Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލޯޓިންގ ސިޓީ

ފަޅު ނުހިއްކާ ބޯހިޔަވަހިކަން ހޯދުމުގެ ހުވަފެނުގައި ކުލަ ޖެހުން: އާންމުން ދިރިއުޅެން ރާއްޖޭގައި ފްލޯޓިންގ ސިޓީއެއް!

ސިޓީގައި ދެ ބުރީގެ ފަސްހާސް ގެ އަޅާނެ، ގެތައް ވިއްކާނީ ބެންކު މެދުވެރިކޮށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2021 | އާދީއްތަ 16:07
ރާއްޖޭގައި އަޅާ ފުރަތަމަ ފްލޯޓިން ސިޓީގެ ޑިޒަައިން ފޮޓޯތައް

ރާއްޖޭގައި އަޅާ ފުރަތަމަ ފްލޯޓިން ސިޓީގެ ޑިޒަައިން ފޮޓޯތައް

އާންމުންނަށް ދިރިއުޅެވޭނެ ރަށެެއް ގޮތަށް ރާއްޖޭގައި އަލަށް ފްލޯޓިން ސިޓީއެއް ގާއިމްކުރަން ނިންމައި އެ މަޝްރޫ އިފްތިތާހުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫ އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. "މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މަޝްރޫއެކެވެ. ނަމަވެސް އޭގެ ފަހުން މިކަން ހުއްޓިފައި އޮތުމަށް ފަހު އަލުން މަޝްރޫގެ މަޝްވަރާތައް ފަށައި ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުގައެވެ.

މި މަޝްރޫއާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ހިއްސާކުރައްވަމުން މި ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓަންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ މި ސިޓީ އަކީ އަތޮޅުތެރޭގެ ރަށެއް ގޮތަށް އާންމުންނަށް ދިރިއުޅެވޭނެ ހެން ސްކޫލާއި، ހޮސްޕިޓަލް ފަދަ ހުރިހާ މުނިސިޕަލް ހިދުމަތެއް ވެސް ލިބޭ ގޮތަށް ހަދާ ސިޓީއެއް ކަމަށެވެ. އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ހަދާ މި ސިޓީގައި އަޅާ ގެތަކަކީ އާންމުންނަށް ވިއްކާނެ ތަންތަން ކަމަށައި، އެތަނުން ބިންތަކުގައި އަމިއްލައަށް ގެ އެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޓީގައި ދެ ބުރީގެ ފަސްހާސް ގެ އަޅަން ނިންމާފައިވާއިރު، ކޮންމެ ގެއެއްގެ ބޮޑުމިނުގައި 900 އަކަފޫޓާއި 1500 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ގެއެއް ވެސް ދެބުރިއަށް ނަގާއިރު މަތީގައި ޓެރަސް ހުންނާނެ ކަމަށާއި، ގެތައް ހުންނާނީ ވޯޓަރ ފްރަންޓަށް ވާގޮތަށް ކަމަށެވެ. ރިޔާޒް ވިދާޅުވީ އެތަނުން ގެތައް ދޫކުރަން ނިންމާފައި ވަނީ ހަމަ އާންމުން މިހާރު ވެސް ގެ ގަންނަ ގޮތަށް ބެންކު މެދުވެރިކޮށް ކަމަށެވެ. އެގޮތުން މޯގޭޖް ކޮށް ލޯނު ޒަރިއްޔާއިން ވެސް ގެ ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ސިޓީގައި ޔޮޓް މެރީނާއެއް އަޅަން ނިންމާފައިވާއިރު އެތާ ކައިރީގައި ފަސް ތަރީގެ ދެ ރިސޯޓު ގާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭރުން އެތަނުގައި ދިރިއުޅޭ ޒުވާނުންނަށްވޒީފާގެ ފުރުސަތު ލިބޭނެ ކަމަށާއި، އެތަންތަނުން ވަޒީފާ ދިނުމުގައި އިސްކަން ދޭނީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެއީ ފްލޯޓިން ސިޓީއެއް ކަމުން އެތަނުގައި ބިން ނުހުންނާނެ ކަމަށެވެ. އެކަމަކު މަގުތައް ހަދާނީ ވެލި އަޅައިގެން ކަމަށާއި، މުޅި ރަށުގައި ވެސް އޮންނާނީ ވެލި ކަމަށް ވިދާޅުވިއެވެ. ދެން އެއް ބްލޮކް އަނެއް ބްލޮކް ދެމެދުގައި މޫދުގައި ދަތުރުކުރެވޭނެ ކަމަށާއި، އެއީ ސިޓީ އަށް އިތުރު ފުރިހަމަކަމަކާއި ހިތްގައިމުކަމެއް ގެނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު މި މަޝްރޫގެ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާއިރު، އޭނާ ވިދާޅުވީ މި މަޝްރޫއަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ފަސް އަހަރާއި އަށް އަހަރުގެ މުއްދަތެއްގެ ތެރޭގައި މުޅި ތަނުގެ މަސައްކަތް ނިމޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ތިން އަހަރު ތެރޭގައި ތަން ބޭނުންކުރެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޖަޒީރާވަންތަކަމާ އެންމެ ގުޅިފައިވާ އެއް ކަމަކީ ރާއްޖޭގެ ފަޅުތައް ކަމަށްވާއިރު، ފަޅުތައް ހަލާކުވިޔަ ނުދީ މިފަދަ ސިޓީތައް ބިނާކުރުމަކީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ވަކިން ހާއްސަކޮށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް މީގެ ކުރިން ވެސް ދައްކަވާފައިވާ ވާހަކައެކެވެ. އެކަމަށް އެތައް ބައެއްގެ ފާޑުކިޔިން އަމާޒުވި ނަމަވެސް މި މަޝްރޫ ކާމިޔާބު ވެެއްޖެ ނަމަ މިއީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްރައީސް މުހައްމަދު ނަޝީދު / ޓްވިޓަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު