Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެމްގައި ހިނގި ހިތާމަވެރި ދެ ހާދިސާ

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެމްޕީއެލް ސަރަހައްދުގައި ހިނގި މަރުގެ ދެ ހާދިސާގެ ތަހުގީގު ނިންމައިފިން: އެމްޕީއެލް

ޖެނުއަރީ 7 ވަނަ ދުވަހުގެ ރޭ ބިއްލޫރި ޕެލެޓް ވެއްޓި ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ނ. ލަންދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޢަބްދުﷲ އާސިމް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ފެބުރުއަރީ 2021 | ބުދަ 10:18
އެމްޕީއެލް: މުދާ ކްލިއަރ ކުރަން އުޅުމުގެ ތެރޭގައި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މަރުގެ ދެ ހާދިސާ ހިނގާފައިވޭ

އެމްޕީއެލް: މުދާ ކްލިއަރ ކުރަން އުޅުމުގެ ތެރޭގައި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މަރުގެ ދެ ހާދިސާ ހިނގާފައިވޭ

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުދާ ކްލިއަރ ކުރާ ސަރަހައްދުގައި ހިނގާދިޔަ މަރުގެ ދެ ހާދިސާއާ ގުޅިގެން އެމްޕީއެލުން ހިންގާ ތަހުގީގު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބުދަ ދުވަހު، އެމްޕީއެލްގައި ހިންގަން ފެށި، "ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް" ފައްޓަވައި ދެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެމްޕީއެލްގެ މުދާ ކްލިއަރިންގ ސަރަހައްދުގައި ވަރަށް ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވާކަމަށާއި، މަރުގެ އެ ދެ ހާދިސާއާ ގުޅިގެން އެކުންފުނިން ވެސް އިންޓަރނަލް ތަހުގީގެއް ހިންގާފައިވާ ކަމަށާއި އަދި އެތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް ޝާހިދު ވިދާޅުވީ، އެ ދެ ހާދިސާގެ ތަހުގީގު ފުލުހުންގެ އިދާރާއިން ވެސް ކުރަމުންދާތީ، އެ ދެ ހާދިސާގެ އިތުރު ތަފްސީލް މިވަގުތު ދެވެންނެތް ކަމަށެވެ.

Advertisement - newsAdvertisement

އެމްޕީއެލްގެ ސަރަހައްދުގައި މިދިއަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރޭ ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ތާށިވެގެން ހިތާމަވެރި ހާދިސާއެއް ހިނގާފައިވެއެވެ. ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވެގެން ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް ނ. ލަންދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޢަބްދުﷲ އާސިމަށް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

އޭގެފަހުން، މި ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ދަންވަރު އެމްޕީއެލްގެ މުދާ ކްލިއަރ ކުރާ ސަރަހައްދުން ކާޕެޓްތަކެއް ލޯޑުކުރަން އުޅުމުގެ ތެރޭގައި ކެރޭނުން ކެނޑި، މީހެއްގެ ގައިމައްޗަށް ވެއްޓިފައިވެއެވެ. މިހާދިސާގައި ބޮޑެތި އަނިޔާތަކެއްވެ، ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ހދ. ނޮޅިވަރަން، ނައިޓް ޑްރީމް، އިމްރާން އަލީ، (28އ) އެވެ. އޭނާ ނިޔާވެފައިވަނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިއުމަށް ފަހު، އިތުރު ފަރުވާއަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އެ ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާރޕެޓް ރޯލު ވެއްޓުނު މައްސަލަ އެވަގުތުން ފެށިގެން ތަހުގީގުކުރަން ފެށި ކަމަށާއި އަދި ތަހުގީގު ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރަން ނިންމި ކަމަށެވެ. އަދި މައްސަލަ ބަލާ ނިމުމުން އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ދެ ހިތާމަވެރި ހާދިސާއަށްފަހު، އެމްޕީއެލުން ވަނީ، އެމްޕީއެލް ސަރަހައްދަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރަން އަންނަ ކުންފުނިތަކުގެ މުވައްޒަފުންނާއި މުދާ ކްލިއަރ ކުރާ ގްރޫޕްތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން "ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"އެއް ހިންގަން ފަށާފައެވެ. އެމްޕީއެލުން ބުނެފައިވަނީ، ދެން އެމްޕީއެލް ސަރަހައްދުގައި މުދާ ކްލިއަރ ކުރަން އަންނަ މަސައްކަތްތެރީންނަށް ފާސް ދޫކުރެވޭނީ، އެ ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު