Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބިލިއާޑް

ތޭރަ އޮފީހާއެކު އޮފީސް ބިލިއަޑް މުބާރާތުގެ ގުރު ނަގައިފި

2 މެއި 2017 | އަންގާރަ 00:12

މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 2 މެއި 2017 | އަންގާރަ 00:12
މިއަހަރުގެ އޮފީސް ބިލިއާޑް މުބާރާތުގައި ވާދަކުރާ އެމްއެންޑީއެފްގެ އަންހެން ކުޅުންތެރިއަކު ގުރު ނެގުމަށްފަހު ދައްކާލަނީ

މިއަހަރުގެ އޮފީސް ބިލިއާޑް މުބާރާތުގައި ވާދަކުރާ އެމްއެންޑީއެފްގެ އަންހެން ކުޅުންތެރިއަކު ގުރު ނެގުމަށްފަހު ދައްކާލަނީ

މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އޮފީސް ބިލިއަޑް މުބާރާތް މި މަހުގެ އަށްވަނަ ދުވަހު ފެށުމަށް ނިންމައި އެ މުބާރާތުގެ ގުރު ނަގައިފިއެވެ.

ޖުމްލަ ތޭރަ އޮފީސް ވާދަކުރާ މި މުބާރާތުގެ ގުރު ނެގުމުގެ ހަފްލާ ހޯމަ ދުވަހުގެރޭ ބަރިސްތާ ރެސްޓޯރެންޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މުބާރާތަކީ މިހާތަނަށް އެންމެ ފުރިހަމަ އިންތިޒާމްތަކާއެކު ކުރިއަށްދާނެ މުބާރާތް ކަމަށް ބިލިއާޑް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ސިންގަލް އަދި މިކްސްޑް ޑަބަލްސް އިވެންޓު ހިމަނައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަންހެން ކުޅުންތެރިން މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ވާދަކުރާ ކަމެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ކޮންމެ އޮފީހަކުންވެސް އަންހެން އެއް ކުޅުންތެރިއެއް ވަނީ ބައިވެރިވެފައެވެ. އަދި ބައެއް އޮފީސްތަކުން ދެ ކުޅުންތެރިން ބައިވެރިވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ 13 ޓީމު ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު ގްރޫޕް "އޭ"ގައި ހިމެނޭ ޓީމުތަކަކީ ވިލާ، އެމްޕީއެލް، އެމްޑަބްލިއުއެސްސީ، ރައީސް އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް އަދި އެމްއޭސީއެލްއެވެ. އަދި ގްރޫޕް "ބީ"ގައި ހިމެނެނީ ސްޓެލްކޯ، މޯލްޑިވިއަން، ޓީއެމްއޭ، އެމްއައިބީ، ކަސްޓަމްސް އަދި ޕީއެސްއެމްއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ ކުރިން އަހަރުތަކާ ތަފާތުކޮށް މިއަހަރުގެ މުބާރާތުގައި އަންހެން ކުޅުންތެރިން ވާދަކުރާކަމީ އެ ކުޅިވަރަށް ހުޅުވުނު އާ ސޮފުހާއެއް ކަމަށެވެ.

ބިޝާރު ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ނަތީޖާއަށް ބެލުމަށްފަހު އަންނަ އަހަރު އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބިލިއަޑް މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އަންހެން ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދިނުމާއި ގުޅޭ ގޮތުން ބިޝާރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެކި މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަކީ އެ އެސޯސިއޭޝަނުން އަބަދުވެސް އިސްކަމެއްދީގެން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން މިއަހަރަކީ އެކަމަށް އަމާޒު ހިފައިގެން މަސައްކަތްކުރާ އަހަރެއް ކަމަށެވެ.

ބިޝާރު ވިދާޅުވީ ފިރިހެން ކުޅުންތެރިންނެކޭ އެއް ވަރަށް އަންހެން ކުޅުންތެރިންނަށް މި ކުޅިވަރުން ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށާއި، އަދި އެފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް އެ އެސޯސިއޭޝަނުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް