Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގައި ދިވެހި ވިޔަފާރިވެރިންގެ ދައުރު

ފަތުރުވެރިކަމުގެ ސިނާއަތްދަނީ ދިވެހިންގެ އަތުން ބީވަމުން، މިކަން ހައްލުކުރަން ޖެހޭ - މިނިސްޓަރ ނަސީމް

10 މާރިޗު 2021 | ބުދަ 14:04

ސިނާއަތުގައި ދިވެހި ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތުތައްވަނީ ކުޑަވާން ފަށާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 މާރިޗު 2021 | ބުދަ 14:04
ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި އިސްދައުރެއް އަދާކުރެއްވި މިހާރުގެ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް

ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި އިސްދައުރެއް އަދާކުރެއްވި މިހާރުގެ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ވިޔަފާރިވެރިން ސެކަންޑްރީ ވިޔަފާރިވެރިންގެ ގޮތުގައި ތިބި ތިބުމަށް ނިމުން ގެންނަން ޖެހޭކަމަށް ރާއްޖޭގެ ފަތުރުވެރިކަން ފެއްޓުމުުގައި އިސްދައުރެއް އަދާކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރ، އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހި ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރަންޔޫބީލް އަހަރުގެ ލޯގޯ ލޯންޗުކުރަން ބޭއްވި ވަރޗުއަލް ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިންގެ އަތުން ބީވެގެންދާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރވަނީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި މަޝްހޫރުވެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތައް އިތުރުވެގެން ދިޔަ ނަމަވެސް، މި ސިނާއަތުގައި ދިވެހި ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތުތައް ކުޑަވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން އައިސްފައި މިވަނީ ވަރަށް ދިގު، ބުރަ ދަތުރަކަށްފަހުކަމަށާއި މިއީ މިސިނާއަތަށް ނުކުތް ފަރާތްތަކުން ވަރަށް ވިސްނައިގެން މިހާހިސާބަށް ގެނެސްފައިވާ ސިނާއަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން މިކަން ހައްލުކުރުމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ ހާއްސަ ސަމާލުކަމެއް ދޭންވާނެކަމަށާއި މިސިނާއަތުގައި ދިވެހި ވިޔަފާރިވެރިން ތިބެންޖެހޭނީ އެންމެ ކުރީސަފުގައިކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ހިއްސާ ދިވެހިންނަށް ލިބޭނެ ގޮތް މަގުފަހިކޮށްދެވޭނެ ގޮތެއް ވިސްނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދިވެހި ސަރުކާރުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި ވިޔަފާރިވެރިންނަށް އަމިއްލައަށް މިމަސައްކަތުގައި ކުރިއަށް ދިއުމުގެ ފުރުސަތުދިނުން ކަމަށް މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު، ރަން އަހަރު ފުރިހަމަ ވެގެންދާނީ މިނިސްޓަރ ނަސީމް ފަހާގަކުރެއްވިހެން ފަތުރުވެރިކަމުގައި ދިވެހިންގެ ރޯލް އިތުރުކުރެވިގެން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަތުރުވެރިކަމުގެ ސިޔާސަތުގައި އޮތީ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށްހެދުންކަމަށާއި މިފަދަ ވެރިންނަށް ދިވެހިންވާނީ ރާއްޖޭގެ އަލްޓްރާ ލަގްޒަރީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކުގެ ހިއްސާ ދިވެހިންގެ އަތުގައި އޮވެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެރިންނަށްވެ ސިނާއަތުގައި ވަޒީފާ އަދާކުރާ ވެރިންނަކީވެސް ދިވެހިންނަށް ވެގެންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އެހެންކަމުން މިއަމާޒަށް ވާސިލްވުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން އަދާކުރާހިތްވާ ބޮޑެތި ވަޒީފާތަކަށް ދިވެހިން ގެންދިއުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް