Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗް.އައި.ސީ.ޑީ.ޕީ

އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދެވަނަ އިސްޓޯލްމެންޓްގެ ފައިސާ އިންޑިއާއިން ރާއްޖެއަށް ދީފި

އެޗް.އައި.ސީ.ޑީ.ޕީގެ ދަށުން 12 މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 މާރިޗު 2021 | އާދީއްތަ 18:27
އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދަނީ

އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދަނީ

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ) ސްކީމްގެ ދެވަނަ އިސްޓޯލްމެންޓްގެ ފައިސާ އިންޑިއާއިން ރާއްޖެއަށް ދީފިއެވެ.

މިއީ މި ޕްރޮޖެކްޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ 11 މަޝްރޫއަކަށް ބޭނުންވާ ފަންޑުގެ ދެވަނަ އިންސްޓޯލްމެންޓް ފައިސާއެވެ. އެއީ ،11،607،994 ( އެގާރަ މިލިއަން ހަސަތޭކަ ހަތްހާސް ނުވަސަތޭކަ ނުވަދިހަ ހަތަރު) ރުފިޔާއެވެ. މި ފަންޑުގެ ފުރަތަމަ އިންސްޓޯލްމެންޓް ކަމަށްވާ 10،154،198 (ދިހަ މިލިއަން ސަތޭކަ ފަންސާސް ހަތަރުހާސް ސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ހަވާލުކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

އެޗް.އައި.ސީ.ޑީ.ޕީގެ ދަށުން 12 މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާއިރު، 2019 ވަނަ އަހަރު ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ، 5.6 މިލިއަން ޑޮލަރު ނުވަތަ 85 މިލިއަން ރުފިޔާ އެވެ.

އެޗް.އައި.ސީ.ޑީ.ޕީ ތަކަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ޑައިނެމިކް ގުޅުމުގެ މުހިންމު އެއް ތަނބެވެ. މި މަޝްރޫއުތަކަކީ ރަށްރަށުގެ ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައުންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ މަޝްރޫއުތަކެކެވެ.

އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން މިވަގުތު ކުރިއަށްދާ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ހުޅުމީދޫގައި ގާއިމް ކުރާ މަސް ޕްރޮސެސިން 3 ޕްލާންޓާއި، އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުމީދޫ އަދި މަރަދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޓޫރިޒަމް 5 ޒޯނާއި، ހޯރަފުށީގައި ގާއިމް ކުރެވޭ ފެން ބަންދު ކުރާ ޕްލާންޓްގެ މަޝްރޫއުއާއި؛ އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަޝްރޫއުއާއި؛ ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ގާއިމް ކުރެވޭ ސޮއިލް ޓެސްޓިން ލެބް މަޝްރޫއު ހިމެނެއެވެ.

ދެވަނަ އިންސްޓޯލްމެންޓްގެ ބޭނުމަކީވެސް މަޝްރޫއުތަކުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.

ފެބްރުއަރީ 2021 ގައި އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން އިތުރު މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ނ އަތޮޅު ކެނދިކުޅުދޫގައި މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމް ކުރުމެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އިންޑިއާ އެމްބަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ދަނީ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ދަނީ

15 ސެޕްޓެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

27 މާރިޗު 2022
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަބްކޮންޓްރެކްޓަރ ޖެނުއަރީ މަހު އަންނާނެ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސަބްކޮންޓްރެކްޓަރ ޖެނުއަރީ މަހު އަންނާނެ

19 ޑިސެމްބަރު 2021
ވިސާ ކިޔޫގެ ކޮޅެއް ނުފެނުނު

ވިސާ ކިޔޫގެ ކޮޅެއް ނުފެނުނު

21 ސެޕްޓެމްބަރު 2021
އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓު ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓު ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

03 ޖުލައި 2021

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު