Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންހުއި އެވޯޑް ފޮރ އެޑިޔުކޭޝަނަލް އިނޮވޭޝަން

ޓެލިކިލާސްއަށް އޭޝިޔާ ސަރަހައްދުގެ އެވޯޑެއް ލިބިއްޖެ

21 ފެބުރުއަރީ 2021 | އާދީއްތަ 14:57

މިއީ ރާއްޖެއިން މި އެވޯޑް ހާސިލް ކުރި ފުރަތަމަ ފަހަރު

އަމްނާ އިމާދު
އަމްނާ އިމާދު | 21 ފެބުރުއަރީ 2021 | އާދީއްތަ 14:57
ދަރިވަރަކު ޓެލިކިލާހުން ކިޔަވަނީ، މިޕްރޮގްރާމް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން ދަރިވަރުންގެ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމުގެ މަގުސަދުގައި

ދަރިވަރަކު ޓެލިކިލާހުން ކިޔަވަނީ، މިޕްރޮގްރާމް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން ދަރިވަރުންގެ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމުގެ މަގުސަދުގައި

ކޮވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ ''ޓެލިކިލާސް'' އަށް އޭޝިޔާ ސަރަހައްދުގެ އެވޯޑެއް ލިބިއްޖެއެވެ.

ޝަރަފުވެރި މިއެވޯޑު ލިބުމާއެކު އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވަނީ ޓެލިކިލާސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މިއީ ރާއްޖެއިން މި އެވޯޑް ހާސިލް ކުރި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 'ވެންހުއި އެވޯޑް ފޮރ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020' އެވޯޑް ކަމަށެވެ. އަދި މިއެވޯޑާއެކު ރާއްޖެއަށް 20،000 ޑޮލަރު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިޔުކޭޝަނަލް އިނޮވޭޝަން ފޮރ ޑިވެލޮޕްމެންޓާއި، ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޮރ ޔުނެސްކޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑްގެ މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ ގޮތުން ޓެލިކިލާސް ފެށީ 15 މާރިޗު 2020ގައެވެ. މި ޕްރޮގްރާމް ދަރިވަރުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި ޕީއެސްއެމްގެ މުންނާރު ޗެނަލާއި، ޔެސްޓީވީ އާއި ދިވެހި ޗެނަލްއިން ވެފައިވާ އެހީތެރިކަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މިހާރުގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ބައެއް ގްރޭޑްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތީ ޓެލިކިލާސް އަލުން ދެއްކުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސްކޫލްތަކުގެ މެނޭޖްމެންޓާއި ޓީޗަރުންގެ އުފެއްދުންތެރިކަމާއި، ބެލެނިވެރިންގެ އިތުރުން ދަރިވަރުންގެ ފަރާތުން ލިބުނު އެހީތެރިކަން މިނިސްޓްރީން ފާހަގަކޮށް ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މަސައްކަތްތަކުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދޭ ކަމަށާއި، ގުޅިގެން މަސައްކަތް ކުރާނަމަ މަގުސަދު ހާސިލްވެ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
29 މާރިޗު 2017

ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ

29 މާރިޗު 2017
ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ
28 މާރިޗު 2017

ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޗިޓް ލިބިއްޖެ، ކޮމެޓީއަށްދާނަން: އަމީތު

28 މާރިޗު 2017
ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޗިޓް ލިބިއްޖެ، ކޮމެޓީއަށްދާނަން: އަމީތު
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް