Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކޮމް އަށް މެމްބަރަކު އައްޔަނކުރުން

ބްރޯޑްކޮމް އަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް

31 މާރިޗު 2021 | ބުދަ 07:27

ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2021 | ބުދަ 07:27
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތިން ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ އައިމިނަތު ސަރާހަތު އިއްޒަތުގެ މެމްބަރުކަމުގެ މުއްދަތު އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ހަމަވާތީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުއްވާފައެެވެ. އެކަމާއިގުޅިގެން ރައީސް ފޮނުއްވި ސިޓީފުޅު އަމީން އާންމު ފާތުމަތު ނިއުޝާ ވަނީ އިއްވަވާދެއްވާފައެވެ.

ބްރޯޑްކޮމް އަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ނަންތަކަކީ:

1- އަލްއުސްތާޛާ ފާތުމަތު ސައުޝަން / މ.ވެންޓްކޫވަރ

2- ޝިފްލާ އިބްރާހީމް / ގ.މަސްއޮޑިގެ

3- ޑރ މުހައްމަދު އިބްރާހީމް/ ޖަވާހިރު އައްސޭރި/ އދ.މާމިގިލި

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެގޮތުން މި ވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަހުމަދު ގައިސް، ކޮމިޝަނަރ އަމްޖަދު ވަހީދު، ކޮމިޝަނަރ އަލީ ޔޫސުފް، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ކޮމިޝަނަރ އާމިނަތު ސަރާހަތު އިއްޒަތު އަދި ދާދިފަހުން ކޮމިޝަނަށް އައްޔަނުކުރި މުހައްމަދު ފަޒީނެވެ.

ރައްޔިތުންގެ މަޖިލިސްބްރޯޑްކޮމް

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި
31 އޯގަސްޓު 2025

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟
21 އޯގަސްޓު 2025

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި
27 ޖެނުއަރީ 2025

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު
19 ނޮވެމްބަރު 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
31 އޮކްޓޯބަރު 2024

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް