Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕީޖީގެ ބައްދަލުވުން

އޭސީސީގެ މެންބަރުން ވަކިކުރުމާއި ގުޅޭގޮތުން އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއް އާދިއްތަ ދުވަހު ބާއްވަނީ

27 މާރިޗު 2021 | ހޮނިހިރު 16:19

ބައްދަލުވުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރު 11:00ގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 މާރިޗު 2021 | ހޮނިހިރު 16:19
އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ޕީޖީ ގްރޫޕުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ވެންޓިލޭޓަރުގެ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމާއިމެދު ގޮތެއްް ނިންމުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ) ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް އާދިއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް ބައެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައިވާއިރު، އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި ފެންނާނީ ސަރުކާރުން އެކަމުގައި ބައިވެރިވެފައިވާތަން ކަމަށްވެސް ވިދާވިއެވެ. އެ މައްސަލާގައި ދައުވާ ނުކުރަން ނިންމައި ޕީޖީ ވިދާޅުވީ ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަދިވެސް ސާބިތުވާ ވަރަށް ހެކި ފެނިއްޖެ ނަމަ ދައުވާ އުފުލާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޕީޖީ ހުސެއިން ޝަމީމް އާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ބުނާ މެސެޖު ލީކުވެފައިވެއެވެ.

Advertisement - newsAdvertisement

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރާއްޖެ ގެންނެވުމަށް މަސައްކަތްކުރެއްވި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބަލާފައިވާ ކަމަށެވެ. އަދި އައު މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތު ކޮށްދެވިދާނެކަމަށް ނުފެންނަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އެއާއެކު، މި މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނަކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެ ނިންމުމަށް ބަދަލުނުގެންނަށް ނިންމާފައިވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އޭރުގެ ހެލްތް މިނިސްޓަރ އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާވެސް ދެއްވާފައެވެ.

މި މައްސަލަ އަނބުރާ ފޮނުވާލެއްވި ސަބަބު ތަފްސީލު ކޮށްދެއްވަމުން ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ. ޕީޖީ ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. އެހެން ނަމަވެސް، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ހުށައަޅުއްވާފައިވާ ސިވިލް ސަރވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއިމެދު ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ބިލް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ބިލްގައި ހުރި އިސްލާހުތަކަކީ ސިވިލް ސަރވިސް ހިންގުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވާ ކަންކަންކަމަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި އަންހެން ދެ މެމްބަރުން ތިބުމަށް ލާޒިމްކޮށް ހުށަހަޅާފައިވަނީ ކޮމިޝަންތައް އެކުލަވާލުން އެއްގޮތް ކުރުމުގެ ގޮތުން ކަމަށާއި ކުރިޔަށް އޮތްތަނުގައި މިބަދަލުތައް ދެން ހުރި ކޮމިޝަންތަކަށްވެސް ގެނައުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މި ބައްދަލުވުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރު ކުރި 11:00ގައި ކަމަށް އެ ޕާޓީން ބުނެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް