Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަންގެ ޚިދުމަތް

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކޮށް، ޚިދުމަތްދިނުމަށް ބޮޑު ބަދަލުތަކެއް

މިއީ މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކުރި ފުރަތަމަ ފަހަރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ފެބުރުއަރީ 2021 | އާދީއްތަ 08:34
މޯލްޑިވިއަންގެ އާ ޓިކެޓް އޮފީސް

މޯލްޑިވިއަންގެ އާ ޓިކެޓް އޮފީސް

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކޮށް، ޚިދުމަތްދިނުމަށް ބޮޑު ބަދަލުތަކެއް ގެނެސްފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ކުރި އިޢުލާނެއްގައިވަނީ 06 ފެބްރުއަރީ 2021ން ފެށިގެން އެކުންފުނީގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށް ބުނެފައެވެ. އެގޮތުން މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުރިހައި ދުވަހެއްގައި ބަންދުވާނެކަމަށާއި އެހެންނަމަވެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 09:00ން 17:00ށް ކޯލް ސެންޓަރ އަދި ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޓިކެޓް ގަތުމަށް އެ ކުންފުނީގެ މޯބައިލް އެޕް ބޭނުންކުރުމަށް ޤައުމީ އެއާލަނުން ވަނީ އެދިފައެވެ. ކުންފުނީގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދިވެހި ރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަނުން އެ ކުންފުނީގެ އާ ޓިކެޓް އޮފީހެއް އެސްޓީއޯ ސިޓީ ސްކެޔާގައި ހުޅުވައި، ދިޔައީ ޚިދުމަތް ދެމުންނެވެ. އެހެންނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިދިޔަ އަހަރުގެ މާރޗްމަހު ވަނީ މޯލްޑިވިއަންގެ ޓިކެޓް އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކޮށްފައިވީނަމަވެސް، އޭރުވެސް ޓިކެޓް އޮފީސް ބަންދުކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކޮށް، ޚިދުމަތް ދިނުމަށް ބޮޑު ބަދަލުތަކެއް ގެނެސްފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 އަނެއްކާވެސް ފެތުރެން ފެށުމާ ގުޅިގެން މީހުން އެއްވެ ނޫޅުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ، ރާއްޖެއިން ކޮވިޑް-19ގެ އައު ވޭރިއަންޓް ވެސް ވަނީ ފެނިފައެވެ. ކޭސްތައް އިތުރުވެފައިވާ ވަރަށް ބަލާއިރު ފަތުރުވެރިންނަށް ވެސް އަދި ބައިނަލްއަޤުވާމީގޮތުން ބަލާ މިންގަނޑުތަކުން ވެސް ރާއްޖެއަކީ މިހާރު ހައި ރިސްކު ގައުމެއްކަމަށް އެޗް.އީ.އޯ.ސީ.އިން މަޢުލޫމާތުދެއެވެ.

ކުރިން ފެނުނު ކޮވިޑް-19ގެ ވޭރިއަންޓަކީ ކޮންމެ މީހެއްގެ ގައިން ވެސް އިތުރު ދެމީހަކަށް ޖެހޭނެ ކަމަށް ބެލެވުނު ވޭރިއެންޓެއްކަމުގައިވިޔަސް، އައު ވޭރިއަންޓް އެކަކު ގައިން ފަސް މީހުންނަށް ޖެހޭނެކަން ދިރާސާތަކުން ދައްކައެވެ. މީގެ އިތުރަށް އައު ވޭރިއަންޓްއިން ބަލި ޖެހޭ މީހުންގެ އަލާމާތްތައް ފެންނަވަރު އިތުރު ކަމަށާއި، އަދި ބަލީގައި އެޑްމިޓްކުރަން ޖެހޭވަރު ގިނަވާނެކަމަށް ވެސް އެޗް.އީ.އޯ.ސީ.އިން ބުނެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2018

ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން

14 ޖެނުއަރީ 2018
ޓިކެޓް ހިލޭ ދޭ ޕްރޮމޯޝަނެއް ނުހިންގަން: ސްރީލަންކަން
09 ޖެނުއަރީ 2018

ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

09 ޖެނުއަރީ 2018
ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި
10 އޮކްޓޯބަރު 2017

މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި

10 އޮކްޓޯބަރު 2017
މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި
21 ސެޕްޓެމްބަރު 2017

ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި

21 ސެޕްޓެމްބަރު 2017
ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި
15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު