Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުއި ހަބަރު

ފުލުހަކު ދެވަނަ ކައިވެންޏެއް ކުރަން އުޅުމުން އަނބިމީހާ ގޮސް ހަފުލާ ފަނިކޮށްލައިފި

19 ފެބުރުއަރީ 2021 | ހުކުރު 14:13

ހުސްހަށިބައި ކަމަށް ހެދިގެން އުޅުނު މީހާގެ އަތްނބަކާއި ދެކުދިން ތިބޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 19 ފެބުރުއަރީ 2021 | ހުކުރު 14:13
ޗައިނަޓުގެ އަންހެނަކު އޭނާގެ ކައިވެނީގެ ސެޓްފިކެޓް ނޫސްވެރިންނަށް ދައްކަނީ. ފިރިމީހާ ވަނީ ހުސްހަށިބައިކަމަށް ހެދިގެން އެހެން ކައިވެންޏެއް ކޮށްފައި. ފޮޓޯ ސޯޝަލް މީޑިއާ

ޗައިނަޓުގެ އަންހެނަކު އޭނާގެ ކައިވެނީގެ ސެޓްފިކެޓް ނޫސްވެރިންނަށް ދައްކަނީ. ފިރިމީހާ ވަނީ ހުސްހަށިބައިކަމަށް ހެދިގެން އެހެން ކައިވެންޏެއް ކޮށްފައި. ފޮޓޯ ސޯޝަލް މީޑިއާ

ތައިލެންޑުގެ ފުލުހަކު އޮޅުވާލައިގެން ހުސްހަށިބައިކަމަށް ހެދިގެން އައު ލޯބިވެރިޔަކާ ކައިވެނިކުރަން އުޅެނިކޮށް އެތަނަށް އަނބިމީހާ ގޮސް އަރައިރުންވެ ހަފުލާ ފަނިކޮށްލައިފިއެވެ.

އަނބިމީހާ ވަނީ ހަފުލާގައި ތިބި އެންމެނަށް އޭނާގެ ކައިވެނީގެ ސެޓްފިކެޓް ދައްކައި ފިރިހެންމީހާ ހުސްހަށިބައި ނޫންކަން ސާބިތުކޮށްދީފައެވެ. މިކަން އެނގުމުން ލޯބިވެރިޔާގެ މަންމަ ރުޅިގަދަވެގެން ފުންމައިގެން ތެދުވެ ފިރިހެންމީހާގެ ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއްވެސް "ވިހެލި"އެވެ. އެކަމަކު ފިރިހެންމީހާއާއި އޭނާގެ ލޯބިވެރިޔާވަނީ އަޑުވެސް ނީވޭ ކަމަށް ހެދިގެން ތިބެ ރަސްމިއްޔާތު ފުރިހަމަކޮށްފައެވެ. ކައިވެނިކޮށްދިން މައުޒޫނު ވަރަށް ހައިރާންވެފައި ހުރެގެންމެ ކައިވެނިކޮށްދީ ހުރިހާކަމެއްވެސް ވަނީ ފުރިހަމަކޮށްދީފައެވެ.

Advertisement - newsAdvertisement

މިކަމެއް ހިނގީ ތައިލެންޑުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޗައިނަޓުގައި އިއްޔެއެވެ. މި އަރައިރުމުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ފުލުސްމީހާ ނިސްބަތްވާ އިދާރާގެ ވެރިންގެ ސަމާލުކަމަށް މިކަން އައިސް އޭނާގެ މައްޗަށް މިއަދު ވަނީ ތަހުގީގެއް ހިންގަން ފަށައިފައެވެ.

އުމުރުން ތެއްތިރީސް އަހަރުގެ އަނބިމީހާ ނޫސްވެރިން ގާތު ބުނެފައިވަނީ ކައިވެނީގެ ހަފުލާ ހިނގަމުންދިޔަ ތަނަށް އޭނާ ދިޔައީ ފިރިމީހާ އެހެން އަންހެނަކާ އިނުން އޮތްކަމުގެ މައުލޫމާތު ރައްޓެހިންގެ ފަރާތުން ލިބިގެން ކަމަށެވެ. ފިރިމީހާގެ އުމުރަކީ ތިރީސްހަތަރު އަހަރެވެ. މިދެމީހުންގެ ކައިވެންޏަށް ފަނަރަ އަހަރުވެފައިވާއިރު ސާދަ އަހަރާއި ފަސް އަހަރުގެ 2 އަންހެން ކުދިންވެސް އެބަތިއްބެވެ.

ލޯބިވެރިޔާއާ ކައިވެނި ކުރަން އުޅުނު ދުވަހު ފިރިމީހާ ގެއިން ނުކުމެގެން ދިޔައީ އެރެޔާއި އެއްކޮށް ފުލުސް ސްޓޭޝަނުގައި ދިގު ޑިއުޓީއެއް ހަދަން ޖެހޭކަމަށް އަނބިމީހާ ގާތުގައި ބުނެފައެވެ. އެދުވަހަކީ ކައިވެނި ކުރާ ދުވަސްކަމަށް ރައްޓެހިންގެ ފަރާތުން އެނގިފައި އޮތުމުން މިކަން ހިނގާ ނުހިނގާ ގޮތެއް ބަލަން ކައިވެނީގެ ސެޓްފިކެޓްވެސް ހިފައިގެން އަނެއް އަންހެންމީހާގެ ގެޔަށް އަނބިމީހާ ދިޔައީއެވެ. އޭރު ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ކުރިއަށް ދަނީއެވެ.

އަނބިމީހާ ރުޅިގަދަވެގެން ހައިޖާނު ހެދުމުން ފިރިމީހާ ބުނިކަމަށްވަނީ އަރައިރުން ނުވެ ގެޔަށްދާށޭ އެވެ. ކަލެއަކީ މި ޕާޓީއަށް ދައުވަތު ލިބިފައިވާ މީހަކަށް ނުވާތީ މިތާގައި ހުރުމުގެ ހައްގެއްވެސް ނެތް ކަމުގައެވެ.

ތައިލެންޑުގައި މީހަކާ އިނދެގެން ހުރި މީހަކަށް ދެވަނަ ކައިވެންޏެއް ކުރެވޭނީ ގާނޫނީ ގޮތުން ވަރިވުމަށްފަހުގައެވެ. އެކަންނުކޮށް އައު ކައިވެންޏެއް ކުރި ފުލުސްމީހާގެ ތަހުގީގު ނިމޭއިރު އޭނާ ކުށްވެރިވެ ވަޒީފާއިންވެސް ވަކިކުރާނޭ ކަމަށް މިހާރު ވަނީ ޔަގީންކުރެވިފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

06 އެޕްރީލު 2017
ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
04 އެޕްރީލު 2017

ޖަލު ހުކުމެއްގައި ހުރި ހާމިދު ސޭޓު ކައިވެންޏެއް ކޮށްފި

04 އެޕްރީލު 2017
ޖަލު ހުކުމެއްގައި ހުރި ހާމިދު ސޭޓު ކައިވެންޏެއް ކޮށްފި
03 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް