Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގައި ޗެކް ރިޕަބްލިކްގެ އޮފީސް ހުޅުވުން

ގުދުސްގައި ޗެކް ރިޕަބްލިކްގެ އޮފީސް ހުޅުވި މައްސަލަ އަރަބި ލީގުން ކުށްވެރިކޮށްފި

އިސްރާއީލުން ވަނީ 1967 ން ފެށިގެން ގުދުސްގެ އެކި ސަރަހައްދުކަށް ގާނޫނާ ހިލާފަށް ވެރިވެގަނެފަ

އަތޫފް އާތިފް
އަތޫފް އާތިފް | 14 މާރިޗު 2021 | އާދީއްތަ 00:37
ފަލަސްތީނުގެ ގުދުސް، އިސްރާއީލުން ވަނީ ގުދުސްގެ އެކި ސަރަހައްދުތަކަށް ގާނޫނާ ހިލާފަށް ވެރިވެގެންފަ

ފަލަސްތީނުގެ ގުދުސް، އިސްރާއީލުން ވަނީ ގުދުސްގެ އެކި ސަރަހައްދުތަކަށް ގާނޫނާ ހިލާފަށް ވެރިވެގެންފަ

އިސްރާއީލް ސަރުކާރުގެ އެހީއާއެކު ގުދުސްގައި ޗެކް ރިޕަބްލިކްގެ އޮފީސް ހުޅުވި މައްސަލަ ފަލަސްތީނުންނާއި އަރަބި ލީގުން ކުށްވެރި ކޮށްފިއެވެ.

ޗެކް ރިޕަބްލިކުން ގުދުސްގައި އެގައުމުގެ ޑިޕްލޮމެޓް އޮފީހެއް ހުޅުވާފައިވަނީ އިސްރާއީލުން، ކޮވިޑް ވެކްސިންގެ 5،000 ޑޯޒު އެގައުމަށް ހަދިޔާކުރިތާ ހަފްތާއެއް ފަހުންނެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ޗެކް ރިޕަބްލިކްގެ އޮފީހެއް ގުދުސްގައި ހުޅުވުމަށް އިސްރާއީލުން ވަނީ މީގެ ދެމަސް ކުރިން އެގައުމަށް ހުއްދަދީފައެވެ.

ފަލަސްތީނުގެ ހާރިޖިއްޔާއިން ބުނީ ޗެކް ރިޕަބްލިކްގެ އޮފީހެއް ގުދުސްގައި ހުޅުވާފައިވަނީ ފަލަސްތީނުގެ ހުއްދައާ ނުލާ ކަމަށެވެ. އަދި އެއީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް އެގައުމުގެ ހާރިޖިއްޔާއިން ވަނީ ސިފަ ކުރައްވާފައެވެ.

އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް އަހްމަދު އަބްދުލް ޚެއިތް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލް އަދި ޗެކް ރިޕަބްލިކުން ވަނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފުވެފައި ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ގުދުސްއަކީ ފަލަސްތީނު ބިމެއް ކަމަށާއި، އެކަން އިސްރާއީލަށް ބަދަލު ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގުދުސްގެ ބިން އިސްރާއިލުން ހިފައިގެން އުޅޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަރަބި ލީގުން ބަލަމުން އަންނަ ކަމަށް އަހުމަދު އަބްދުލް ޚެއިތް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޗެކް ރިޕަބްލިކްގެ ހަރިޖިއްޔާއިން ބުނީ ގުދުސްގައި އެގައުމުން ހުޅުވި އޮފީހަކީ އެގައުމުގެ އެމްބަސީއެއް ނޫން ކަމަށާއި، އެއީ އިސްރާއީލާއި ޗެކް ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، އިސްރާއީލުގައި ދިރިއުޅޭ ޗެކް ރިޕަބްލިކްގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުޅުވި އޮފީހެއް ކަމަށެވެ.

ގުދުސްއަކީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ "ހިތެވެ". އެކަމަކު އިސްރާއީލުން ވަނީ 1967 ން ފެށިގެން ގުދުސްގެ އެކި ސަރަހައްދުކަށް ގާނޫނާ ހިލާފަށް ވެރިވެގަނެފައެވެ. އެހެންނަމަވެސް މުސްލިމު ގައުމުތަކުން އަންނަނީ އެއީ ފަލަސްތީނުގެ ބިމެއް ކަމަށް ދައުވާ ކުރަމުންނެވެ.  

ފަލަސްތީނުއަރަބި ލީގު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު