Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން

އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ، ވެކްސިން ޖެހުން ހުއްޓާލި ޤައުމުތަކުން އަލުން ވެކްސިން ޖަހަން ފަށަނީ

އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ޔޫރަޕިއަން މެޑިސިން އޭޖެންސީންވަނީ ކަށަވަރު ކޮށްދީފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 19 މާރިޗު 2021 | ހުކުރު 03:07
އެސްޓްރަޒެނެކާ ވެކްސިން ޖަހާ މަންޒަރު

އެސްޓްރަޒެނެކާ ވެކްސިން ޖަހާ މަންޒަރު

އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ، ވެކްސިން ޖެހުން ހުއްޓާލި ޤައުމުތަކުން އަލުން ވެކްސިން ޖަހަން ފަށަން ނިންމާފައިވާކަން ހާމަކުރަން ފަށައިފިއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ނިންމާފައިވާ މި ނިންމުން ބަދަލުކުރަން ފަށާފައިމިވަނީ، އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ޔޫރަޕިއަން މެޑިސިން އޭޖެންސީ، އީއެމްއޭއިން ކަށަވަރު ކޮށްދިނުމާ ގުޅިގެންނެވެ. އީއެމްއޭއިން އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ވަނީ ޚާއްސަ ދިރާސާތަކެއް ކޮށްފައެވެ. އީއެމްއޭގެ ފާމަކޯވިޖިލެންސް ރިސްކް އެސެސްމަންޓް ކޮމިޓީއިން ކުރި ދިރާސާގެ ހޯދުންތައް ހާމަކޮށް އެ އޭޖެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމުން ލޭގަނޑުވުން ނުވަތަ ބްލަޑް ކްލޮޓް އުފެދޭލެެއް ގިނަވެ ސިއްޙަތައް ނުރައްކާވާކަމަށް ނުދައްކާކަމަށް ބުނެފައެވެ. ޔޫރަޕްގެ ޤައުމުތަކުން މި ވެކްސިން ޖެހި 17 މިލިއަން މީހުންގެ ތެރެއިން 37 މީހެއްގެ ލޭ ގަނޑުވުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، މިކަން އިތުރައް ދިރާސާ ކުރަމުންދާކަމަށް އީއެމްއޭއިން ވަނީ ބުނެފައެވެ. އީއެމްއޭއިން މި ދިރާސާގެ ހޯދުންތައް ހާމަކުރުމުގެ ކުރިންވެސް ވަނީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިންގެ ރައްކާތެރިކަމާމެދު އެއްވެސް ޝައްކެތް ނެތްކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ވެކްސިނުން ކުރާ ސައިޑް އިފެކްޓްސް ކުރީގައި ލަފާކުރި ވަރަށްވުރެ އިތުރުކަމަށް މި އޭޖެންސީން ވަނީ ބުނެފައެވެ.

އީއެމްއޭއިން މިގޮތައް ހާމަކޮށްފައިވާއިރު، އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން ވެސް ވަނީ ބުނެފައެވެ. އެސްޓްރަޒެނެކާ ބޭނުންކުރުމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން މާގްރެޑް ހެރިސްވަނީ އެސްޓްރަޒެނެކާގެ ވެކްސިންއަކީ "ބަރާބަރު" ވެކްސިނެއްކަމަށް ސިފަކުރައްވާފައެވެ.

އަދި މި ވެކްސިންޖެހުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، މި ވެކްސިންޖެހުން ކުރިއަށްގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ. މިހާތަނަށް އައިއިރު އެސްޓްރަޒެނެކާގެ ވެކްސިން ދުނިޔޭގެ އާބާދީގެ 260 މިލިއަން މީހުންނަށް ޖަހާފައިވާއިރު، މި ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާކަން ސާބިތުވެފައިނުވާކަމަށް ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވުމާއެކު، މީގެކުރިން މި ވެކްސިން ޖަހުމާ ދެކޮޅަށް ތިބި ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ނިންމުން ބަދަލުކުރަން ނިންމާފައިވާކަން ހާމަކުރަން ފަށާފައެވެ. އެގޮތުން ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގައި ހުކުރު ދުވަހުން ފެށިގެން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމަށް ހުއްދަދޭން ދެ ޤައުމުގެ ބޮޑު ވަޒީރުން ވަނީ ނިންމާފައެވެ. އަދި ސްޕޭނުން ވަނީ ބުދަ ދުވަހު އެސްޓްރަޒެނެކާގެ ވެކްސިން ޖެހަން ފަށާނެކަން ހާމަކޮށްފައެވެ. އެސްޓްރަޒެނެކާއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާތަކުން އެ ކުންފުނީގެ ވެކްސިންގެ ޔަޤީންކަން ކަށަވަރުކޮށްދިނުމުން އެކަމަށް މަރުޙަބާ ކިޔާފައެވެ.

އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިންގެ އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މިވެކްސިން ޖެހުމަށް، ވެކްސިންގެ ކަންކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލަފާދޭ މާހިރުންގެ ޕެނަލުންވަނީ ލަފާދީފައެވެ. މި ޕެނަލުން ބުނެފައިވަނީ އެސްޓްރަޒެނެކާ ވެކްސިން، އުމުރުން 65 އަހަރުން މަތީގެ މީހުން ވެސް ހިމެނޭގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރުން ރަނގަޅުކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭއިރު ޕެނަލުން ބުނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި ދެވަނަ ޑޯޒް ދޭންވާނެ ކަމަށެވެ. އެސްޓްރަޒެނެކާގެ ވެކްސިނުން ދެކުނު އެފްރިކާގެ ވޭރިއަންޓަށް މަސައްކަތްކުރާ މިންވަރު ދަށްވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕެނަލުން ބުނީ އެސްޓްރަޒެނެކާ ވެކްސިން ދެކުނު އެފްރިކާ ވޭރިއަންޓަށް ބޭނުން ނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މީގެ އިތުރުން މިވެކްސިން ކުޑަކުދިންގެ ގަޔަށް ޖަހަން ރައްކާތެރިތޯބެލުމުގެ އިތުރުން ދިފާއީ ނިޒާމު މަސައްކަތްކުރާ މިންވަރު ބެލުމުގެ ދިރާސާތައް މިހާރު އޮކްސްފޯޑް ޔުނިވާސިޓީން ވަނީ ފަށާފައެވެ. މިދިރާސާތަކުގައި އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން އަސަރުކުރާވަރު ދެނެގަންނައިރު، މިމަސްތެރޭގައި 300 ވޮލަންޓިއަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެކަމަށް އޮކްސްފޯޑުން ބުނެއެވެ.

އެސްޓްރަޒެނެކާ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި ޔޫކޭގެ އިތުރުން ޕާކިސްތާނު، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްގެ އިތުރުން އިންޑިއާއާއި ދިވެހިރާއްޖެ އަދި ސައުތު އެފްރިކާގައި ވަނީ ދީފައެވެ. މީގެ އިތުރުން އަލްޖީރިއާ، ބްރެޒިލް، ޗިލީ އަދި އާރޖެންޓީނާ އާއި މެކްސިކޯ، އެލް ސަލްވަޑޯ އަދި ޑޮމެނިކަން ރިޕަބްލިކާއި މިސްރު، ކުވައިތު، މޮންގޯލިއޯ، މޮރޮކޯ، ނޯރވޭ، ފިލިޕީންސް، ސީޝެލްސް، ދެކުނު ކޮރެއާ އަދި ތައިލޭންޑުންވަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ދީފައެވެ.

އެސްޓްރަޒެނިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
ސީރަމް އިންސްޓިޓިއުޓުން އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން އުފެއްދުން ހުއްޓާލައިފި

ސީރަމް އިންސްޓިޓިއުޓުން އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން އުފެއްދުން ހުއްޓާލައިފި

23 އެޕްރީލު 2022
އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށްނެގިކަމުގެ ހެއްކެއް ނެތް – ރަޝިއާ

އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށްނެގިކަމުގެ ހެއްކެއް ނެތް – ރަޝިއާ

13 އޮކްޓޯބަރު 2021
ރާއްޖެއިން ބަންގްލަދޭޝް އަދި ނޭޕާލަށް އެސްޓްރަޒެނެކާގެ ވެކްސިންގެ ޑޯޒްތައް ހަދިޔާކުރަނީ

ރާއްޖެއިން ބަންގްލަދޭޝް އަދި ނޭޕާލަށް އެސްޓްރަޒެނެކާގެ ވެކްސިންގެ ޑޯޒްތައް ހަދިޔާކުރަނީ

07 އޮކްޓޯބަރު 2021
ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން

ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން

24 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު