Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑޮލަރުގެ އަގު ހިފެހެއްޓުން

އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ ކުރާނެ ކަމެއް ނޫން: އެމްއެމްއޭ

މިބަދަލުތަކާއެކު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރު ފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ފެބުރުއަރީ 2021 | އާދީއްތަ 16:38
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ޑޮލަރުގެ ކަޅު މާކެޓު ނައްތާލަން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ޑޮލަރުގެ ކަޅު މާކެޓު ނައްތާލަން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުން

އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރާނެ ކަމެއް ނޫންކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން މިހެން ބުނެފައި މިވަނީ އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭ ކަމަށް ވާހަކަ ފެތުރެމުންދާތީއެވެ.

އެމްއެމްއޭއިން ބުނީ އަމިއްލަ އެކައުންޓްގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެއޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ގެނެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރު ފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި އާންމު ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭނެ ގޮތްތައް ފަހިކުރާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ޑޮލަރުގެ އަގު މިހާރު ވަނީ 18 ރުފިޔާއިން މައްޗަށް އަރާފައެވެ. ނަމަވެސް ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާއެވެ.

ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިކަމުގެ ތެރޭގައި ބިދޭސީން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިކަމަށް ސަރުކާރަށް މިހާތަނަށް އެކަށޭނެ ފިޔަވަޅެއް އަޅާފައިނުވާއިރު، ވައިބާ ގްރޫޕުތަކާއި ޓެލެގްރާމް ގްރޫޕުތައް މެދުވެރިކޮށް މި ވިޔަފާރި ފުޅާކުރާ މީހުންވެސް އުޅެއެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

15 މެއި 2017
ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ
13 މެއި 2017

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު