Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެފޭތަކުން ޚިދުމަތްދޭ ގަޑި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދިގު ދަންމާލައިފި

14 މާރިޗު 2021 | އާދީއްތަ 07:33

ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނީ ރޭގަނޑު 10:30 އާ ހަމައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 މާރިޗު 2021 | އާދީއްތަ 07:33
މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް

މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދިގު ދަންމާލައިފިއެވެ.

މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޑައިންކުރެވޭ ގަޑިއަށާއި، ޓޭކްއަވޭ އަދި ޑެލިވަރީގެ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރި ކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ބުނެފައެވެ.

އޭރު އެޅި ފިޔަވަޅުގެ ދަށުން މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00ން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30ން ފެށިގެން ހުއްޓައިލުމަށް އެންގި އެންގުން ވަނީ އިތުރު އެއްހަފްތާއަށް ދިގު ދަންމާލާފައެވެ.

މި ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވެއެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިރުއޮއްސި 6:00ން ހެނދުނު 6:00ށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ އިރު، ރޭގަނޑު 11:00ން ފެށިގެން ފަތިހު 4:30ށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ފަށާފައެވެ.

ކެފޭރެސްޓޯރެންޓް

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ފުރަތަމަ ކެފޭ ހުޅުމާލޭގައި ހުޅުވައިފި

15 ސެޕްޓެމްބަރު 2025
ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ފުރަތަމަ ކެފޭ ހުޅުމާލޭގައި ހުޅުވައިފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
20 ޑިސެމްބަރު 2023

އިޝާރާތުގެ ބަހުރުވައާއި މި ރެސްޓޯރަންޓާ އޮތީ ކޮން ގުޅުމެއް؟

20 ޑިސެމްބަރު 2023
އިޝާރާތުގެ ބަހުރުވައާއި މި ރެސްޓޯރަންޓާ އޮތީ ކޮން ގުޅުމެއް؟
05 މާރިޗު 2022

ހުޅުމާލޭގައި ބަރލިން ޑޮނަރ ކެބާބް ރެސްޓޯރެންޓެއް ހުޅުވައިފި

05 މާރިޗު 2022
ހުޅުމާލޭގައި ބަރލިން ޑޮނަރ ކެބާބް ރެސްޓޯރެންޓެއް ހުޅުވައިފި
14 ނޮވެމްބަރު 2021

އިންޑިއާގެ ކެއުންތަކަށް ޚާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

14 ނޮވެމްބަރު 2021
އިންޑިއާގެ ކެއުންތަކަށް ޚާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
14 ސެޕްޓެމްބަރު 2021

ކާބޯތަކެތި ޓެސްޓްކުރުމަށް ލެބޯޓްރީއެއް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ބިލު ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް

14 ސެޕްޓެމްބަރު 2021
ކާބޯތަކެތި ޓެސްޓްކުރުމަށް ލެބޯޓްރީއެއް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ބިލު ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް
07 އޯގަސްޓު 2021

ވެކްސިން ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުގެ ދޮރު ބަންދު!

07 އޯގަސްޓު 2021
ވެކްސިން ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުގެ ދޮރު ބަންދު!
02 އެޕްރީލު 2021

ރޯދަމަހު އިތުރު ލުއިތަކާއެކު ކެފޭ ރެސްޓައުރެންޓް ހުޅުވޭ ގަޑިތަކަށް ބޮޑު ބަދަލެއް!

02 އެޕްރީލު 2021
ރޯދަމަހު އިތުރު ލުއިތަކާއެކު ކެފޭ ރެސްޓައުރެންޓް ހުޅުވޭ ގަޑިތަކަށް ބޮޑު ބަދަލެއް!
01 އެޕްރީލު 2021

ރޭގަނޑު 1 ޖަހަންދެން ކެފޭ ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަަމަޖައްސައިފި

01 އެޕްރީލު 2021
ރޭގަނޑު 1 ޖަހަންދެން ކެފޭ ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަަމަޖައްސައިފި
22 މާރިޗު 2021

ހޮޓާ، ރެސްޓޯރެންޓު ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގެންފި

22 މާރިޗު 2021
ހޮޓާ، ރެސްޓޯރެންޓު ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް