Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒުޖެހުން

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ހަމަވާންޖެހޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 މާރިޗު 2021 | ހޯމަ 02:09
ކޮވިޑް-19 ވެކްސިންޖެހުން

ކޮވިޑް-19 ވެކްސިންޖެހުން

މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް ހަމަޖެހިފައިވާ މީހުންނާއި ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހޭނީ ބޭސްފަރުވާއަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 12-8 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތަކަށް ކަމަށެވެ. އަދި އެފަރާތްތައް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ހަމަވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކުން ކޮވިޑް-19ގެ ހޮޓްލައިން 1676 އަށް ގުޅާ ނަންނޯޓުކޮށް މައުލޫމާތު ދޭންޖެހެއެވެ. އަދި vaccine@health.gov.mv އަށް މައުލޫމާތާއެކު އީމެއިލް ކުރުމަށް އެޗްޕީއޭ އިން އެދެއެވެ. ވެކްސިންޖެހުމަށް ނަން ނޯޓުކުރުމުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައި، ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއާއި ތަން އަންގާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ޖަހަންދާއިރު ގެންދަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑު، އައިޑީ ކާޑު، ޓިކެޓް ނުވަތަ ދަތުރަށް ފުރާކަން އެނގޭނެ ލިޔުން، ބޭސް ފަރުވާއަށް ފުރަންޖެހޭކަމުގެ ލިޔުން އަދި ދަރިވަރެއް ނަމަ ޔުނިވަރސިޓީގެ ލިޔުމާއި ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ހިމެނެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މަރޗް 15ގައި މެދުކަނޑާލާފައިވާއިރު، މިހާރު ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ހޯމަ ދުވަހު ވެކްސިން ޖަހަން ފަށާނެކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި ހޯމަ ދުވަހު ޖަހަން ފަށާނީ ޗައިނާގެ ސިނޮފަރމް ކުންފުނިން އުފައްދައި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވެކްސިން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 218،912 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 121،630 މީހުންނާއި އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 97،282 މީހުންނެވެ. މިހާރު ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފަރމް އިން އުފައްދާ ކޮވިޑް ވެކްސިނަށެވެ.

ކޮވިޑް-19 ވެކްސިންއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު