Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗިލީ އަނެއްކާ ވެސް ލޮކްޑައުންކުރުން

ކޭސްތައް އިތުރުވުމާއެކު ޗިލީ ލޮކްޑައުންއަކަށް

ދުވާލެއްގެ މައްޗަށް 7000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2021 | ހުކުރު 02:49
ޗިލީގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ޗިލީގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއެކު ޗިލީގައި އައު ލޮކްޑައުންއެއް އިއުލާންކޮށް އަމަލުކުރަން ފަށައިފިއެވެ.

ޗިލީގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ އައު ލޮކްޑައުންއެއް އިއުލާންކޮށް އަމަލުކުރަން ފަށާފައިވަނީ ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށެވެ. ޗިލީގައި ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު ވަނީ 7000ށް ވުރެ އިތުރުވެފައެވެ. މީގެ އިތުރުން ކޮވިޑްގެ ބަލި މީހުންނާއި ކޮވިޑް ނޫން ބަލިމީހުންނާއެކު އެގައުމުގެ އައިސީޔޫގެ ކެޕޭސިޓީ ވަނީ 95 އިންސައްތަ ފުރިފައެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެގައުމުގައި ސިއްހީ އިދާރާތަކުން ބުނެފައިވަނީ ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ބްރެޒިލް އަދި ޔޫކޭގެ ވޭރިއަންޓްގެ ކޭސްތައް ވެސް އެގައުމުން ފެނިފައިވާ ކަމަށެވެ. އެ އިދާރާތަކުން ބުނެފައިވަނީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަމާ ގުޅިގެން ސިއްހީ އިދާރާތަކާއި ސަރުކާރުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި މި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޗިލީގެ ހެލްތް މިނިސްޓަރ އެންރިކް ޕެރިސް ވަނީ ވިދާޅުވެފައެވެ.

ލޮކްޑައުންގެ ސަބަބުން 13 މިލިއަން މީހުންނަށް އަސަރު ކުރާނެއެވެ. އަދި އެންމެ ބޮޑަށް އަސަރުކުރާ އެއް ސަރަހައްދެއްގެ ގޮތުގައި އެގައުމުގެ އެންމެ ކާރުބާރު ބޮޑު ސެންޓިއާގޯ ހިމެނެއެވެ. ގިނަ ސްކޫލްތަކާއި ކޮލެޖްތައް ހުޅުވާފައި ބެހެއްޓި ނަމަވެސް، ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޒަރޫރީ ދަތުރުތައް ނޫން އެހެން ދަތުރުތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެފައިވަނީ އެގައުމުގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފެށިގެން ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ވެކްސިން ކެމްޕޭން ކާމިޔާބު ނަމަވެސް ކޭސްތައް އިތުރުވެގެން ދިއުމަކީ ކެމްޕޭނަށް އެޅިފައިވާ ހުރަހެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ވެކްސިން ކެމްޕެއިންގެ ދަށުން މިހާތަނަށް އެގައުމުގެ 3 ބައިކުޅަ އެއްބައި މީހުން ނުވަތަ 6 މިލިއަން މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ގައުމަށް ކިތަންމެ ދަތިކަމެއް ދިމާވި ނަމަވެސް، ވެކްސިން ކެމްޕެއިނަށް ހުރަހެއް ނާންނާނެ ކަމުގެ ޔަގީންކަން ޗިލީގެ ރައީސް ސަބޭސްޓިއަން ޕިންނޭރާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން އެހެން ގައުމުތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މެދުނުކެނޑި ދެއްވާނެކަމުގެ ޔަގީންކަން ސަބޭސްޓިއަން ވަނީ ދެއްވާފައެވެ. އެގޮތުން ވެކްސިން، އޮކްސިޖަން އަދި ސިއްހީ އާލާތްތަކާއި ސާމާނު ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޗިލީން ވަނީ މީގެ ކުރިން ޕެރޫ އަށް އޮކްސިޖަންގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޕެރަގޫ އަދި އިކްއެޑޯއަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، ވެކްސިން ގެންދިއުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ބުރާސްފަތި ދުވަހު ޗިލީން 7،023 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، އެގައުމުގައި ޖުމްލަ ޕޮޒިޓިވްވި ކޭސްތައް ވަނީ 954،762ށް އަރާފައެވެ. އަދި ބުރާސްފަތި ދުވަހު 122 މީހަކު މަރުވެފައިވާ އިރު، އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 22،524ށް އަރާފައެވެ.

ޗިލީޔޫކޭ ވޭރިއަންޓްޮލޮންޑައުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ޣައްޒާގައި މީހުން ދިރިއުޅޭ ވަގުތީ ކޭޕްމްތަކަށް ހަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި

ޣައްޒާގައި މީހުން ދިރިއުޅޭ ވަގުތީ ކޭޕްމްތަކަށް ހަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި

02 މެއި 2025
ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް

ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް

26 ޖޫން 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

22 ޖޫން 2024
އުފަންވިއިރުވެސް 7 ކިލޯއަށް ވުރެ ބަރު: "ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއްހެން"

އުފަންވިއިރުވެސް 7 ކިލޯއަށް ވުރެ ބަރު: "ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއްހެން"

01 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު