Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލް އަތުން ސިޓީއަށް ބޮޑު މޮޅެއް، ޗެލްސީ ފަސްވަނައަށް

8 ފެބުރުއަރީ 2021 | ހޯމަ 06:41

ލިވަޕޫލް އަތުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ފެބުރުއަރީ 2021 | ހޯމަ 06:41
ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 4-1 ން

ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 4-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓާ ސިޓީން ތާރީޚީ ބޮޑު މޮޅެއް ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ 2003 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީން ލިވަޕޫލް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި މޮޅާއެކު ސިޓީން ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 14 މެޗުން މޮޅުވެ ރިކޯޑަކާ ހަމަކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލީޑު ނަގަން ސިޓީއަށް ވަނީ ޕެނަަލްޓީއެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މިއި އޭރިއާ ތެރެއިން ސިޓީގެ ރަހީމް ސްޓާލިންނަށް ލިވަޕޫލުގެ ފަބީނިއޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ މުޙައްމަދު ސަލާހެވެ. މިއީ އޭރިއާ ތެރެއިން ސަލާހަށް ސިޓީގެ ރުބެން ޑިއާޒް ކުރި ފައުލަަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ 73 ވަނަ މިނެޓުގައި ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާނަގައި ގުންޑޮގާން ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެލިސަން ހެދި އިތުރު ގޯހެއްގެ ފައިދާނަގައި ސްޓާލިން ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ.

މި މޮޅާއެކު ސިޓީން ވަނީ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 23 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ހަތަރުވަނައިގައި އޮތީ 23 މެޗުން 40 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ތާވަލުގެ ފަސްވަނައަށް ޗެލްސީ ޖެހިލީ އާދީއްތަ ދުވަހުގެރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ކުޅުނު ހަތަރު މެޗުންވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ.

ޝެފީލްޑުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ވަނަ މިނެޓުގައި ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑުން ޝެފީލްޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި ޗެލްސީން ދެވަނަ ފަހަރަށް ލީޑު ނެގީ އޭގެ ތިން މިނެޓު ފަހުން ޖޯޖީނިއޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައަށް ޗެލްސީ ޖެހިލީ 23 މެޗުން 39 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި 23 މެޗުން 11 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް