Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގެ ރަންޔޫބީލް

ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ ލޯންޗުކޮށްފި

10 މާރިޗު 2021 | ބުދަ 10:27

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ ލޯންޗުކޮށްދެެއްވީ މުހައްމަދު އުމަރު މަނިކު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 މާރިޗު 2021 | ބުދަ 10:27
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުގެ ލޯގޯ

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުގެ ލޯގޯ

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ވާ ތައްޔާރީތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ރަންޔޫބީލް، ރަން އަހަރުގެ ގޮތުގައި ބްރޭންޑްކޮށް، ޕްރޮމޯޓް ކުރުމަށް ރަންޔޫބީލް އަހަރަށް ހާއްސަކޮށްގެން ފަރުވާ ކުރެވުނު ލޯގޯ އިފްތިތާހުކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުގެ ލޯގޯ އިފްތިތާހްކޮށްދެއްވީ އެކަމަށް ހާއްސަކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބޭއްވި ހާއްސަ ވަރޗުއަލް ހަފްލާއެއްގައި، ރާއްޖޭގެ ފަތުރުވެރިކަން ފެއްޓުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން (މަޓީ) އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކެވެ.

ލޯގޯ އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން އުމަރު މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ ވަރަށް ކުޑަކުޑަ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ރީތިކަން ދެކިލަން ބޭނުންވާ ފަތުރުވެރިން ރާއްޖެ އަންނަން ފަށައި، 50 އަހަރު ވެގެންދާއިރު، އަދިވެސް އެރީތިކަން އެގޮތުގައި ދެމި އެބައޮތްކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.

މަޓީގެ ޗެއަރމަން އުމަރު މަނިކު ވަނީ އެންމެ ފުރަތަމަ ފެށިގެން އައިސް، މިހާ ހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށާއި، ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަން ފާހަގަކުރައްވާފައެވެ.

މި ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި ހަރަކާތްތެރިވި އަދި މަޓީގެ ވައިސް ޗެއަރމަން ހުސައިން އަފީފްގެ އިތުރުން ރާއްޖެއަށް އައި އެންމެ ފަތުރުވެރިން ގެނައުމުގައި ހަރަކާތްތެރިވި މިހާރުގެ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމްގެ އިތުރުން ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް ޓޫރިޒަމް އަހްމަދު މުޖްތަބާ އާއި މިހާރުގެ މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބުދަ ދުވަހު ލޯންޗުކުރެވިގެން މިދިޔަ ރަންޔޫބީލްގެ ލޯގޯ އަކީ ރާއްޖޭގެ ސަގާފަތާއި ދިވެހިވަންތައްކަން ދައްކައިދޭނެ ލޯގޯއެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް