Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިސްޓަރ މޯލްޑިވްސް 2021

މިސްޓަރ މޯލްޑިވްސްގެ މަޤާމު ޔާމްބެއަށް

ސްޕޯޓްސް ފިޒީކުގެ އެއްވަނަ ހޯދީ އަޒްނީން ރަޝާދު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މާރިޗު 2021 | ހުކުރު 20:33
މިސްޓަރ މޯލްޑިވްސްގެ މަޤާމު ހޯދި މުޙައްމަދު ޔާމީން (ޔާމްބެ)

މިސްޓަރ މޯލްޑިވްސްގެ މަޤާމު ހޯދި މުޙައްމަދު ޔާމީން (ޔާމްބެ)

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ހޮވާ މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު މުޙައްމަދު ޔާމީން (ޔާމްބެ) އަށް ލިބިއްޖެއެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ހޮވުން އޮތީ ހުކުރު ދުވަހުގެރޭ އޮލިމްޕަސް ސިނަމާގައި ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޝަރަފުވެރިކޮށްދެއްވި މި އިވެންޓް ބާއްވާފައިވަނީ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު ޔާމްބެ ހޯދިއިރު، އޭނާ ވަނީ 2017 ވަނަ އަހަރުވެސް މި މަޤާމު ހޯދާފައެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސްއަކަށް ޔާމްބެ ހޮވުނުއިރު، އޭނާ ވަނީ މި ފަހަރުގެ މުބާރާތުގެ ބޮޑީބިލްޑިންގެ 90 ކިލޯ ކެޓެގަރީން އެއްވަނަވެސް ހޯދާފައެވެ. ދެން ބޮޑީބިލްޑިންގައި ހިމެނުނު 60 ކިލޯގެ އެއްވަނަ މުޙައްމަދު މޫސާ ހޯދިއިރު، 70 ކިލޯގެ އެއްވަނަ ހޯދީ މީގެ ކުރިން ތިން ފަހަރު މިސްޓަރ މޯލްޑިވްސް ކާމިޔާބުކޮށްފައިވާ މުޙައްމަދު ރަޝީދެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ އެތުލެޓިކް ފިޒީކުގެ އެއްވަނަ ހޯދީ އަޙްމަދު މައުޒެވެ. މި ބައިގެ އެއްވަނަ އޭނާއަށް ލިބުނުއިރު، މައުޒް ވަނީ އެތުލެޓިކް ފިޒީކުގެ 180 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. ދެން ބޭއްވި 170 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނީ ފަތުހުﷲ މުޙައްމަދަށެވެ.

ދެން ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ކުރިއަށްދިޔަ ސްޕޯޓްސް ފިޒީކުގެ އެއްވަނަ ހޯދީ އަޒްނީން ރަޝާދެވެ. މި ބައިގެ އެއްވަނަ އޭނާއަށް ލިބުނުއިރު، އަޒްނީން ވަނީ ސްޕޯޓްސް ފިޒީކުގެ 165 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. ދެން މި ބައިގައި ހިމެނުނު 170 ސެންޓިމީޓަރު ބައިން އެއްވަނަ ފާލިހު މުޙައްމަދު ޒާހިރަށް ލިބުނުއިރު، 175 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނީ އަލީ ސަލީމް އިބްރާހީމަށެވެ. އަދި 180 ސެންޓިމީޓަރު ބައިން އެއްވަނަ ލިބިފައިވަނީ އަތީޤުއް ރަޙްމާނަށެވެ.

ކާމިޔާބުކަމާއެކު މި އަހަރުގެ މިސްޓަރ މޯލްޑިވްސް ބޭއްވިއިރު، މި މުބާރާތުގައި 30 ށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ވާދަކޮށްފައެވެ. މި އިވެންޓް ރާއްޖެޓީވީން ލައިވްކޮށް ދެއްކިއިރު، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ބީބީއެމުން ވަނީ މިސްޓަރ މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެޓީވީއަށް ދީފައެވެ.

މިސްޓަރ މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ހޮވުން މާދަމާ

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ހޮވުން މާދަމާ

25 މާރިޗު 2021
ޗެމްޕިއަނުންގެ ފެންވަރު ދައްކާލަން މި ފަހަރުގެ މިސްޓަރ މޯލްޑިވްސްއަކީ ރަނގަޅު ފުރުސަތެއް: އައިމަން

ޗެމްޕިއަނުންގެ ފެންވަރު ދައްކާލަން މި ފަހަރުގެ މިސްޓަރ މޯލްޑިވްސްއަކީ ރަނގަޅު ފުރުސަތެއް: އައިމަން

04 މާރިޗު 2021

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު