Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދެކުނަށް ކުރާ ވިއްސާރަ

ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖް އެލަރޓް ނެރެފި

އެ ސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 02:32
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އަންގާފައި

ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އަންގާފައި

ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހޯމަ ދުވަހުގެ ދުވަހުގެ ފަތިހު 06:00ން ހެނދުނު 08:00ށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓް ނެރެފައިވާކަމަށެވެ. މީގެ އިތުރުން ގދ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދަށް މިހާރުވަނީ ރީނދޫ އެލަރޓް ވެސް ނެރެފައެވެ.

Advertisement - newsAdvertisement

ދެކުނު އަތޮޅުތަކަށް މިދުވަސްވަރު ވިއްސާރަ ކުރަމުން ދާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެން ވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މެޓް އޮފީހުން ވަނީ އެސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އަދި މެދުރާއްޖެ އާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަށެވެ. އެހެންކަމުން ހުރިހާ ފާރާތްތަކުން، ހާއްސަކޮށް ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2023

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ، ސަމާލުވޭ

05 އޯގަސްޓު 2023
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ، ސަމާލުވޭ
14 އޮކްޓޯބަރު 2022

އިއްޔެ ހަވީރު ނެރުނު ވައިޓް އެލާޓުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފި

14 އޮކްޓޯބަރު 2022
އިއްޔެ ހަވީރު ނެރުނު ވައިޓް އެލާޓުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފި
30 ސެޕްޓެމްބަރު 2022

ކުރިއަތް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

30 ސެޕްޓެމްބަރު 2022
ކުރިއަތް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
17 ޖުލައި 2022

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

17 ޖުލައި 2022
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
25 މެއި 2021

އައްޑޫއާއި ފުވައްމުލައް ސިޓީއަށް ނެރުނު އެލަރޓްގެ މުއްދަތު އިތުރުކޮށްފި

25 މެއި 2021
އައްޑޫއާއި ފުވައްމުލައް ސިޓީއަށް ނެރުނު އެލަރޓްގެ މުއްދަތު އިތުރުކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު