Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިޚާބު

ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އަމިއްލަ ގަލަމެއް ބޭނުންކުރަން އެދިއްޖެ

ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2021 | ހުކުރު 05:54
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި މަރުކަޒެއްގައި ބޭނުންކުރި ވޯޓާސް ލިސްޓް އޮފިޝަލެއް ޗެކްކުރަނީ

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި މަރުކަޒެއްގައި ބޭނުންކުރި ވޯޓާސް ލިސްޓް އޮފިޝަލެއް ޗެކްކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އަމިއްލަ ގަލަމެއް ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

އީސީން ބުނީ "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު" ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ވޯޓުލާން ވަޑައިގަންނަވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ކޮމިޝަނުން ބާރުއަޅާ ކަމަށެވެ. އަދި މިގޮތުން ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާއަކީ ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނޭ ބަޔެވެ. އެގޮތުން 4 ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތަކަށް ބަލާ އިރު، ތަނަށް ވަންނަ/ނުކުންނަ ދޮރު ކައިރީގައާއި އެތެރޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު (މާސްކު އެޅުން، މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން ފަދަ ކަންކަން) އާންމުކޮށް ފެންނާނެހެން ބަހައްޓަން ޖެހެއެވެ. އަދި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް އެ ތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ވޯޓުލާން ދާ މީހުން ކިޔުގައި ތިބޭއިރު، 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއި، މި މަޢުލޫމާތު އެ ފަރާތްތަކާ ހިއްސާ ކުރުމާއި، މިކަން ކަށަވަރުކުރުމަށް ސުޕަވައިޒަރުން ކަނޑައެޅުން ހިމެނެއެވެ. އަދި ވޯޓުލާން ދާ މީހާއާއެކު އެހީތެރިޔަކު ދާންޖެހޭ ހާލަތްތަކުގައި އެހީތެރިއެއްގެ ގޮތުގައި ދާ މީހަކު ފިޔަވައި އިތުރު މީހުން ވޯޓުލާ މަރުކަޒަށް ނުވެއްދުން/ނުދިއުން ހިމެނެއެވެ. މި މާއްދާގައި އިތުރަށް ބުނެފައިވަނީ ތަނުގައި މަސައްކަތްކުރާ މީހުންނާއި އެހެނިހެން މީހުން ސައިބޯނިލައިގެން އަތްދޮވެވޭނެ ނުވަތަ ސެނިޓައިޒަރއިން އަތް ސާފުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައި ހުރުމާއި، ތަނަށް ވަންނަ މީހުންނާ 3 ފޫޓަށްވުރެ ގާތުން މުޢާމަލާތު ކުރަންޖެހޭ ހުރިހާ އޮފިޝަލުން، މޮނިޓަރުން، މަންދޫބުން އަދި ސުޕަވައިޒަރުން ފަދަ މީހުން މާސްކުގެ އިތުރުން ފޭސް ޝީލްޑް ބޭނުންކުރުން ހިމެނެއެވެ. އަދި ތަނަށް ވަންނަ މީހުން މާސްކު އެޅުމުގެ އުސޫލާ އެއްގޮތަށް މާސްކު އަޅައިގެން ތިބޭކަން ކަށަވަރުކުރުން މި އުސޫލުގައި ހިމެނެއެވެ.

މިދިޔަ އަހަރު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19ގެ ސަބަބުންނެވެ. އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހަށް އިންތިހާބު ތާވަލުކޮށްފައިވާއިރު ކޮވިޑް-19ގެ ސަބަބުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަކާއެކު އިންތިހާބު ބާއްވާތީ އިންތިހާބަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. އެގޮތުން އިންތިހާބަށް މީގެ ކުރިން ކަނޑައަޅާފައިވާ 51 މިލިއަން ރުފިޔާގެ އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ކޮމިޝަނުން ވަނީ އެ އަދަދު 29.8ށް ތިރިކޮށްފައެވެ.

ކޮވިޑް-19އިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު