Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަސްޓަމްސްގެ ތަފާސްހިސާބު

މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅައިބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 12 އިންސައްތަ ދަށް

ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު ވެސް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 24 އިންސައްތަ ދަށްވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ފެބުރުއަރީ 2021 | އަންގާރަ 04:37
މާލެ ވިޔަފާރި ބަނދަރު

މާލެ ވިޔަފާރި ބަނދަރު

މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 12 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 272 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 240 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު ވެސް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 24 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދު ވަނީ 2.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. އެގޮތުން ޔޫ.އޭ.އީ އިން 386 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 365 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. މީގެ އިތުރުން އިންޑިއާއިން 12 އިންސައްތަ މުދާ އަދި ސިންގަޕޫރުން 9 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

ތައިލޭންޑްއިން 32 އިންސައްތަ މުދާ އިމްޕޯޓްކޮށްފައިވާއިރު ޖަރުމަނުވިލާތުން 10 އިންސައްތަ، އިނގިރޭސިވިލާތުން 8 އިންސައްތަ، އެމެރިކާއިން 7 އިންސައްތަ އަދި އިންޑިއާއިން 6 އިންސައްތަ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު 20،831 ޑިކްލަރޭޝަން ޕްރޮސެސް ކޮށްފައިވާއިރު މިއަހަރު 16،197 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކްލިއަރެންސް ލިބިގެން 83 އުޅަނދުފަހަރު ރާއްޖެ އެތެރެވެފައިވާއިރު މިއަހަރުގެ ޖަނަވަރީ މަހު 130 އުޅަނދުފަހަރު ވަނީ އެތެރެވެފައެވެ. އަދި އެ މުއްދަތުގައި 90 އުޅަނދު ރާއްޖޭން ފުރާފައިވާއިރު މިއަހަރު 130 އުޅަނދު ވަނީ ފުރާފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު