Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސްޓްރަޒެނެކާ ވެކްސިން ހުއްޓާލުން

ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލައިފި

ޑެންމާކަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން މި ވެކްސިން ޖެހުން ހުއްޓާލި ފުރަތަމަ ޤައުމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2021 | ބުދަ 19:03
އެސްޓްރަޒެނެކާ ވެކްސިން ރިޕްރެޒެންޓޭޝަނަލް ފޮޓޯ- ޔޫރަޕުގެ ޤައުމުތަކުން މި ވެކްސިން ހުއްޓާލި ފުރަތަމަ ޤައުމަކީ ޑެންމާކް

އެސްޓްރަޒެނެކާ ވެކްސިން ރިޕްރެޒެންޓޭޝަނަލް ފޮޓޯ- ޔޫރަޕުގެ ޤައުމުތަކުން މި ވެކްސިން ހުއްޓާލި ފުރަތަމަ ޤައުމަކީ ޑެންމާކް

ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލައިފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޑެންމާކުން އެގޮތަށް ނިންމާފައިވަނީ ވެކްސިންގެ ސަބަބުން ލޭގަނޑުވުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ބުނެ އުފެދެމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެއާއެކު ޑެންމާކު ވެގެން ގޮސްފައިމިވަނީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން މި ވެކްސިން ޖެހުން ހުއްޓާލި ފުރަތަމަ ޤައުމަށެވެ. އަދި މިކަމުގެ ސަބަބުން އެ ޤައުމުގެ ވެކްސިން ޕްރޮގްރާމަށް ބުރޫއަރާނެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ޑެންމާކުން މި ވެކްސިން ޖެހުން ހުއްޓާލުމަށް ނިންމާފައިވާއިރު، ޔޫރަޕުގެ ބައެއް އެހެން ޤައުމުތަކުންވެސް މީގެ ކުރިން މި މައްސަލަ ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު ބައެއް ޤައުމުތަކުން އަލުން ވެކްސިން ޕްރޮގްރާމް ފަށާފައިވެސް ވެއެވެ. ނަމަވެސް އުމުރުން ދުވަސްވީ އުމުރުފުރާތަކަށް މި ވެކްސިން ޖެހުމާ ގުޅޭގޮތުން އެ ޤައުމުތަކުންވެސް ބައެއް އުސޫލުތައް ހަދާފައިވެއެވެ.

އޭގެ އިތުރުން، އަންގާރަ ދުވަހު އެމެރިކާ، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުންވެސް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އެ ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީވެސް ލޭގަނޑުވުމުގެ މައްސަލަތަކަކާއި ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. ދެކުނު އެފްރިކާއިންވެސް މިވަގުތަށް ޖޯންސަން ވެކްސިން ޖެހުން މެދުކަނޑާލާފައިވާއިރު، އެ ޤައުމުގެ ވޭރިއަންޓާ ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރަނީވެސް ޖޯންސަން ވެކްސިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސްޓްރަޒެނިކާޑެންމާކް

އިތުރަށް ކިޔާލަން

30 އޯގަސްޓު 2025

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

30 އޯގަސްޓު 2025
އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
26 ޖޫން 2024

ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް

26 ޖޫން 2024
ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް
08 ޖޫން 2024

ޑެންމާކްގެ ބޮޑުވަޒީރަށް ހަމަލާ ދީފި

08 ޖޫން 2024
ޑެންމާކްގެ ބޮޑުވަޒީރަށް ހަމަލާ ދީފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
08 ޑިސެމްބަރު 2023

ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި

08 ޑިސެމްބަރު 2023
ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި
27 މާރިޗު 2023

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

27 މާރިޗު 2023
ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި
22 ނޮވެމްބަރު 2022

ރަނގަޅަށް ކުޅެފިނަމަ ޑެންމާކަށް ކޮންމެ ޤައުމެއް ވެސް ބަލި ކުރެވޭނެ: ހުލްމަޑު

22 ނޮވެމްބަރު 2022
ރަނގަޅަށް ކުޅެފިނަމަ ޑެންމާކަށް ކޮންމެ ޤައުމެއް ވެސް ބަލި ކުރެވޭނެ: ހުލްމަޑު
08 ނޮވެމްބަރު 2022

އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!

08 ނޮވެމްބަރު 2022
އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު