Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވުލްވްސް ބަލިކޮށް ލިވަޕޫލް ހަވަނައަށް

15 މާރިޗު 2021 | ހޯމަ 22:38

ތާވަލުގެ ހަވަނައަށް ލިވަޕޫލް ޖެހިލީ 46 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މާރިޗު 2021 | ހޯމަ 22:38
ވުލްވްސް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 1-0 ން

ވުލްވްސް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ވުލްވްސް ބަލިކޮށް، ތާވަލުގެ ހަވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް މި މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ސަޑިއޯ މާނޭ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވުލްވްސްގެ ކުރީގެ ފޯވާޑް ޑިއޯގޯ ޔޮޓާއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އަނިޔާއިން ރަނގަޅު، ކުޅުމުގެ ތެރެއަށް އައިސް ޔޮޓާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ވުލްވްސްގެ އެޑަމާ ޓްރައޮރޭ އާއި ފަބިއޯ ސިލްވާ ފޮނުވާލި ހަމަލާތައް ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ލިވަޕޫލުގެ މުޙައްމަދު ސަލާހު ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން، އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗުގައި ވުލްވްސްއިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން ގާތް ވެފައި ވަނިކޮށް ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމުންނެވެ. ރުއީ ޕެޓްރީޝިއޯގެ ބޮލަށް އަނިޔާވީ އެ ޓީމުގެ ކޯނޯ ކޯޑީގެ ފައިގައި ޖެހިފައެވެ. އެއާއެކު ދަނޑު މަތީގައި ރުއީ ޕެޓްރީޝިއޯއަށް ގިނަ އިރުތަކެއް ވަންދެން ފަރުވާދިންއިރު، އޭނާ ދަނޑުން ބާލާފައިވަނީ އަށިގަނޑުގައެވެ.

މި މެޗުގައި ރުއީ ޕެޓްރީޝިއޯގެ ބޮލަށް ސީރިއަސް އަނިޔާއެއްވިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވުލްވްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލަށްވެސް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. އެގޮތުން ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމާ ގުޅިގެން ކުއްލި އޮޕަރޭޝަނެއްވެސް ކުރަން ޖެހުނެވެ. އަދި އެ އަނިޔާއާ ގުޅިގެން އަދި މިހާތަނަށްވެސް ހިމެނޭޒް ކުޅުމުގެ ތެރެއަށް އަނބުރާ އައިސްފައެއް ނުވެއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ވުލްވްސް އަތުން ލިވަޕޫލް މޮޅުވިއިރު، ތާވަލުގެ ހަވަނައަށް ލިވަޕޫލް ޖެހިލީ ކުޅުނު 29 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލް އަތުން ބަލިވި ވުލްވްސް އޮތީ ތާވަލުގެ 13 ވަނައިގައި 29 މެޗުން 35 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުލިވަޕޫލް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް