Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާކުރަތުގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ ޚިދުމަތް

މާކުރަތުގައި ފެނުގެ ކަނެކްޝަން އެޅުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

30 މާރިޗު 2021 | އަންގާރަ 12:53

މިމަޝްރޫއު 20 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2021 | އަންގާރަ 12:53
ރ.މާކުރަތު، ފެނުގެ ނިޒާމު މަޝްރޫއުގެ އަމަލީ ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށާފައި

ރ.މާކުރަތު، ފެނުގެ ނިޒާމު މަޝްރޫއުގެ އަމަލީ ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށާފައި

ރ.މާކުރަތުގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން ފެނުގެ ކަނެކްޝަން އެޅުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާކުރަތު ކައުންސިލުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް 25 ފެބްރުއަރީ 2021 ގައި މާރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ވިހި މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަވާލުކުރެވިފައިވާ ކަމަށެވެ. މި މަޝްރޫއަކީ މުޅި ރަށުގެ ހުރިހާ ރައްޔިިތުންނަށް އަމާޒުކުރެވިގެން ފެނުގެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން ކުރެވޭ މަސައްކަތަކަށްވެފައި، މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ބޭނުންވާ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ ބައެއް މަސައްކަތްތައް ފަށާފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭ ކަމަށެވެ. 

ކައުންސިލުން ބުނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު 29 މާރޗުން 60 ދުވަހުގެ މުއްދަތަށް 31 މެއިގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމަށް ގޭގޭގެ ވެރިފަރާތުން ސަމާލުވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިންނާއި، ވެބްސައިޓުން ލިބޭނެކަމަށް ވެސް ބުނެއެވެ.

ރ. މާކުރަތު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2025

ފުޓްސަލް ދަނޑެއް އަޅައިދޭން ރައީސް ވައުދުވި މާކުރަތުގައި ފުޓްސަލް ދަނޑެއް އަދި ބޮޑު ދަނޑެއް ވެސް އޮވޭ!

27 ޖެނުއަރީ 2025
ފުޓްސަލް ދަނޑެއް އަޅައިދޭން ރައީސް ވައުދުވި މާކުރަތުގައި ފުޓްސަލް ދަނޑެއް އަދި ބޮޑު ދަނޑެއް ވެސް އޮވޭ!
13 ޖެނުއަރީ 2022

މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

13 ޖެނުއަރީ 2022
މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
03 ޖުލައި 2017

ނަރުދަމާ 18 ރަށެއްގައި، ފެނުގެ ހިދްމަތް 16 ރަށެއްގައި ގާއިމުކޮށް ނިންމައިފިން: ތޯރިގް

03 ޖުލައި 2017
ނަރުދަމާ 18 ރަށެއްގައި، ފެނުގެ ހިދްމަތް 16 ރަށެއްގައި ގާއިމުކޮށް ނިންމައިފިން: ތޯރިގް
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
30 އެޕްރީލު 2017

އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް

30 އެޕްރީލު 2017
އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
24 މާރިޗު 2017

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

24 މާރިޗު 2017
މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް