Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީރާގެ ހާއްސަ ޕްރޮގްރާމެއް

މީރާއިން "އިންކަމް ޓެކްސް އެވެއަރނަސް ޕްރޮގްރާމް" ކުރިއަށް ގެންދަނީ

9 މާރިޗު 2021 | އަންގާރަ 10:17

ޕްރޮގްރާމް ކުރިޔަށް ގެންދާނީ އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މާރިޗު 2021 | އަންގާރަ 10:17
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދާ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދާ ގޮތް

އާމްދަނީން ނަގާ ޓެކުހަށް އަހުލުވެރިކުރުވުމުގެ ގޮތުން "އިންކަމް ޓެކްސް އެވެއަރނަސް ޕްރޮގްރާމް" ގެ ނަމުގައި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

މީރާއިން ބުނީ މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ވިޔަފާރިތަކާއި، ސްކޫލްތަކަށާއި އާމްދަނީލިބޭ އެންމެހައި ފަރާތްތަކަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަރޗް މަހުން ފެށިގެން މޭ މަހުގެ ނިޔަލަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާތީވެ، މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް މީރާއިން ބުނެއެވެ. ނަމަވެސް، ކޮވިޑް-19 ގެ ޙާލަތަށް ބަލައި، މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެއެވެ.

އިންކަމް ޓެކްސް އެވެއަރނަސް ސެޝަންތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައިގެން ނުވަތަ މީރާގެ އީމެއިލް mira.gov.mv@1415 އަށް އީމެއިލްކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނަން ނޯޓްކުރުމުގެ ފުރުސަތު މީރާއިން ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ފާއިތުވި އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މަރޗް މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ހާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދަން މީރާ އިން ވަނީ ނިންމާފައެވެ. ކޮވިޑް-19ގެ ސަބަބުން މި ޕްރޮގްރާމްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް މީރާއިން ބުނެއެވެ.

ފާއިތުވި އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިހްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2020 ވަނަ އަހަރަށް އެފަރާތުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، އެ ފުރުސަތު މީރާއިން ވަނީ ހުޅުވާލާފައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މީރާ އިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު، މީރާއިން ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:15ން މެންދުރުފަހު 12:00ށެވެ. މިހާރު އަމަލު ކުރަމުންދާ ގޮތަށް މީރާގެ ސަރވިސް ސެންޓަރުތަކުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއު-ބީ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ 3020460 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން ވީހާވެސް ގިނަ ފަރާތްތަކުން އެމަގު އިޚްތިޔާރުކުރަން މީރާއިން އިލްތިމާސްކުރެއެވެ.

މީރާމޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
04 އޯގަސްޓު 2025

މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް

04 އޯގަސްޓު 2025
މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް
13 ޖުލައި 2025

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
12 ޖުލައި 2025

މުދަލު ޒަކާތް ދައްކަމުންދާ މިންވަރު ދެގުނަ އިތުރުވެއްޖެ

12 ޖުލައި 2025
މުދަލު ޒަކާތް ދައްކަމުންދާ މިންވަރު ދެގުނަ އިތުރުވެއްޖެ
04 އޮކްޓޯބަރު 2024

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

04 އޮކްޓޯބަރު 2024
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް