Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެކްސިން ނުޖަހާ މީހުން

ވެކްސިން ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުގެ ދޮރު ބަންދު!

އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2021 | ހޮނިހިރު 13:14
މި ނިންމުމަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން

މި ނިންމުމަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ހިދުމަތް ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް "ސަރުކާރުގެ އޮފިޝަލަކު" ވިދާޅުވީ ސަރުކާރުން މި ނިންމުމަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މި ނިންމުމާއި ގުޅިގެން ސަރުކާރުން އިތުރު އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ވެކްސިންގެ އެއްވެސް ޑޯޒްއެއް ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ޚިދުމަތް ދިނުން މަނާކުރުމަށް ނިންމާފައިވީނަމަވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޓޭކްއަވޭގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަމުގައި ޔަގީންކުރުމަށް މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ އަނެއްކާވެސް ވެކްސިން ކެމްޕޭނެއް ފަށާފައެވެ. ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް މިހާރު ވެކްސިން ލިބިފައިވާ ކަމަށާއި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ބަލިން ރައްކާތެރިވެ ތިބުމަށް ވީހާވެސް އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެގޮތުން ސްކޫލްތަކުގެ މުވައްޒަފުންނާއި މުޅި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރުމަށް ޚާއްސަ ކެމްޕެއިނެއް, އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ފަށާފައިވާއިރު، ސަރުކާރުގެ ވުޒާރާތަކުގުގައި މަސައްކަތްކުރާ މުވައްޒަފުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވަނީ އަދިވެސް އެންމެ ބޭނުންވާ ވަރަށް މީހުން ވެކްސިން ޖަހަން ނާންނަ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވެކްސިން ޖެހުމުގައި ދަތިވާނަމަ އަދި އިތުރު އެހީ ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ސަރުކާރުން ވަނީ ލުއިތައް ވެސް ދޭން ފަށާފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަންވަރު 1:00 ޖަހަންދެން ހުޅުވައިފައި ބެހެއްޓޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭކެފޭރެސްޓޯރެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ފުރަތަމަ ކެފޭ ހުޅުމާލޭގައި ހުޅުވައިފި

ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ފުރަތަމަ ކެފޭ ހުޅުމާލޭގައި ހުޅުވައިފި

15 ސެޕްޓެމްބަރު 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު