަޖެހޭނެ ކަމުގެ ޔަގީންކަނަވެސް ދެއްވާފައެވެ.

މީގެއިތުރުން ޔޫ އެންޑް މީގެ ޖެނެރަލް މެނޭޖަރ ޖިހާދު (ޖޭ) އަޙްމަދު ވަނީ މި ވަގުތު ރާއްޖޭގެ ކަނޑު އަޑީގެ ރެސްޓޯރެންޓްތަކުގެ ތެރެއިން އެޗްޓޫއޯ އަކީ ފާހަގަކޮށްލެވޭ ރެސްޓޯރެންޓެއް ކަމަށާއި، ތަނުގެ ޑިޒައިނަށް ބަލާލުމުންވެސް އެކަން އެނގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޝެފް ބަރޓަންގެ ބެލުމުގެ ދަށުން އޭނާގެ ޝެފެއް ކަމަށްވާ އަލެސެންޑްރޯ ސަރޯނީ، ރެސްޓޯރެންޓުން ލިބެން ހުންނަ ތަކެތި ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭއިރު، އެޗްޓޫއޯއިން ފޯރުކޯށްދެނީ ހަމައެކަނި ތަފާތު މޮޅު ކެއުން ނޫން ކަމަށާއި، އެޗްޓޫއޯއިން ފޯރުކޮށްދޭނީ "ލައިފްޓައިމް އެކްސްޕީރިއެންސް" އެއް ކަމަށްވެސް ޖޭ ވިދާޅުވިއެވެ.

‎ރ. އަތޮޅުގައި އޮންނަ ޔޫ އެންޑް މީ ރިސޯޓް ހުޅުވިތާ މިހާރު ދެ އަހަރު ވެފައިވާއިރު، އެޗްޓޫއޯ ހުޅުވައިގެން މިވީ ދުވަސްތަކުގައި ރީބްރޭންޑް ކުުރުުމުގެ ކުރިންވެސް ރެސްޓޯރެންޓަށް ވަނީ ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެޗްޓޫއޯ ރެސްޓޯރެންޓާކީ ޔޫ އެންޑް މީގެ ފަޅުތެރޭގައި ކަނޑުއަޑީގައި ވަކިން އޮންނަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓް ހުންނަނީ ކަނޑުގެ ހަ މީޓަރު އަޑީގައެވެ.

އެޗްޓޫއޯޔޫ އެންޑް މީ ބައި ކޮކޫން

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ހެކަތަންއަށް ރަޖިސްޓަރީވުމަށް އުރީދޫއިން ހުޅުވާލައިފި

ހެކަތަންއަށް ރަޖިސްޓަރީވުމަށް އުރީދޫއިން ހުޅުވާލައިފި

19 އޯގަސްޓު 2018
ބީބީއެމް އިން ޝެފުންނަށް މާސްޓަރ ކްލާސްތަކެއް ބާއްވަނީ

ބީބީއެމް އިން ޝެފުންނަށް މާސްޓަރ ކްލާސްތަކެއް ބާއްވަނީ

07 އެޕްރީލު 2018
މިސްޓަރ ރޮށި: ގަޑިއަކު ތިންހާސް ރޮށި ފިހެވޭ!

މިސްޓަރ ރޮށި: ގަޑިއަކު ތިންހާސް ރޮށި ފިހެވޭ!

04 އެޕްރީލު 2018
ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ

ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ

19 އޮކްޓޯބަރު 2017
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

27 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު