Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ ވަރކް ޕަރމިޓް ދޫކުރުން

ބިދޭސީންގެ ވަރކް ޕަރމިޓް ދޫކުރަން ހޯމަ ދުވަހު ފަށަނީ

12 ފެބުރުއަރީ 2021 | ހުކުރު 10:18

ވަރކް ޕަރމިޓް ދޫކުރެވޭނީ، އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަކުރުމަށް ފަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 ފެބުރުއަރީ 2021 | ހުކުރު 10:18
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރަން ފެބްރުއަރީ 15 ގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 15 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީން ވަރކް ޕަރމިޓް ދޫކުރަން ފަށާނެކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގައި ބަޔާންކުރާ ގޮތަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހުކަމަށާއި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވެރިފިކޭޝަން ފުރިހަމަ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވެރިފިކޭޝަން ފުރިހަމަ ކުރުމަށް އެޕޮއިންޓްމެންޓެއް ހެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ އެހެން ފަރާތަކުން، ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އެމްޕްލޯއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަންގެ ކައުންޓަރަށް ބިދޭސީން ގެންދަން ޖެހެއެވެ.

ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ހޯދަން ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް ވެރިފިކޭޝަންގެ ޚިދުމަށް ހޯދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ތާރީޚުން ފެށިގެން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަލަށް ގެނެވޭ ބިދޭސީންނާއި ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ގެނެވިފައިވާ ބިދޭސީންނަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަރކް ޕަރމިޓް ހޯދަން ޖެހޭނެކަމަށެވެ. އަދި ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން މިހާރު ދޫކުރަމުންދާ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކުރުން ހުއްޓާލެވޭނެކަމަށާއި، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް ރާއްޖެ ވަނުމުގެ ހުއްދައެއްގެ ގޮތުގައި، "ވަރކްޕަރމިޓް އެންޓްރީ ޕާސް" ދޫކުރެވޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ބަދަލު ގެނެވުނު ނަމަވެސް، ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށް، ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކުގެ ތެރެއިން، 90 ދުވަސް ހަމަވެފައިނުވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް، ރާއްޖެ އެތެރެވޭވެނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކަށް 350 ރުފިޔާ ދައްކަން ޖެހޭ އިރު، މި ފީ ބަލައިގަނެވޭނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށާއި ވަރކް ޕަރމިޓް ކާޑް އިކޮނޮމިކް މިނިސްޓްރީގެ ކައުންޓަރުތަކުން އެޕޮއިންޓްމެންޓް ހައްދައިގެން ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގެ 15 ވަނަ މާއްދާ ބުނާގޮތުން ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުރެވޭނީ، ވަޒީފާ އަދާކުރާ މުއްދަތުގައި ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވަރކް ޕަރމިޓް ހޯދުމަށްފަހުއެވެ. އެގޮތުން ވަރކް ޕަރމިޓް ދޫކުރެވޭނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތް ރާއްޖެ އައުމުގެ ކުރިން އަދި ރާއްޖެ އައުމުގެ ފަހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތް ރާއްޖެ އައުމުގެ ކުރިން، ވަރކް ޕަރމިޓަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައި، ވަޒީފާ އަދާކުރުމަށް ރާއްޖެއަށް އެތެރެވުމަށް ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ހޯދަންޖެހެއެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތް ރާއްޖެ އައުމަށްފަހު، ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ވަރކް ޕަރމިޓް ހޯދަންޖެހެއެވެ. އަދި ވަރކް ޕަރމިޓް ހޯދާފައިވާ މުއްދަތަށް، ވަރކް ޕަރމިޓް ފީ ދައްކަންޖެހެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރެވޭނީ ޕްރޮފެޝަނަލް އެންޑް މެނީޖީރިއަލް ކެޓަގަރީ، ނޮން-ޕްރޮފެޝަނަލް ކެޓަގަރީ އަދި ޑޮމެސްޓިކް ކެޓަގަރީ އަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

27 މާރިޗު 2017
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!
26 މާރިޗު 2017

މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި

26 މާރިޗު 2017
މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި
26 މާރިޗު 2017

ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް

26 މާރިޗު 2017
ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
26 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

26 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
23 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
11 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް