Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނީގެ މައްސަލަ ހައްލުކުރުން

ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ކާށިދޫއާއި ތުލުސްދޫގެ މަލަމަތި ބަދަލުކޮށްލައިފި

7 މާރިޗު 2021 | އާދީއްތަ 03:03

14 ދުވަސް ތެރޭގައި ކ. ތުލުސްދޫއިން 2800 ޓަނުގެ ކުނި ވަނީ ސާފުކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 މާރިޗު 2021 | އާދީއްތަ 03:03
ތުލުސްދޫ ކުނިގޮނޑު ސާފުކޮށްފައިވާ މަންޒަރު

ތުލުސްދޫ ކުނިގޮނޑު ސާފުކޮށްފައިވާ މަންޒަރު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އިން ކުރިއަށްގެންދާ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ އަތޮޅު ކާށިދޫއާއި ތުލުސްދޫގެ މަލަމަތި ބަދަލުކޮއްލައިފިއެވެ.

އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތް މިހާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވެމްކޯގެ ޓުވިޓަރ މެދުވެރިކޮށް ދަނީ ހާމަކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިރު މާލެ އަތޮޅު ކާށިދޫއާއި ތުލުސްދޫގައި މި މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ. ވެމްކޯއިން ބުނިގޮތުގައި މަސައްކަތް ފެށިތާ 14 ދުވަސް ތެރޭގައި ކ. ތުލުސްދޫއިން 2800 ޓަނުގެ ކުނި ސާފުކޮށްފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން ތުލުސްދޫ ކުނިގޮނޑާއި ކަރި ސަރަހައްދުތަކުގައި ޤަވައިދާ ޚިލާފަށް އުކާލާފައިހުރި ކުނިތައް ވަނީ ސާފުކޮށްފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެމްކޯއިން މިވަގުތު ކުރިޔަށްގެންދާ ރަށްތަކުގެ ކުނި ގޮނޑު ސާފުކުރުމުގެ ޕްރްޖެކްޓްގެ ދަށުން، ކ. ކާށިދޫގައި ގިނަ ދުވަސްވަންދެން ޖަމާވެފައިވާ ކުނި ސާފުކުރުމުގެ އަމަލީ މަސައްކަތް މާރޗް 3 ވަނަ ދުވަހު ފަށާފައިވާއިރު، އެ ރަށު ކުނިގޮނޑުގެ ބޮޑުބައެއް ވަނީ ސާފުކޮށްފައިވެއެވެ. މި ދެ ރަށުގެވެސް ގިނަ އަދަދެއްގެ ކުނި ސާފުކޮށްފައިވާއިރު، ދެ ރަށުންވެސް މީގެ ކުރިން ފެނުނު ކުނީގެ އުސް ފަރުބަދަތައް ނެތި އެ ސަރަހައްދުތައް ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ. މިކަމުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާކަމަށް ކާށިދޫއާއި ތުލުސްދޫ ކައުންސިލުން ރާއްޖެ އެމްވީއަށް މަޢުލޫމާތު ދިނެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ކުނީގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް އެކައުންސިލުތަކުން ވަނީ ބުނެފައެވެ.

އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކޮށްފައިވަނީ މާރޗް 1 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މީގެ ކުރިންވެސް ވެމްކޯއިން ވަނީ ގިނަ ރަށްރަށެއްގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. އެގޮތުން ލ. ފޮނަދޫ ކުނި ސާފުކުރުމުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް ނިންމާލާފައިވާއިރު، މި ރަށުން އެކަނިވެސް 4000 ޓަނުގެ ކުނި ސާފުކުރަންޖެހޭކަމަށް ވެމްކޯއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އެހެން ރަށްރަށުގައި ކުރިއަށްގެންދާ އުސޫލުން އެރަށުންވެސް ކުނި ބޭރުކުރާނީ ކުނި ގޮނޑު ފުރާނާއިގެން ކުނީގެ ގޮތުގައި ހިމެނޭ ބައިކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން އެންމެ ބޮޑު އެއް ދައްޗަކީ އެތައް ޒަމާނެއްވީ ކުނި ސެގްރިގޭޓް ކުރެވި، ވަކިވެފައި ނެތުމުގެ ސަބަބުން ކުނި ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތްކަމަށެވެ. މިގޮތަށް ނަގާ ކުނީގެ ތެރެއިން ކުނިތައް ވަކިކޮށް ރަށުގައި ނައްތާލެވޭ ކުނި ރަށުގައި މެނޭޖްކުރަމުން އަންނަކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގެ މައި ހަބު, ކުޅުދުއްފުށި ސިޓީގެ ކުނި ކޮށިން މިހާތަނަށް 400 ޓަނުގެ ކުނި ހުސްކޮށް ނިމިފައިވާކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ. ވެމްކޯއިން ބުނިގޮތުގައި ފޮނަދޫގައި ހުރި ކުނީގެ ތެރޭގައި ނިސްބަތުން ގިނައިން ކުނި ކުރީ ވެލި ގިނަވުންކަމަށެވެ. ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވަނީ، ފެބުރުއަރީ 7 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ ކުޅުދުއްފުށީ ކުނިކޮށީގައި 92000 ޓަނުގެ ކުނި ހުސްކުރަން ޖެހޭކަމަށް ވެމްކޯއިން ބުނެއެވެ. މިމަޝްރޫޢުގެ ދަށުން ކ.ގުރައިދޫއިން 1200 ޓަނުގެ ކުނި 5 ދުވަހުގެ ތެރޭގައި ވެމްކޯއިން ވަނީ ބޭރުކޮށް އެރަށުގައި އޮތް ކުނިގޮނޑު ހުސްކޮށްދީފައެވެ. އަދި ފުވައްމުލައް ސިޓީގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތްވެސް ވެމްކޯއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެ ސިޓީއިން 450 ޓަނުގެ ކުނި ވަނީ ސާފުކޮށްފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއްނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫޢު މިހާރު ވެމްކޯއާއި ޙަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަންދެއްވުމަށްވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކާ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ޚަރަދުބޮޑު ކަމެއް ނަމަވެސް މަސައްކަތްކުރަމުން އަންނަނީ އެއަމާޒަށްކަމަށް ސަރުކާރުން ބުނެއެވެ.

ވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
28 ޖެނުއަރީ 2025

ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި

28 ޖެނުއަރީ 2025
ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް