Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިސެންޓްރަލައިޒޭޝަން ޕޮލިސީ ކޯރޑިނޭޝަން ކޮންފަރެން

ކުރީގެ ސަރުކާރުން އޮތީ ލާމަރުކަޒީ ނިޒާމު ގަޑުބަޑުކޮށްފައި- ރައީސް

30 މާރިޗު 2021 | އަންގާރަ 13:10

މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 މާރިޗު 2021 | އަންގާރަ 13:10
ޑިސެންޓްރަލައިޒޭޝަން ޕޮލިސީ ކޯރޑިނޭޝަން ކޮންފަރެންސްގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ޑިސެންޓްރަލައިޒޭޝަން ޕޮލިސީ ކޯރޑިނޭޝަން ކޮންފަރެންސްގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ކުރީގެ ސަރުކާރުން އޮތީ ލާމަރުކަޒީ ނިޒާމު މުޅިން ގަޑުބަޑުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، އެ ނިޒާމު ހިންގުމަށް ހުރިދަތިތައް އޮޅުންފިލުވުމަށް ބޭއްވި، ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން އޮތީ ޤާނޫނު ބަދަލުކޮށް، ކައުންސިލްތަކުގެ ބާރުތައް، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި ކަމަށާއި، ކައުންސިލަރުންނަށް އެއްވެސް އިޚްތިޔާރެއް އަދި ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައިކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ، ސަރުކާރުގެ އާދައަކަށް ހަދާފައި ކަމަށާއި، ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި ކަމަށެވެ. އެހެނަސް، މިއަދު ރާއްޖެ މިހާރު އޮތީ އެ ޙާލަތަކު ނޫން ކަމަށާއި، މިއަދު މިއޮތީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާޙުތަކުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު ބަދަލުތަކަކީ، ރާއްޖޭގެ ތަރައްޤީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިޞްލާޙީ ބަދަލުތައް ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އަދި ސަރުކާރު ހިންގުމުގައި، ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޚިދުމަތްތައް ދިނުމުގައި، ލާމަރުކަޒީ އުޞޫލަށް ބަދަލުވާންޖެހޭކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އެއްމެ ބޮޑު ސަމާލުކަމެއް ދިނީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކަަމަށާއި، އެގޮތުން ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހޯދައި އެތަންތަން ތަރައްޤީކުރަން ކަަމަށް ވިދާޅުވިއެވެ.

ކައުސިލްތައް އޮންނަނީ މަރުކަޒީ ސަރުކާރުގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި، ލާމަރުކަޒީ ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ވިސްނުން، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތްވުން މުހިއްމު ކަމަށާއި، މިކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ، ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ވިސްނުމާއި މަސައްކަތް، މި މަގަށް ބައްޓަންކޮށްގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ލޯކަލް ކައުންސިލް އިންތިޚާބުލޯކަލް ގަވަމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް