Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިންގަނޑުތައް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ބޭއަދަބީ ބަހުރުވައާއި ފޮޓޯ ބޭނުންނުކުރުމަށް މީޑިއާ ކައުންސިލުން އެދެފި

8 ފެބުރުއަރީ 2021 | ހޯމަ 11:01

ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑަށް ސަމާލުކަން ދިނުމަށް ވަނީ އިރުޝާދު ދީފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ފެބުރުއަރީ 2021 | ހޯމަ 11:01
މީޑިއާ ކައުންސިލް މެމްބަރުންގެ ބައްދަލުވުން

މީޑިއާ ކައުންސިލް މެމްބަރުންގެ ބައްދަލުވުން

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ބޭއަދަބީ ބަހުރުވައާއި ފޮޓޯ ބޭނުންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ޝާއިޢުނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދެފިއެވެ.

މީޑިއާ ކައުންސިލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ބޭއަދަބީ ބަހުރުވައާއި، މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑާ ނުގުޅޭ ފޮޓޯ ބޭނުންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިޢުކުރުން އިތުރުވަމުން ދާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީޑިއާ ކައުންސިލުން ބުނީ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" ގެ 9 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލި ވާންވާނެ ކަމަށެވެ.

އަދި އެ މިންގަނޑުގެ 10 ވަނަ މާއްދާގައި، ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލި ވާންވާނެކަމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.

ވުމާއެކު މީޑިއާތަކުން ކޮންމެ ބާވަތެއްގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ވެސް މި މިންގަނޑާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރިވެތި ބަސްމަގު ބޭނުންކުރުމަށާއި މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑަށް އެކަށޭނަ ފޮޓޯ ބޭނުން ކުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން މީޑިއާގައި ޝާއިޢުކުރާ އެންމެހައި ކޮންޓެންޓަކީ، ރާއްޖޭގައި ހުރިހާ އުމުރުފުރައަކަށް ވެސް އެއަށް ވާސިލުވެވޭ ކޮންޓެންޓް ކަމަށްވާތީ، އޭގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުފޯރާނެފަދަ ކަންކަމަށްވާތީ، ނޫސްވެރިންނާއި އެޑިޓަރުން އަދި މީޑިއާތަކުގެ ވެރިން މިކަމަށް ޚާއްޞަ ސަމާލުކަމެއްދީ ޒިންމާދާރުވުމަށް އެ ކައުންސިލުން ވަނީ ނަސޭހަތްތެރި ވެފައެވެ.

އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި، މުޖުތަމަޢުގެ ޢާއްމު އަޚްލާޤީ މިންގަނޑުގެ ބޭރުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ބޭއަދަބީ ބަހުރުވައާއި ފޮޓޯ ބޭނުންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ޝާއިޢުކުރާ މީޑިއާތަކާ މެދު އެ ކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 މެއި 2019

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

28 މެއި 2019
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
23 މެއި 2019

ސަކުރާރުގެ އިދާރާތަކުން ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ: މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީ

23 މެއި 2019
04 މެއި 2019

ސައްހަ މައުލޫމާތު ފެތުރުމުގައި ދެމިތިއްބެވުމަށް ނައިބު ރައީސް ނޫސްވެރިންނަށް ގޮވާލައްވައިފި

04 މެއި 2019
ސައްހަ މައުލޫމާތު ފެތުރުމުގައި ދެމިތިއްބެވުމަށް ނައިބު ރައީސް ނޫސްވެރިންނަށް ގޮވާލައްވައިފި
08 ޑިސެމްބަރު 2018

ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި

08 ޑިސެމްބަރު 2018
ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި
19 އޮކްޓޯބަރު 2018

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ޖެންޑަރއަށް

19 އޮކްޓޯބަރު 2018
މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ޖެންޑަރއަށް
30 ޖެނުއަރީ 2018

ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި

30 ޖެނުއަރީ 2018
 ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި
18 ޑިސެމްބަރު 2017

"މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އާންމުކޮށް، އަމަލުކުރަން ފަށައިފި

18 ޑިސެމްބަރު 2017
"މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ހޯދުމުގައި އަމަލުކުރާނޭ އުސޫލު" އާންމުކޮށް، އަމަލުކުރަން ފަށައިފި
06 އޮކްޓޯބަރު 2017

ފުލުހުންގެ މަޢުލޫމާތު އާންމުކުރި ކަމަށްބުނެ އަރީފަށް އިތުރު ތުޙުމަތެއް

06 އޮކްޓޯބަރު 2017
ފުލުހުންގެ މަޢުލޫމާތު އާންމުކުރި ކަމަށްބުނެ އަރީފަށް އިތުރު ތުޙުމަތެއް
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް