Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރަމްޕުގެ ޝަރިޔަތް

ޓްރަމްޕު ކުށްވެރިނުވާކަމަށް ސެނެޓުން ނިންމުމުގެ މާނަޔަކީ ކޮބާ؟

އައު ދައުރަކަށް ކުރިމަތިލެއްވުމުގެ ދޮރު ޓްރަމްޕަށް އަނެއްކާވެސް ވަނީ ހުޅުވިފައި

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2021 | އާދީއްތަ 04:03
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުށްވެރި ނުވާކަމަށް ސެނެޓުން ވަނީ ހުކުމްކޮށްފައި.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުށްވެރި ނުވާކަމަށް ސެނެޓުން ވަނީ ހުކުމްކޮށްފައި.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް އާއްމުންގެ ބަޔަކު ވަދެގަނެ އެންމެފަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ހުރަސްއަޅަން ހިންގުނު ގަޑުބަޑުގެ މައްސަލައިގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުށްވެރި ނުވާކަމަށް ސެނެޓުން އިއްޔެ ވަނީ ނިންމައިފައެވެ. ސެނެޓަކީ ގާނޫނު ހަދާ މަޖިލީހުގެ މަތީގެއެވެ. ރައީސުންގެ މައްޗަށް ޝަރިޔަތް ހިންގައި ހުކުމް އިއްވުމަކީ ސެނެޓުގެ މަސްއޫލިއްޔަތެކެވެ. ޓްރަމްޕުގެ ޝަރިޔަތް ގުޅިފައިވަނީ ހުސްވި ޖަނަވަރީ މަހުގެ ހަވަނަ ދުވަހުގެ ގަޑުބަޑާއެވެ. އޭރު ޓްރަމްޕު ހުންނެވީ ރައީސްކަމުގައެވެ. ހަމަނުޖެހުން ހިންގީ ޓްރަމްޕުގެ ސަޕޯޓަރުންނެވެ.

ޖޯ ބައިޑެންގެ ކާމިޔާބީއަށް އިއުތިރާފުނުވެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ބަޣާވާތް ކުރަން އުޅުނީ ކާކުގެ އަމުރަށް ކާކުގެ ސަޕޯޓަރުންކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެކަމަކު ޓްރަމްޕުގެ މައްޗަށް ކުށް ސާބިތުނުވީ ކީއްވެގެންބާވައެވެ. އެގޮތަށް މެދުވެރިވުމުގައި އޮތީ ދެ ސަބަބެކެވެ. އެއްސަބަބަކީ ސިޔާސީ ދެކޮޅުވެރިކަމެވެ. އަނެއް ސަބަބަކީ ގާނޫނުއަސާސީއެވެ. ސިޔާސީ ދެކޮޅުވެރިކަމޭ މިދެންނެވީ ސެނެޓުގައި ވަކި ޕާޓީއަކަށް ފުރިހަމަ އަގުލަބިއްޔަތުނެތިފައި ރިޕަބްލިކަނުންނާއި ޑިމޮކްރެޓުންގެ އަދަދު އެއްވަރުވެފައި އޮތުމުންނެވެ. ކޮންމެ ބަޔަކަށް ވެސް ސެނެޓުގައި ލިބިފައިވަނީ ފަންސާސް ގޮނޑިއެވެ. އެއްވަރުވެގެން ދެން ވަކިއަތަކަށް ނިންމަންޖެހޭ ނިންމުންތައް ނިންމަވަނީ ނާއިބުރައީސް ކަމަލާ ހެރިސްގެ ވޯޓުންނެވެ.

ޓްރަމްޕުގެ ހުކުމަކީ މިގޮތަށް ކަމަލާ ހެރިސްގެ ވޯޓަކުން ނިންމެން އޮތް މައްސަލައެއް ނޫނެވެ. އެއީ ސެނެޓުގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ނޫނީ ނިންމެންނެތް ކަމެކެވެ. އެހެންވީމާ ޓްރަމްޕު ކުށްވެރިކުރަން ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ބޭނުން ނުވީއެވެ. މިއީ ޑިމޮކްރެޓުން އިސްވެ ތިބެގެން ކުރާ ކަމަކަށްވާތީ އެކަމަށް ވާގިވެރިވާން ބޭނުން ނުވީއެވެ. އެކަމަކު ހަގީގަތުގައި ޓްރަމްޕަކީ މި ގަޑުބަޑުގެ ޒިންމާ ކޮނޑުގައި އެޅޭ ފަރާތްކަމަށް ގިނަ ރިޕަބްލިކަނުން ވެސް ގަބޫލުކުރެއެވެ. އަދި އެގޮތަށް ވާހަކަވެސް ދައްކާފައިވެއެވެ. އެކަމަކު ވޯޓާކާ ހަމަޔަށް ދިޔުމުން ޓްރަމްޕާ އެއްކޮޅަށް ވޯޓު ދިނީއެވެ.

މިގޮތަށް ވޯޓުދިން މެންބަރުންގެ ނަޒަރުގައި ސެނެޓުގައި ޝަރިޔަތެއް ހިންގޭނީ ރައީސްކަމުގައި އެވަގުތަކު ހުންނެވި ރައީސަކާ ދެކޮޅަށެވެ. ކުރީގެ ރައީސެއްގެ މައްޗަށް ޝަރިޔަތް ހިންގުމަކީ ގާނޫނުއަސާސީގެ ދަށުން ސެނެޓަށް ލިބިގެންވާ އިޚުތިޔާރެއް ނޫނެވެ. އެއީ ގާނޫނުއަސާސީ ތަންދޭކަމެއް ނޫނެވެ. އެހެންވީމާ ޓްރަމްޕު ކުށްވެރިނުވާ ކަމަށް ވޯޓުދިނީއެވެ. ރިޕަބްލިކަން މެންބަރުންގެ ޚިޔާލަކީ މިއީ ކަމަށްވިޔަސް މިއީ އެންމެންގެ ޚިޔާލެއް ނޫނެވެ. ކުރީގެ ރައީސުންގެ މައްޗަށް ވެސް ސެނެޓުގައި ސަރިޔަތް ހިންގޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕުގެ މައްސަލަ ހުށައެޅީވެސް އެހެންވެގެންނެވެ. އަދި މިމައްސަލަ ކުރިއަށް ގެންދަން ނިންމީވެސް އެހެންވެގެންނެވެ.

އެމެރިކާގައި ރައީސަކު އިމްޕީޗުކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ރައީސެއްގެ މައްޗަށް ޝަރިޔަތްކުރަން ނިންމައި އެ ޝަރިޔަތް ކުރިއަށް ގެންދިއުމެވެ. މަގާމުން ވަކިވާނީ ކުށްވެރިވާކަމުގެ ހުކުމެއް އައުމުންނެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައިވެސް ދެފަހަރަށް އިމްޕީޗުކުރެވުނު ފުރަތަމަ ރައީސެވެ. އޭނާގެ ދައުރުގެ މެދުތެރެއިން ވެސް އިމްޕީޗް ކުރެވުނެވެ. އެއީ ދޮގުހުވައި ކުރުމާއި މަގާމުގެ ބޭނުން ނުހަމަގޮތުގައި ހިފުމާއި އެމެރިކާގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ކުށުގައެވެ. އެފަހަރު ވެސް ޓްރަމްޕު ކުށްވެރިނުވާ ކަމަށް ސެނެޓުން ނިންމިއެވެ. ޓްރަމްޕުގެ ދައުރު ނިމިނިމިއޮއްވައި ދެވަނަ ފަހަރަށް ޖެނުއަރީ ހަޔެއްގެ ގަޑުބަޑުގެ މައްސަލާގައި އޭނާ އިމްޕީޗުކުރަން ޑިމޮކްރެޓުން ބޭނުންވި މައިގަޑު ސަބަބަކީ ދެން ދުވަހަކު ވެސް ރައީސްކަމަށް ކުރިމަތިނުލެވޭގޮތް ހެދުމެވެ. އިންތިޚާބުގައި ޓްރަމްޕު ބަލިވީ ފުރަތަމަ ދައުރަށްފަހުގައެވެ. ގާނޫނުއަސާސީ ބުނާގޮތުން މީހަކަށް ރައީސްކަމުގައި ހުރެވޭނީ ގިނަވެގެން ދެ ދައުރުގައެވެ. އެހެންވީމާ ޓްރަމްޕަށް ވެސް އަދި އެއްދައުރުގައި ވެރިކަން ކުރެއްވިދާނެއެވެ. އެފުރުސަތު އެބައޮތެވެ.

ޓްރަމްޕު ކުށްވެރި ނުވާކަމަށް ސެނެޓުން ނިންމުމުގެ މާނަޔަކީ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި އަނެއްކާ ވެސް ޓްރަމްޕު ފެނިގެން ދިޔުން ބާވައެވެ. ރައީސްކަމަށް ޓްރަމްޕު އަލުން ކުރިމަތިލެއްވުން ބާވައެވެ. އެއީ މުސްތަހީލުކަމެއް ނޫނެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ޓްރަމްޕަށް ލިބިވަޑައިގަންނަވާނީ އެކަމަށް ހަމަޖެހިފައިވާ އިޖުރާއަތްތައް ފުރިހަމަވެގެންނެވެ. ޕާޓީގެ ޕްރައިމަރީއަކަށްފަހުގައެވެ. ޕާޓީގެ ތެރެއިން މިކަމަށް އެދޭ އެހެން ކެންޑިޑޭޓުންނާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ. މިހާރު ކަންތައް ފެންނަ ގޮތުން އެއީ އެހާފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ.

ރިޕްބަލިކަން ޕާޓީގެ ތެރޭގައި އަދިވެސް ޓްރަމްޕުގެ ސަޕޯޓް ވަރަށް ބޮޑެވެ. އެހެންވީމާ ޓްރަމްޕަށް އެޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަންނަވާނޭ ކަމަށް ނިންމޭކަށް ނެތެވެ. އަދި ހަތަރު އަހަރުގެ ދިގު މުއްދަތެއްވެސް އެބައޮތެވެ. އެހެންވީމާ ތިބެންޖެހޭނީ ދެން މަންޒަރު ފުރޮޅިގެންދާނޭ ގޮތެއް ބެލުމުގެ އިންތިޒާރުގައެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ޓްރަމްޕަށް އަލުން ކުރިމަތިލެވޭގޮތް ވިޔަސް އައު ދައުރަކަށް އޭނާ ކުރިމައްޗެއް ނުލައްވާނެއެވެ. އޭގެ ސަބަބަކީ ޕާޓީގެ ޓިކެޓް ލިބިވަޑައިގަތަސް އެމެރިކާގެ ރައްޔިތުން އައު ދައުރަކަށް އޭނާ އިންތިޚާބު ނުކުރާނޭކަން ޓްރަމްޕަށް ވެސް ގަބޫލު ކުރެއްވުމެވެ. އެކަމަކު ކުރިމަތި ނުލައްވާނޭ ކަމަށް ޓްރަމްޕު ވިދާޅެއް ނުވާނެއެވެ. ވިދާޅުވާނީ ކުރިމަތިލައްވާނަމޭއެވެ. ސިޔާސީ އުކުޅެއްގެ ގޮތުގައެވެ.

ޓްރަމްޕުގެ އާއިލާގެ ބޭފުޅުންގެ ތެރެއިން އޭނާގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕަކީ ވެސް ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ބޭފުޅެކެވެ. އެކަމަކު އޭގެ ކުރިން ސެނެޓުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި ސެނެޓުގައި ތަޖުރިބާތަކެއް ހޯއްދެވުމަށް ގަސްތު ކުރައްވައޭވެސް ބުނެވެއެވެ. އެހެންވީމާ ދެން އޮންނަ އިންތިޚާބެއްގައި އިވާންކާ ވާދަނުކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިހާރު ފެންނާންއޮތް ހަގީގަތަކީ ދެން އޮންނަ އިންތިޚާބެއްގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ޓްރަމްޕުގެ ނުފޫޒު އޮންނާނޭކަމާއި އެނުފޫޒަކީ ކުޑަ ނުފޫޒަކަށްވެސް ނުވާނޭ ކަމެވެ. ރިޔާސީ ޓިކެޓް ލިބިގަތުމުގެ ވިސްނުން ގެންގުޅުއްވާ އެއްވެސް ބޭފުޅަކަށް ޓްރަމްޕުގެ ތާއީދާނުލައި އެކަން ނުކުރެވޭނޭ ކަމެވެ. ސެނެޓުގައި މިކަމުގެ ޝައުގުހުރި ވަރަށް ގިނަބޭފުޅުން އެބަތިއްބެވިއެވެ. ޓްރަމްޕު ކުށްވެރިނުވާކަމަށް ނިންމުމުގައި މިއީވެސް ސަބަބަކަށް ވެދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިޔަފާރީގެ މަކަރާއި ހީލަތާ ގުޅޭ 30ށް ވުރެ ގިނަ ދައުވާ ޓްރަމްޕުގެ މައްޗަށް އުފުލައިފި

ވިޔަފާރީގެ މަކަރާއި ހީލަތާ ގުޅޭ 30ށް ވުރެ ގިނަ ދައުވާ ޓްރަމްޕުގެ މައްޗަށް އުފުލައިފި

02 އެޕްރީލު 2023
އެމްޑީޕީގެ ތާރީހީ ބޮޑު ނިންމުމުގެ ފަހުރު އުކުޅަހަށް

އެމްޑީޕީގެ ތާރީހީ ބޮޑު ނިންމުމުގެ ފަހުރު އުކުޅަހަށް

01 ޖުލައި 2018

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު