Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓުގެ ކޮރަޕްޝަންގެ މައްސަލަ

ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކޮރަޕްޝަނުގެ ވަރަށް ބޮޑެތި އަމަލުތަކެއް!

18 ފެބުރުއަރީ 2021 | ބުރާސްފަތި 16:14

ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ފެބުރުއަރީ 2021 | ބުރާސްފަތި 16:14
މާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް،

މާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް،

ރާއްޖޭގައި ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަމުގައި ވަރަށް ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ފާހަގަކުރެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު ވިދާޅުވީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެން މުއައްސާސާތަކުން އެއްކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ބޮޑަށް ކޮރަޕްޝަން އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ލައިސަންސް ދިނުމުގެ އުސޫލު ކަމަށް ޑރ ސިމާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކަންކަމުގެ އިތުރުން ޕްރޮޕަޓީ ރެޖިސްޓްރޭޝަން އަދި ވިސާ ދޫކުރުމުގެ ކަންކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ގިނަ ކަމަށެވެ.

މީގެ އިތުރުން ޑރ ސިމާދު ވިދާޅުވީ ކޮރަޕްޝަނުގެ މި މައްސަލަތަކަކީ ވަރަށް ދުވަސްވީ މައްސަލަތަކެއް ކަމަށާއި، ހައްލު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ލައިސަންސް ދިނުމުގެ މުޅި ސިސްޓަމް ޑިޖިޓައިޒް ކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

ޑރ ސިމާދު ވިދާޅުވީ މިހާރު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭނުން ކުރާ ސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ނޫން ކަމަށާއި، ސިސްޓަމްގެ ތެރެއިން ގިނަ ބަޔަކަށް މައުލޫމާތު އޮޅުވާލުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުމުގެ ގޮތުން ޑިސެންޓްރަލައިޒް ކޮށްގެން ވެސް އެޚިދުމަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވޭނެ އެއްގޮތް ކަމަށެވެ.

ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ބޮޑު ކޮރަޕްޝަނެއް އެކުލެވޭކަން އޭސީސީން ހާމަކޮށްފައިވާއިރު، ޓެސްޓު ނުހަދާ ލައިސަންސް ނެގުމާއި، އޮޅުވާލައިގެން ރަޖިސްޓްރީކުރާ މައްސަލައަކީ ޒަމާނުއްސުރެ ދައްކަމުންދާ ވާހަކަތަކަކެވެ. މިހާތަނަށް އެއްވެސް ސަރުކާރެއްގައި މި މައްސަލަތަކަށް ހައްލު ގެނައުމަށް އަމަލީ ސިފައެއްގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް