Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮކާކޯލާ ފުޅި ކަރުދާހާ ދިމާލަށް

ކޮކާކޯލާއިން ކަރުދާސް ފުޅި ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފި

އެ ކުންފުނިން އަންނަނީ 2000ށް ވުރެ ގިނަ ކަރުދާސް ފުޅި ޓްރަޔަލްގައި ޓެސްޓް ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ފެބުރުއަރީ 2021 | ހުކުރު 08:09
ކޮކާކޯލާއިން އުފައްދަން މަސައްކަތް ކުރާ ކަރުދާސްފުޅި

ކޮކާކޯލާއިން އުފައްދަން މަސައްކަތް ކުރާ ކަރުދާސްފުޅި

ޕްލާސްޓިކް މަދުކުރުމަށް ކޮކާކޯލާއިން ހިފާފައިވާ އަމާޒާ އެކީގައި ކަރުދާސް ފުޅި ޓެސްޓްކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

ކޮކާކޯލާއިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އެ ކުންފުނިން އަންނަނީ 2000ށް ވުރެ ގިނަ ކަރުދާސް ފުޅި ޓްރަޔަލްގައި ޓެސްޓް ކުރަމުންނެވެ. ކޮކާކޯލާއިން ބުނީ ޓްރަޔަލް ކުރިއަށް ގެންދާނީ ހޫނު މޫސުމުގެ ތެރޭގައި ކަމަށެވެ.

ކޮކާކޯލާއިން ބުނީ ޓްރަޔަލްގައި ޓެސްޓް ކުރަމުންދާ ފުޅިތަކަކީ ލަކުޑީގެ ބާވަތްތައް ބޭނުންކޮށްފައިވާ ފުޅިތަކެއް ކަމަށާއި، ފުޅީގެ ފަށަލައަށް ގެއްލުން ނުވެ، އޭގެ ތެރޭގައި ހުންނަ ގޭހާއި ދިޔާތަކެތި އަދި އޮކްސިޖަން ހިފަހައްޓާ ގޮތަށް ގުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށެވެ. މި ފުޅިތައް ތައްޔާރުކޮށްފައިވަނީ ޑެނިޝްގެ ކުންފުންޏެއް ކަމަށްވާ ޕަބްކޯ އިންނެވެ. ފުޅި ޑިވެލޮޕްކޮށްފައިވަނީ ކޮކާކޯލާގެ ރިސަރޗް ޓީމުންނެވެ.

ކޮކާކޯލާއިން މި ނިންމުން ނިންމާފައިވަނީ 2030 ވަނަ އަހަރާ ހަމައަށް އެ ކުންފުނިން ދެމެހެއްޓެނިވި އަމާޒުތަކެއް ކަނޑައަޅައި، ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ކޮކާކޯލާއިން މި މަސައްކަތް ކުރަން ނިންމާފައިވީ ނަމަވެސް، އަދިވެސް ކަރުދާސް ފުޅި އުފެއްދުމުގެ މަރުހަލާ ނުނިމެއެވެ. ގަހުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ މި އުފެއްދުން ޓެސްޓް ކުރަމުންދާ އިރު، މި ފުޅި ވިއްކަން ނިންމާފައިވަނީ އޮންލައިން ފިހާރައެއްކަމަށްވާ ކިފްލީ.އެޗްޔޫ އިންނެވެ. އަދި މިކަމުގެ ތެރެއިން ކަސްޓަމަރުން ދެކޭގޮތް ބެލުމަށް ވަނީ ނިންމާފައެވެ.

ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ގްރޫއްޕެއް ކަމަށްވާ "ބްރެކް ފްރީ ފްރޮމް ޕްލާސްޓިކް" އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ ގިނައިން ޕްލާސްޓިކުން ތަޣައްޔަރުކުރާ ކުންފުންޏަކީ ކޮކާކޯލާ ކުންފުނި ކަމަށެވެ. ދެވަނައަށް މި ލިސްޓުގައި ހިމެނެނީ ޕެޕްސީ އަދި ނެސްލޭ ކުންފުންޏެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
24 ޖޫން 2017

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
01 ޖޫން 2017

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު