Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނުގެ ރައްކާތެރިކަން ކަށަވަރުކުރުން

މާލޭގެ ބައެއް ގެތަކުގައި ކްރޮސް-ކަނެކްޝަން ހަދާކަން ފާހަގަކުރެވޭ، އެއީ ދެރަ ކަމެއް: ޝާހު

ކްރޮސް ކަނެކްޝަން ހެދުމަކީ ގަވާއިދާ ހިލާފު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 މާރިޗު 2021 | ބުދަ 06:30
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވާހަކަދައްކަވަނީ

ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށާއި، ނަމަވެސް ބައެއް ގެތަކުގައި ކްރޮސް-ކަނެކްޝަން ހަދާ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ކްރޮސް ކަނެކްޝަން ހެދުމަކީ ގަވާއިދާ ހިލާފު ކަމެއް ނަމަވެސް ބައެއް ގެތަކުގައި ކްރޮސް-ކަނެކްޝަން ހަދާފައިވާ މައްސަލަތައް ފެންމަތިވާ ކަމަށެވެ. ޝާހު ވިދާޅުވީ ކްރޮސް-ކަނެކްޝަން ހެދުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ވިދާޅުވީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ވެސް އެއީ ކޮއްގެންވާނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން ދޫކުރާ ފެން ގެތަކުގެ މީޓަރާ ހިސާބަށް ދާއިރު ރައްކާތެރިވާނެ ކަމަށެވެ. ނަމަވެސް ބައެއްފަހަރު އަމިއްލައަށް ބޫސްޓަރ ޕަމްޕުތައް ބޭނުން ކުރުމުގެ ސަބަބުން ބެކް ފްލޯރއެއް ނެޓްވޯކްއަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމުން އެމްޑަބްލިޔުއެސްސީން ދޫކުރާ ބޫސްޓަރ ޕަމްޕު ބޭނުން ކުރުމަށް ޝާހު ވަނީ އިލްތިމާސްކުރައްވާފައެވެ.

ފެން ބިލް ބޮޑުވާ މައްސަލައަށް އަލިއަޅުއްވާލައްވައި ޝާހު ވިދާޅުވީ ފެން އިސްކުރަކުން ނޭނގި ފެން ލީކުވުމާއި ފާހާނާގެ ފެލެޝް ޓޭންކްއަށް ނުހުއްޓި ފެން އެޅުމުގެ ސަބަބުން ވެސް ފެން ބިލް ބޮޑުވާ ކަމަށެވެ. ޝާހު ވިދާޅުވީ ގޭގެ ފެންވައިރުކޮށްފައި ހުންނަ ހޮޅިތަކާއި ފިޓިންގސްތައް އެއީ ކޮލެޓީ ރަނގަޅު އެއްޗިއްސަށްވާންޖެހޭ ކަމަށާއި، އޭގެ ފިޓިންސްތައް ހަދާފައި ހުންނައިރު ޖޮއިންޓްތައް ގުޅުވާފައި ހުންނަނީ ރަނގަޅަށް ތެރެސްލާފަތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ބައެއް ހާލަތުގައި ފެންވައިރު ކުރުމުގެ ތެރޭގައި ލީކެއް ދިމާވުމުގެ ސަބަބުން ވެސް ފެން ބިލް ބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާކަމަށްވާނަމަ އެމްޑަބްލިޔުއެސްސީގެ ސަމާލުކަމަށް އެކަން ގެނެސް، އެގޭގެ މީޓަރެއް ވަގުތީގޮތުން ބަންދުކޮށްލެވޭނެ އިންތިޒާމް ހަމަޖައްސާފައި ދިއުމަށް އެދޭ ކަމަށެވެ. އަދި ބައެއް ހާލަތުގައި ގޭގައި މީހަކު ނެތިސް ފެން އިސްކުރެއް ލުއްސައިގެން ގޮސް އެގެއެއްގައި ފެން ބޮޑުވެ މުދާތައް ހަލާކުވުމާއި ބިލް ބޮޑުވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޝާހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޝާހުއެމްޑަބްލިޔުއެސްސީ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު