Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެނދިކުޅުދޫ މަސް ޕްރޮސެސިން ޕްލާންޓް މަޝްރޫއު

ކެނދިކުޅުދޫގައި 7.6 މިލިއަން ރުފިޔާގެ މަސް ޕްރޮސެސިން ޕްލާންޓެއް

24 ފެބުރުއަރީ 2021 | ބުދަ 07:19

މަޝްރޫއުގެ ދަށުން 10 ޓަނުގެ މަސް ސްޓޮކް ކުރެވޭނެ ފިނި ކޮޓަރިއެއް ހުންނާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ފެބުރުއަރީ 2021 | ބުދަ 07:19
ކެނދިކުޅުދޫގައި މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ

ކެނދިކުޅުދޫގައި މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރު މި މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އިންޑިއާގެ ގްރާންޓް އެހީގެ 7.6 މިލިއަން ރުފިޔާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އިމްޕްލިމެންޓިން އޭޖެންސީއަކީ ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާއެވެ.

މި މަޝްރޫއުގެ ދަށުން ނ. ކެނދިކުޅުދޫގައި ކަންނެލި އަދި އެހެނިހެން މަސް ގަނެ، ޕްރޮސެސްކުރުމަށް ގާބިލު، އަދި ކުޑަ-ސްކޭލްގެ ގޭދޮށު މަސް ޕްލާންޓެއް ގާއިމްކުރެވޭނެއެވެ. މި ޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކެޕޭސިޓީގެ އިތުރުން، 10 ޓަނުގެ މަސް ސްޓޮކް ކުރެވޭނެ ފިނި ކޮޓަރިއެއް ހުންނާނެއެވެ. އަދި މި ޕްލާންޓްގައި އެކި ކަހަލަ މަސްކިރާ، ކަނޑައި، ސާފުކޮށް، ފިނިކޮށް، ވެކިއުމްކޮށް ބަންދުކޮށް، ކޮލިޓީ ޓެސްޓުކޮށް ޕްރޮސެސް ކުރުމަށް ބޭނުންވާ ފުރިހަމަ އާލާތްތައް ހުންނާނެއެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ސަބަބުން ދިވެހި މަސްވެރިންނަށް ހެޔޮ އަގުގައި ހިދުމަތްތައް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މަހުގެ އުފެއްދުންތަކުގެ ޕޯޓްފޯލިއޯ އަދި ވެލިއު އިތުރުވެ، މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭ އަދަދު އިތުރުވެ، ޕްލާންޓް ގާއިމު ކުރެވޭ ރަށާއި ކައިރީގައި ހުންނަ އެހެން ރަށްތަކުގެ ވެސް އިގްތިސާދު ވަރުގަދަވެގެން ދާނެކަމަށް ބެލެވެއެވެ. އަދި މިއީ ކަންނެލި މަހުގެ މާކެޓްގެ ޕްރޮސެސިންއަށް ދިމާވެފައިވާ ކެޕޭސިޓީގެ ދަތިކަން ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ވެސް މުހިންމު މަޝްރޫއުއެކެވެ.

ނ. ކެނދިކުޅުދޫގެ މި މަޝްރޫއު އަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 200 މިލިއަން ރުފިޔާ (12.5 މިލިއަން ޑޮލަރު)ގެ ދަށުން އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކުދި އަދި މެދު ފަންތީގެ 30 ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ)ތަކުގެ ތެރެއިން އެއް މަޝްރޫއުއެވެ.

އެޗް.އައި.ސީ.ޑީ.ޕީ ތަކަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ތަރައްގީގެ ޑައިނެމިކް ގުޅުމުގެ މުހިންމު އެއް ތަނބެވެ. މި ޕްރޮޖެކްޓްތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލްކައުންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް