Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
އިދިކޮޅު ކޯލިޝަނުން އިންޑިޔާގެ އެހީއަށް އެދުން

ގޮވަނީ އިންޑިޔާ "އައުޓް"، އެކަމަކު އެދުމަކީ އިންޑިޔާ "އިން"

ޕީޕީއެމްގެ ވަފްދެއް އިންޑިޔާގެ ޚާރިޖީވަޒީރާއި ބައްދަލުކުރި

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2021 | އާދީއްތަ 18:03
އިދިކޮޅު ކޯލިޝަނުގެ ލީޑަރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ އަރިހުގައި

އިދިކޮޅު ކޯލިޝަނުގެ ލީޑަރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ އަރިހުގައި

މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގައި މިއަދު ވަރަށް ވަރުގަދަ ބައްދަލުވުމެއް ބޭއްވުނެވެ. މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ޚާރިޖީވަޒީރު ޑރ ސުބްރަމަންޔަމް ޖައިޝަންކަރާއި ޕީޕީއެމް-ޕީއެންސީގެ ޚާއްސަ ވަފްދެއްގެ ބައްދަލުކުރެއްވުމެކެވެ. މިކަން އޮތީ މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައެވެ.  ޕީޕީއެމް-ޕީއެންސީގެ ވަފްދުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ. 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނާއިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާނު މައުމޫނާއި ކުރީގެ ވަޒީރުން ކަމަށްވާ މުހައްމަދު ސައީދާއި އާދަމް ޝަރީފު އުމަރާއި މުހައްމަދު ހުސައިން ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މި ވަފްދުގައި ހިމެނިވަޑައިގެންނެވިއިރު އެބޭފުޅުންވެސް ތިއްބެވީ އަބްދުއްރަހީމުގެ ފަހަތުގައެވެ. ބައްދަލުވުމަށްފަހު ދެކެވުނު ވާހަކަތަކާއި ބަދަލުކުރެވުނު މައުލޫމާތު ހާމަކުރުމުގެ ގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ފަރާތުން ނޫސް ބަޔާނެއް ނެރުނެވެ. އެބަޔާން ކިޔައިފައި ވަރަށް ބޮޑަށް ހައިރާންވާން ޖެހުނެވެ. ވަފްދުގެ ބޭފުޅުންގެ ކަންބޮޑުވުން ހުރި ދާއިރާތައް ފެނިފައެވެ. އެދިވަޑައިގެންނެވި ކަންކަމުގެ ބާވަތުންނެވެ. 

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ލިޔެފައި އޮތެވެ. ދިވެހި ސަރުކާރުގެ އަތްދަށުން ވޭތުވެދިޔަ ފަނަރަ މަސް ދުވަހު އަނިޔާ ލިބެމުންދާ ރައީސް ޔާމީނުގެ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެވި ނުހައްގުން ޖަލަށް ލައިގެން މިސަރުކާރުން ކަން ކުރަމުންދާ ގޮތުގެ މައުލޫމާތު އިންޑިޔާގެ ޚާރިޖީ ވަޒީރަށް އެރުވީމެވެ. ދިވެހިރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިއްމު ކަމެއްކަން ޔަގީންވާ ކަމުގައިވެސް ދެންނެވީމެވެ. މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި ޑިމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމަށް ވެސް އެދި ދެންނެވީމެވެ. މިވާހަކަތައް އަޑު އައްސަވައިފައި އިންޑިޔާގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ. އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަމާލުކަންދޭނެ ޒިންމާދާރު އަވަށްޓެރިއެކެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަން ދެއްވާނަމެވެ.   

އިދިކޮޅު ކޯލިޝަނުގެ މުޒާހަރާތަކާއި އެއްވުންތަކުން ފަހަކަށް އައިސް އެންމެ ގިނައިން އިވޭ އަޑަކީ ދިވެހިރާއްޖެއިން އިންޑިޔާ ބޭރުވާށޭއެވެ. އިންޑިޔާ އައުޓެވެ. އިންޑިޔާ ސިފައިން މިރާއްޖޭގައި ތިބޭ ވާހަކަޔާއި އެ އުދުއްސާ ހެލިކޮޕްޓަރުން ރާއްޖޭގެ ސިޔާދަތަށް ފޯރާ ގެއްލުންތަކުގެ ވާހަކައެވެ. އިންޑިޔާގެ އެހީގައި ހިންގާ އަދި ހިންގާން އުޅޭ ކޮންމެ މަޝްރޫއަކީ ދިވެހީންގެ ކަރަށް ވައްޓާލެވޭ މަޅިއެއްކަމުގެ ވާހަކައެވެ. އެކަމަކު މީން އެއްވެސް ވާހަކައެއް އަދި މިޒާތުގެ އެއްވެސް ޝިކާޔަތެއް ޑރ ޖައިޝަންކަރަށް އިއްވާކަށް ވަފްދުގެ ބޭފުޅުންނަށް ކެރިވަޑައެއް ނުގެންނެވިއެވެ. ބަދަލުގައި އެބޭފުޅުން އިންޑިޔާއަށް ކުރެއްވީ ތައުރީފެވެ. 

މިގޮތަށް ތައުރީފު ކުރައްވަކުރައްވާފައި ދެން އެދިވަޑައިގެންނެވީ މާވަރުގަދަ ކަމަކަށެވެ. ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާއިބެހި ގޮތްކިޔައި އުޅެން އިންޑިޔާއަށް ދައުވަތު ދެއްވީއެވެ. މަގުމަތީގައި ކުރާ މުޒާހަރާގައި އަޑަށް ބާރު ލައްވައިފައި ވިދާޅުވަނީ އިންޑިޔާ ބޭރުވާށޭ މިހެންނެވެ. އެކަމަކު ޑރ ޖައިޝަންކަރުގެ އަރިހުގައި އެދިވަޑައިގެންނެވީ އިންޑިޔާ އަންނާށޭ އެތެރެވާށޭ ކަންކަމާވެސް ބެހޭށޭ މިހެންނެވެ. ދިވެހިރާއްޖޭގެ ކަންކަމަށް އުނދުޅި ބާނައި ގޮތްކިޔައި އުޅޭން އިންޑިޔާއަށް މިވަފްދުގެ ބޭފުޅުން ދައުވަތު ދެއްވިއިރު ރައީސް ޔާމީނުގެ ދައުރުގައި ނުހައްގުން ޖަލަށް ލެވުނު މީހުން މިނިވަންކޮށް ރައްޔިތުންގެ ހައްގުތަކަށް ރައްކައުތެރިވާށޭ ބުނީމާ ޔާމީނުގެ ސަރުކާރުން އިންޑިޔާއަށް ދިނީ ކޮން ޖަވާބެއް ބާވައެވެ. ބުންޏެވެ. ކަލޭމެންނާއި ބެހޭ ކަމެއްވެސް ނޫނެވެ. ހިމޭނުން ތިބެހެރެވެ. ދާޚިލީ ކަންކަމާއި ބެހެންޏާ ގުޅުމަށް އަސަރުކުރާނޭކަން ދަންނާށެވެ. މިޖަވާބު ދީފައި އިންޑިޔާއަށްވެސް ފުރަގަސްދިނީއެވެ. 

ކޮމަންވެލްތު ޖަމާއަތުން ރައީސް ޔާމީނަށް ނަސޭހަތުގެ ބަސްތައް އިއްވާން ފެށީމާ ސަރުކާރުން ބުންޏެވެ. ހީކުރާގޮތް ދޮތައެވެ. ނުވެސް އަހާނަމެވެ. މިހެން ބުނެފައި އެ ޖަމާއަތުންވެސް އަމިއްލަޔަށް ބޭރުވެގަތީއެވެ. އަމަލާއި ބަހުން މިނަމޫނާ ދައްކާފައިވާ ބަޔަކު މިހާރު މިސަރުކާރަށް ނަސޭހަތްދޭށޭ ޒިންމާދާރު ކުރުވާށޭ ހެޔޮނުވާނޭ ކިޔާން ފެށުމަކީ ހެއްވާކަންވެސް ކުޑަ ކަމެއް ނޫނެވެ. ރައީސް ޔާމީނަށް އިއްވިފައިވަނީ ޝަރުއީ ހުކުމެކެވެ. ދަންވަރު ގަޑީގައި ފުރާޅުން ޓިނު ނައްޓައިގެން ވަދެ ބިންމަތީގައި ދަމައިކޫއްތާފައި ޖަލަށް ގެންދިޔައީއެއް ނޫނެވެ. ސަރިޔަތުން އިއްވާފައިވާ ހުކުމެކެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް އެއަށްވުރެ މަތީ ކޯޓަކުން ވަނީ ތާއީދުވެސްކޮށް ހުކުމް ދަމަހައްޓައިފައެވެ. އެހެންވީމާ ނުހައްގުން ކުރި ކަމެކޭ ބުނަން ޖާގައެއް ނެތެވެ. ރައީސް ޔާމީނުގެ ދައުރުގައި ޖަލަށްލައި ގައުމުން ފައްސާލައި އަނިޔާދިން މީސްމީހުންގެ އާއިލާތަކާއި ބައްދަލުކޮށް އެމީހުންގެ އިހުސާސްތައްވެސް އޮޅުންފިލުވުމުގެ ހިތްވަރު މިބޭފުޅުންގެ ކިބައިގައި ހުރިނަމަ ހާދަހާވާ ރަގަޅޭ ހިތަށް އަރައެވެ.  

ކޮންމެއަކަސް ޕީޕީއެމް-ޕީއެންސީގެ ޝިކާޔަތާއި އެދުންތައް އަޑު އައްސަވައިފައި ޑރ ޖައިޝަންކަރު ދެއްވާފައިވަނީ ވަރަށްވެސް ފުރިހަމަ ޖަވާބެކެވެ. އިންޑިޔާއަކީ ޒިންމާދާރު އަވަށްޓެރިއެކެވެ. އެހެންވީމާ ކަންކުރާނީ ކުރާން ހުއްދަ އުސޫލުންނެވެ. އެންގޭޖުވާނީ އިހުތިރާމާއެކުގައެވެ. އެވިދާޅުވާ އެއްޗެއްގެ މާނަޔަކީ ކޮބައިކަން އެ ވަފްދުގައި ތިއްބެވި ގިނަ ބޭފުޅުންނަށް މޭރުންވެވަޑައިގަންނަވާނެއެވެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

21 އޯގަސްޓު 2021

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު