Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ކޮފީ ބީން އެންޑް ޓީ ލީފް

ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ފުރަތަމަ ކެފޭ ހުޅުމާލޭގައި ހުޅުވައިފި

ކޮފީ ބީން އެންޑް ޓީ ލީފް ގެ ފުރަތަމަ ކެފޭ ރާއްޖޭގައި ތައާރަފް ކުރީ ވޯޓަރސްކޭޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް

އަލީ ޝާހީން
އަލީ ޝާހީން | 15 ސެޕްޓެމްބަރު 2025 | ހޯމަ 14:34
ދަ ކޮފީ ބީން އެންޑް ޓީ ލީފް

ދަ ކޮފީ ބީން އެންޑް ޓީ ލީފް

މުޅި ދުނިޔެއަށް މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ ދަ ކޮފީ ބީން އެންޑް ޓީ ލީފް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ކެފޭ އާދިއްތަ ދުވަހު ހުޅުވައިފި އެވެ.

ހުޅުމާލެ ފޭސް 1 ގެ ބީޗް ފްރަންޓުގައި ހުންނަ މި ކެފޭއިން ކޮފީ ބީން އެންޑް ޓީ ލީފް ގެ ޚާއްސަ ބުއިންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ދަ ކޮފީ ބީން އެންޑް ޓީ ލީފް ރާއްޖޭގައި ތައާރަފް ކުރުމަށް މަގުފަހިވެގެން ދިޔައީ ރާއްޖޭގައި ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ވޯޓަރސްކޭޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ.

Advertisement - newsAdvertisement

ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ޕެޕަޓް މިންޔަނާ ވިދާޅުވި ގޮތުގައި ވޯޓާރްސްކޭޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާއެކު ގުޅުމަކީ ދަ ކޮފީ ބީން އެންޑް ޓީ ލީފް އަށް ލިބުނު މުހިންމު މައިލްސްޓޯނެކެވެ. އަދި ވޯޓަރސްކޭޕް އިންވެސްޓްމަންޓް އާއެކުގައި ދިވެހިންނަށް ކަމުދާނެ ހިއްގައިމު ތަނެއް ހެދޭނެކަމުގެ ޔަގީންކަން އޮތް ކަމަށާއި އެ ތަނުގައި ތައްޔާރުކުރާ ބުއިންތަކަކީ ދަ ކޮފީ ބީން އެންޑް ޓީ ލީފް އިން އެތައް އަހަރެއްގެ ތަޖުރިބާ އާއެކު ފުރިހަމަކަން ގެނެސްފައިވާ ބާވަތް ތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މާރކެޓަށް ކޮފީ ބީން އެންޑް ޓީ ލީފް ވަނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް، ކޮފީ ބީން އެންޑް ޓީ ލީފް ގެ މިއީ 28 ވަނަ މަންޒިލް. ވަރަށް އިންޓަރެސްޓިންގ ވާނެ ކަމަށް އުންމީދު މިކުރަނީ އެއީ ރާއްޖެ އަކީ ނިސްބަތުން ކޮފީގެ މާރކެޓް ރަނގަޅު ގައުމެއްވީމަ.
ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ ޕެޕަޓް މިންޔަނާ

ހުޅުމާލެ ފޭސް 1 ގައި ހުޅުވިގެންދިޔަ ދަ ކޮފީ ބީން އެންޑް ޓީ ލީފް ވެގެންދާނީ ވަރަށްވެސް ހިތްގައިމު މަންޒިލަކަށެވެ. މި ބްރޭންޑްގެ ބުއިންތައް ތައްޔާރުކުރަނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ފާމްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ފާމްތަކަކުން ނަގާފައިވާ ޕްރިމިއަމް އިންގްރީޑިއަންޓްސް ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ޕޭސްޓްރީޒް، ސޭންޑްވިޗް، ކޭކު އަދި ބްރައުނީޒް ފަދަ ކާނާވެސް މިތަނުން ލިބެން ހުންނާނެއެވެ. އަދި މުޅިން ހާއްސަ ބުއިމެއްކަމަށްވާ އައިސް ބްލެންޑެޑް ބުއިންތައްވެސް އެތަނުން މިހާރު ލިބެން ހުންނާނެ އެވެ.

ދަ ކޮފީ ބީން އެންޑް ޓީ ލީފް ގެ ލެގަސީ ބިނާ ކުރެވިފައިވަނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަކެތި ސޯސްކުރުމަށް ހާއްސަކޮށްގެންނެވެ. އަދި މި ބްރޭންޑުގެ ސައި ސޯސްކުރުމަށްޓަކައި ސްރީލަންކާ، ޗައިނާ ތައިލަންޑް އަދި ޖަޕާނުގެ ފެމިލީ-އޯންޑް ސްޓޭޓުތަކާއި ގުލިގެން އެތަންތަނުން އެންމެ ރަނގަޅު ސައިފަތް ހޭންޑް ޕިކް އަދި ހޭންޑް ބްލެންޑް ކޮށް ތައްޔާރުކުރުމުން މި ބްރޭންޑުގެ ކޮންމެ ސަޔަކަށް ތާޒާކަމާއި އެކު ވަރަށް ހާއްސަ ސިފަތަކެއް ގެނެސްދެއެވެ.

ދަ ކޮފީ ބީން އެންޑް ޓީ ލީފް އިން ހުޅުވި ފުރަތަމަ ކެފޭ ހުންނާނީ ހުޅުމާލެ ފޭސް 1 ގައި، ހިރުނދު މަގުގެ ލޮޓް 10376 ގައެވެ.

ދަ ކޮފީ ބީން އެންޑް ޓީ ލީފްހުޅުމާލެވޯޓަރސްކޭޕް އިންވެސްޓްމަންޓްޕެޕަޓް މިންޔަނާބީޗް ފްރަންޓްކެފޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު